މިހާރު އީރާނާއި ދިމާލަށް ދަތުރުކުރަމުންދާ އެމެރިކާގެ ލަޝްކަރަށް އީރާނުން އިންޒާރު ދީފިއެވެ. ބައެއް ނުރަސްމީ މަސްދަރުތަކުން އީރާނާއި ހަވާލާދީ ބުނެފައިވާ ގޮތުގައި އެމެރިކާ އިން އީރާނަށް ހަމަލާ ދީފި ނަމަ، އީރާނުގެ ކަނޑުގެ އަސްކަރީ ފުލީޓުން ފޯކަސް ކުރާނީ އެމެރިކާގެ ހަނގުރާމަމަތީ މަނަވަރު ފައްތާލުމަށެވެ. އީރާނުގެ ސަބްމެރިންތައް ތިބީ ފުރިހަމަ ތައްޔާރީ ހާލަތުގައެވެ.
ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި ޚާމަނާއީ މިހާރު ވަނީ ބިންގަރާހުގައެވެ. ފާއިތުވީ ހުކުރު ދުވަހުން ފެށިގެން ޚާމަނާއީ ދަތުރުކުރައްވަމުން ގެންދަވާ މަގުތައް ވެސް ވަނީ ސިއްރު ކޮށްފައެވެ. ބެލެވޭ ގޮތުގައި އީރާނުގެ ޙާލަތު ކޮންޓްރޯލް ކުރުމުގައި ޚާމަނާއީ މިވަގުތު އިރުޝާު ދެމުން ގެންދަވަނީ ބިންގަރާހުގައި ހުންނަވައިގެންނެވެ.
