Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ބަޑީގެ ވަޒަންތަކުން ފުރޭންޏަކަށް ހަދައިލި ކާރުގައިވާ 5 އަހަރުގެ ހިންދު އަށް އަމާޒުކޮށް ހެދި ފިލްމު، އެކެޑެމީ އެވޯޑަށް ނޮމިނޭޓް ވެއްޖެ
  • ޚަބަރު

ބަޑީގެ ވަޒަންތަކުން ފުރޭންޏަކަށް ހަދައިލި ކާރުގައިވާ 5 އަހަރުގެ ހިންދު އަށް އަމާޒުކޮށް ހެދި ފިލްމު، އެކެޑެމީ އެވޯޑަށް ނޮމިނޭޓް ވެއްޖެ

admin January 23, 2026
36A9F26B-5620-43E3-B6C6-6A00B395F8C2

ޣައްޒާގައި އިސްރާއީލުގެ ސިފައިން ޝަހީދުކޮށްލި ފަސްއަހަރުގެ ފަލަސްތީނުގެ އަންހެން ކުއްޖެއްގެ އެންމެ ފަހު ވަގުތު ތަކަށް ބިނާކޮށް ކުޅެފައިވާ ފިލްމު “ދަ ވޮއިސް އޮފް ހިންދު ރަޖަބް” އަށް އޮސްކާގެ އެންމެ މޮޅު ފީޗާ ފިލްމު ކެޓަގަރީން އެކެޑެމީ އެވޯޑަށް ނޮމިނޭޓް ވެއްޖެއެވެ.

ޓިއުނީޝިއާގެ ފިލްމު ޕްރޮޑިއުސަރު ކައުތަރު ބެން ހާނިއާ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި ކިޔައިދެނީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހު އިސްރާއީލުގެ ސިފައިން ޣައްޒާ ސިޓީގައި ބަޑިޖަހައި، ޒަޚަމް ކޮށްލުމުން ޝަހީދުވި ހިންދު ރަޖަބްގެ ހަގީގީ ވާހަކައެވެ.

ފަލަސްތީނުގެ ރެޑް ކްރެސެންޓުން ބުނި ގޮތުގައި ހިންދު ދަތުރުކުރަމުން ދިޔައީ އާއިލާއާ އެކު ކަމަށާއި އޭގެ ތެރޭގައި އޭނާގެ 15 އަހަރުގެ އެއްބަނޑު އެއްބަފާ ކޮއްކޮ ލަޔާން ވެސް ހިމެނޭ ކަމަށެވެ.

މި ފިލްމަކީ ފަލަސްތީނުގެ ރެޑް ކްރެސެންޓް ސޮސައިޓީއަށް ހިންދު އެންމެ ފަހުން ކުރި ފޯނު ކޯލްގެ ހަގީގީ އޯޑިއޯ ރެކޯޑިން އަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.

ހިންދުގެ މުޅި އާއިލާ ޝަހީދު ކޮށްލުމުގެ އިތުރަށް، ހިންދު ގުޅުމުން އެހީތެރިވާން އައި ދެ ޕެރަމެޑިކުން ތިބި އެމްބިއުކާންސަށް ވެސް ބަޑި ޖަހައި ޒައެނިސްޓުން ވަނީ އެ ދެމީހުން ވެސް ޝަހީދު ކޮށްލާފައެވެ.
އެކަން އިސްރާއީލު ސިފައިން ވަނީ ދޮގުކޮށްފައެވެ. ނަމަވެސް ފަހުން ލަންޑަންގެ ރިސާޗް ގްރޫޕް ފޮރެންސިކް އާކިޓެކްޗާ އިން ކުރި ތަހުގީގަކުން އެނގުނީ ހިންދު ރަޖަބް އިން ކާރަށް އިސްރާއީލު ސިފައިން ވަނީ ސަތޭކަ އަށް ވުރެ ގިނަ ފަހަރަށް ބަޑިން ޙަމަލާދީފައި ކަމެވެ.

ސެޕްޓެމްބަރު 2025 ގައި ވެނިސް އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލްގައި ޕްރިމިއާ ކުރި މި ފިލްމަށް ވަނީ ދުނިޔޭގެ ސަމާލުކަން ލިބިފައެވެ.

10 ގަޑިއިރުގެ ދަތުރު 2 ގަޑިއިރަށް ކުރުކޮށްދެއްވުމީ ޙައްޖާޖީންނަށް ހޯއްދަވައިދެއްވި ލުޔެއް

އިންޓަނެޓް ސިގްނަލް ޖޭމް ނުކުރެވޭ ގޮތަށް، އެމެރިކާގެ ސްޓާލިންކަށް ވުރެ ވަރުގަދަ ސެޓެލައިޓެއް ރަޝިޔާއ...

ބޭރު ގައުމުތަކުގައިވެސް ދިވެހި އައިޑީކާޑު ހަދަނީ

Continue Reading

Previous: ޣައްޒާގެ ހުރިހާ ބާރެއް އަތުލުމުގެ މަސައްކަތް ފަށަން ސޮއި ކޮށްފި
Next: ޣައްޒާގެ އައްސޭިފަށުގައި ދެން ހުންނާނީ ރިސޯޓުތައް: ޓްރަމްޕުގެ އާއިލާ

Related Stories

439866_3_9d09d82fd5e55170cf752389b9586598fd99a499 (1)
  • ޚަބަރު

ރައްޔިތުންގެ ވިންދާއި އެއްގޮތަށް އިސްތިއުފާ ދެއްވި 10 ވަޒީރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ޝުކުރު

admin April 14, 2026
26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
FAF06A0B-AD1B-4D65-AD4E-089BE99C6443
  • ޚަބަރު

ބިތުފަންގި ސާވޭ: ދެއިންތިޚާބު އެއްކޮށްލުމާއި މެޖޯރިޓީ ދެކޮޅު (ސާވޭގެ ނަތީޖާގެ ފުރަތަމަ 6 ގަޑިއިރު)

admin February 25, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.