ދުނިޔޭގެ ގިނަ ބާރުތައް ހިމެނޭހެން ޓްރަމްޕު އާއި އިސްރާއީލް އަޑީގައި އޮވެގެން ޣައްޒާގެ ބާރުތައް އަތުލައި ޙަމާސް ފޮހެލުމުގެ މަސައްކަތް ކުރަން ފެށުމުގެ ގޮތުން “ބޯޑް އޮފް ޕީސް” ގެ ފައިންޑިންގ ޗާޓަރުގައި ސޮއި ކޮށްފިއެވެ.
މިކަމަށްޓަކައި ސޮއި ކުރީ ވޯލްޑް އިކޮނޮމިކް ފޯރަމް (ޑަބްލިޔުއީއެފް) ގެ އަހަރީ ބައްދަލުވުމުގެ ތެރެއިން ސްވިޒަލޭންޑްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ޣައްޒާގެ ހަނގުރާމަ ހުއްޓާލުމަށް އެހީތެރިވެދިނުމަށާއި، ހަމަނުޖެހުން ތަކަށް ފަހު، ޓްރަމްޕް އިސްވެ ހުރެ ޣައްޒާގެ ބާރުތައް ނަގައި، ޙަމާސްގެ ހަތިޔާރުތައް އަތުލުމަށް ރާވާފައިވާ ޕްލޭން އިފްތިތާހް ކުރުމުގައި ބައިވެރިވީ ޗާޓަރުގައި ސޮއިކުރި ދައުވަތު ލިބުނު ބައެއް ގައުމުތަކުގެ މަންދޫބުންނެވެ. އޭގެތެރޭގައި މޮރޮކޯ އާއި ގަތަރުގެ ވަޒީރުން ހިމެނެއެވެ.
ބޯޑުގެ ޗާޓަރުގައި ދުނިޔޭގެ ހަމަޖެހުން ގާއިމް ކުރުމަށް އަމާޒުކޮށްގެން އެކުލަވާލާފައިވާ އޮނިގަނޑެއް ބަޔާންކޮށްފައި ވެއެވެ.
