
ފޮޓޯ ޑިޒައިން: ހަސަން މާހިރު (ބިތުފަންގި)
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ސްރީލަންކާ، އިންޑިއާ އަދި އިނގިރޭސިވިލާތުގައި ދިވެހި އައިޑީކާޑު ހެއްދޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ހޯމް މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ.
މިނިސްޓްރީން ބުނީ މެލޭބިއާގައި ވެސް މި ޚިދުމަތް ފެށޭނެ ކަމަށާއި މިއީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ސަރުކާރުން ކުރައްވަމުންގެންދަވާ ކަމެކެވެ.
ރައީސް މުޢިއްޒުގެ ވަޢުދުފުޅަކީ އައިޑީކާޑާއި ޕާސްޕޯޓް ހެއްދުމަށް މާލެ އައުމުގެ ބަދަލުގައި، ރައްޔިތުން ދިރިއުޅޭ ރަށާ ކައިރިން އެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ. މި ވަޢުދު ފުއްދުމަށް ސަރުކާރުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މިހާރު ވެސް ރާއްޖޭގެ 15 ރަށެއްގައި އައިޑީކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް ދެމުންދާއިރު، މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި މި ޚިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.