
ގދ. ފިޔޯރީފެނަކަ ބުރާންޗުގެ ސުޕަވައިޒަރުގެ މަޤާމުގައި ހުރި މުހައްމަދު ނަޒުމީ ރޭ ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.
އުމުރުން 23 އަހަރުގެ ނަޒުމީ ނިޔާވީ ގެއެއްގެ ޖޯލިފަތީގައި އޮއްވައި ކަމަށް ބައެއް ފަރަތްތަކުން ބުނެއެވެ.
އެނގިފައިވާ ގޮތުގައި ނަޒުމީ ނިޔާވީ ރޭ ދަންވަރުގެ ވަގުތެއްގައި އޭނާގެ ރައްޓެއްސަކާއެކު އެރަށު ގެއަކަށް ވަންނަނިކޮށެވެ.
ނަޒުމީގެ މަރުގެ މައްސަލަ މިހާރު ފުލުހުން ވެސް ދަނީ ބަލަމުންނެވެ.
އެރަށުން ވާހަކަ ދެއްކި މީހަކާއި ހަވާލާދީ ބުނެފައިވާ ގޮތުގައި ނަޒުމީ އެރަށު ގެއަކަށް އޭނާގެ ރައްޓެއްސަކާއެކު ކޮފީއެއް ބޯން ރޭ ދަންވަރު ވަންނަނިކޮށް ވެއްޓި ހަބަރު ހުސްވުމުން އެތާ ކައިރީގައި ހުރި ޖޯލިފައްޗެއްގައި ބޭއްވިއެވެ.
ފެނަކަ ކުންފުނިން ދަނީ ފުލުހުންނާއި ގުޅިގެން މިކަން ގާތުން ބަލަމުންނެވެ.