ސްޕޭސްއެކްސްގެ ސްޓާލިންކަށް ވުރެ މޮޅު ސެޓެލައިޓް އިންޓަނެޓް ސިސްޓަމެއް ތަރައްގީ ކުރުމުގެ މަސައްކަތް ފަށަމުންދާ ކަމަށް ރަޝިއާ އިން ބުނެފިއެވެ. ރަޝިޔާގެ ޖައްވީ އިދާރާ އިން ބުނީ މި އާ ސެޓްލައިޓުން ދޫކުރާ ސިގްނަލް ބްލޮކް ކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ.
ރަޝިޔާގެ މަސްއޫލުވެެރިންނާއި ދައުލަތާއި ގުޅުން ހުރި ޖައްވީ އިދާރާތަކުން ބުނާ ގޮތުގައި މިއީ އެޑްވާންސްޑް ސެޓެލައިޓެއް ކަމަށާއި މަޤްޞަދަކީ ހުޅަނގުން ކޮންޓްރޯލްކުރާ ސެޓެލައިޓުތަކަށް ބަރޯސާވުން މަދުކުރުމެވެ.
އީރާނުން އެ ޤައުމުގެ އިންޓަރނެޓް ކަނޑައިލުމާއި އެކު ސްޓާލިންކުގެ ޚިދުމަތް ހޯދައި އީރާނުގެ ޚަބަރުތައް ހޯދަން އެކި ފަރާތްތަކުން ކުރި މަސައްކަތް އީރާނުން ހުއްޓުވައިލީ ސްޓާލިންކުގެ ސިގްނަލް ޖޭމް ކޮށްގެން ކަން ފާހަގަ ކުރެވެއެވެ. އީރާނަކީ މުޅި ދުނިޔޭގައި މިހާތަނަށް ސްޓާލިންކް ސިގްނަލް ބްލޮކް ކޮށްލި ފުރަތަމަ ޤައުމެވެ.
