Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • 10 ގަޑިއިރުގެ ދަތުރު 2 ގަޑިއިރަށް ކުރުކޮށްދެއްވުމީ ޙައްޖާޖީންނަށް ހޯއްދަވައިދެއްވި ލުޔެއް
  • ޚަބަރު

10 ގަޑިއިރުގެ ދަތުރު 2 ގަޑިއިރަށް ކުރުކޮށްދެއްވުމީ ޙައްޖާޖީންނަށް ހޯއްދަވައިދެއްވި ލުޔެއް

admin May 26, 2025
IMG_5861

ދިވެހި ޙައްޖާޖީން މީގެ ކުރިން މައްކާއިން މަދީނާއަށް ކުރި 8-10 ގަޑިއިރުގެ ދިގު ދަތުރު ރައީސް މުޢިއްޒު މިވަނީ 2 ގަޑިއިރުން ދެވޭ ގޮތަށް ހަމަޖައްސައިދެއްވާފަ: އެމްޑީ ޝަކީލް

މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ދިވެހިރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަމަށް ސަޢުދީ ޢަރަބިއްޔާއަށް ދިޔަ ދިވެހި ޙައްޖުވެރިންނަށް ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ. 

މިއަދު ރާއްޖޭގައި ރަސްމީކޮށް އިފްތިތާޙްކުރި މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ޙައްޖުވެރިން ރާއްޖެއިން ފުރުމުގެ ކުރިން ސަޢުދީ ޢަރަބިއްޔާގެ އިމިގްރޭޝަންގެ ހުރިހާ ކަމެއް ފުރިހަމަކުރެވިފައިވާއިރު، ޙައްޖުވެރިން ޖިއްދާ އެއާޕޯޓުގައި މަޑުނުކޮށް ސީދާ ހޮޓަލަށް ދެވޭނެ އިންތިޒާމް ވެސް ހަމަޖެހުނުއިރު އެންމެ ޚާއްޞަ ކަމަކީ މިފަހަރު ދިވެހި ޙައްޖާޖީންނަށް މައްކާއިން މަދީނާއަށް އެންމެ ދެގަޑިއިެުތެރޭގައި ދެވޭނެއެވެ. މީގެ ކުރިން ޙައްޖާޖީންނަށް މައްކާއިން މަދީނާއަށް ދަތުރުކުރާނަމަ 8 ގަޑިއިރާއި 10 ގަޑިއިރު ހޭދަވެއެވެ.

މިކަން ފާހަގަ ކުރައްވަމުން ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވީ މިއީ ދިވެހި ޙައްޖާޖީންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހޯއްދަވައިދެއްވި ވަރަށް ބޮޑު ލުޔެކެވެ. އަދި ފަސޭހައެކެވެ.

https://twitter.com/schakyyl/status/1927063468353474877

ޙައްޖުވެރިން މައްކާއަށް ވަޑައިގެންނެވުމުން ކޮންމެ ބޭފުޅަކަސް މަރުޙަބާ ދެންނެވުމުގެ ގޮތުން މަލެއް ދެއްވިއިރު އެއާޕޯޓުގައި މަދުކުރުމެއްނެތި ސީދާ ދިޔައީ ހޮޓަލަށްކަން ފާހަގަ ކުރެވެއެވެ.

ޙައްޖުގެ އަޅުކަމަށް މައްކާއަށް ވަޑައިގެންނެވި ދިވެހިންނަށް މަރުޙަބާ ކިޔުން.
ޙައްޖުގެ އަޅުކަމަށް މައްކާއަށް ވަޑައިގެންނެވި ދިވެހިންނަށް މަރުޙަބާ ކިޔުން.
ޙައްޖުގެ އަޅުކަމަށް މައްކާއަށް ވަޑައިގެންނެވި ދިވެހިންނަށް މަރުޙަބާ ކިޔުން.

އެމެރިކާގެ ލަޝްކަރެއް އީރާނާއި ދިމާލަށް އެބަ ދޭ

ސަމާލުވޭ! ކެންސަރު ފަރުވާއޭ ބުނެ ބޮޑު ފޭކެއް!!!

ހުޅުމާލެ ފޭސް 3 ހިއްކައި ނިމިއްޖެ

Continue Reading

Previous: ދިރާގުން ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންނަށް 230,380 ރުފިޔާ ހަދިޔާކޮށްފި
Next: އެޑިއުކޭޝަން އެކްސްޕޯގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

Related Stories

26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
FAF06A0B-AD1B-4D65-AD4E-089BE99C6443
  • ޚަބަރު

ބިތުފަންގި ސާވޭ: ދެއިންތިޚާބު އެއްކޮށްލުމާއި މެޖޯރިޓީ ދެކޮޅު (ސާވޭގެ ނަތީޖާގެ ފުރަތަމަ 6 ގަޑިއިރު)

admin February 25, 2026
9E983EBC-9DA9-49DF-9821-2BB64A9A15A9
  • ޚަބަރު

ވެމްކޯ މުވައްޒަފު ވެއްޓުން: ކަންކަން ސިއްރުކުރަން ވެމްކޯއިން އުޅުނު ކަމަށް ބުނާ ވާހަކަ އަކީ ދޮގެއް – ވެމްކޯ

admin February 24, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.