Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • މައްސަލައަކީ ބަހުގެ މައްސަލައެއް ނޫނެވެ. ޢަޤީދާގެ މައްސަލައެކެވެ.
  • ޚަބަރު

މައްސަލައަކީ ބަހުގެ މައްސަލައެއް ނޫނެވެ. ޢަޤީދާގެ މައްސަލައެކެވެ.

އަލްއުސްތާޛް ޢަލީ އާދަމް January 22, 2026
99E28EE4-F3E9-40F0-8CD6-0B31F1E69998

އިސްލާމް މާއްދާ އިނގިރޭސި ބަހުން ކިޔަވައި ދިނުމުގެ ވާހަކަ އަކީ ދިވެހިރާއްޖޭގެ قانون أساسي އާއި ޚިލާފު ވާހަކައެވެ. ޤާނޫނު އަސާސީ އާއި ޚިލާފު ވާހަކައަކަށް ވަނީ ،

ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ ގެ 67 ވަނަ މާއްދާގެ ( ކ) ގައި ދިވެހި ދައުލަތަށްޓަކައި ރައްޔިތުން ނާއި ސަރުކާރުން އަދާކުރާންޖެހޭ މަސްއޫލިއްޔަތާއި ވާޖިބެއް ގެ ގޮތުގައި ، އިސްލާމްދީނާއި، ރާއްޖޭގެ ޘަޤާފަތާއި، މާދަރީ ބަހާއި، ޤައު
މީ ތަރިކަ ރައްކާތެރިކޮށް ދެމެހެއްޓުން ، ކަނޑައަޅާފައި އޮތަތީއެވެ.

އިނގިރޭސި ބަސް އެނގުނެއްކަމަކު ، އިސްލާމީ ތަޢުލީމާއި އިސްލާމް ދީނުގެ މަޢުލޫމާތު އުނގެނި ފައި ނުވާ މީހަކަށް އިސްލާމް ދީން ކިޔަވައި ދޭކަށް ނޭނގޭނެއެވެ.

އިސްލާމް މާއްދާއަށް ދަށްވުމަކީ ، މުޅިއަކުން ދިވެހިބަހަށް އަހުލުވެރި ނުވުމަކުން ދިމާވާ މައްސަލައެއް ނޫނެވެ. ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދޭ ޤައުމީ މަންހަޖުގައި ހިމެނޭ މާއްދާ ތަކުން ފާސް ނުވާ ކުދިންގެ ޢަދަދަށް ބެލުމުން ވެސް މިކަން އެނގެއެވެ. ދިވެހި ބަހުގެ މާއްދާތަކުން ފާސްނުވާ ކުދިންނަށްވުރެ އިނގިރޭސި ބަހުން ކިޔަވައިދޭ މާއްދާތަކުން ފާސް ނުވާ ދަރިވަރުން ވަކި މަދެއް ނޫނެވެ. ސުވާލަކީ ތައުލީމީ މަންހަޖު އެއްކޮށް ނުވަތަ ސިލަބަސް އެއްކޮށް އިނގިރޭސިން ކިޔަވައި ދޭގޮތަށް ހަދައިފިނަމަ ފާސްނުވާނެ ދަރިވަރަކު ނުތިބޭނެހެއްޔެވެ. ؟ މިއީ ޔަޤީނުން ވެސް ނުވާނެކަމެވެ. ދިވެހި ބަހަށް ނުވަތަ އެމީހެއްގެ މާދަރީބަހަށް އަހުލުވެރި ވުމަކީ ، މުހިއްމު ކަމެކެވެ. އޭގެ ސަބަބުން ދިވެހި ބަހުގެ ބަސްމޮށުންތެރިކަމަށް އަހުލުވެރިވެ އެމީހެއްގެ މާދަރީ ބަހުން ލިޔެފައި ހުންނަ ދީނީ ފޮތްތަކާއި އެނޫން ފޮތްތައް ފަހުމު ވުމުގައި ފަސޭހަވާނެއެވެ.

ހަމައެފަދައިން އިނގިރޭސިބާހާއި އެނޫން ކޮންމެ ބަހެއް ވެސް އެނގުމަކީ މަޢުލޫމާތު ހޯދުމާއި ލިބިގަތުމަށް އޮތް މުހިއްމު ވަޞީލަތެކެވެ. އިސްލާމް މާއްދާ އިން ދަށްވުމަކީ ބަހުގެ މައްސަލައެއް ނަމަ އިނގިރޭސިވިލާތު ގެ ފައްޅިތަކުން ޓީޗަރުން ގެނެސްގެން ނުވަތަ ދީނީ އިލްމު އުނގެނި ފައި ނުވާ އިނގިރޭސި ބަހަށް މޮޅު މީހަކު ގެނެސްގެން ދީން ކިޔަވައި ދެވިދާނެ ހެއްޔެވެ.

ވާހަކައެއް ދޫކޮށްލުމުގެ ކުރިން އެވާހަކަ އަކުން ކޮށްފާނެ ނޭނދެވޭ އާޘަރާއި މެދު ވިސްނާ ލުމަކީ ބުއްދި ވެރި ޙިކުމަތްތެރިންގެ ގޮތެކެވެ. މިއުޅެނީ ރާއްޖެ އަށް ބޭނުންވާވަރަށް ވުރެ ގިނައިން އިނގިރޭސި ބަހުން ދީންކިޔަވައިގެން ތިއްބެވި ބޭފުޅުން ގިނަވެގެންހެއްޔެވެ. ޔަޤީނުން ވެސް އެނގޭ އެއްޗަކީ އިސްލާމް ދީން ބާވައިލެއްވުނީ އިނގިރޭސި ބަހުން ނޫންކަމެވެ؟

އަދި ދުނިޔޭގައި އެންމެ ގިނައީ އިނގިރޭސިން ވާހަކަ ދައްކާ އިނގިރޭސި ބަހުން މުޢާމަލާތް ކުރާ މީހުން ވެސް ނޫންތާއެވެ. އެހެންކަމަށް ވީއިރު ތަހުޒީބުވުމަކީ ނުވަތަ ތަރައްޤީ އަކީ ހުރިހާ ކަމެއްގައި އިނގިރޭސި ބަސް ބޭނުންކުރުން ހެއްޔެވެ. ؟

އިސްލާމް ދީނުގެ މަޞްދަރަކީ ﷲފޮތާއި ކީރިތި ރަސޫލާصليﷲعليه وسلّم ގެ ޙަދީޘެވެ. ކީރިތި ޤުރުއާނާއި ރަސޫލާގެ
ޙަދީޘް ދެނެގަތުމަށްޓަކައި ، މުހިއްމުވާނީ އިނގިރޭސި ބަހާއި އެބަހުގެ ޤަވާއިދުތައް އެނގުން ހެއްޔެވެ. ؟ ނުވަތަ ޢަރަބި ބަހާއި އެބަހުގެ ޤަވާޢިދުތައް އެނގުން ހެއްޔެވެ. ކީރިތި ޤުރުއާން ބާއްވައިލައްވާފައިވަނީ ޢަރަބި ބަހުންކަމަށް ވިޔަސް ޤުރުއާން ގައި ވާއެއްޗެއް ރަނގަޅަށް ދޭހަވާނީ ، އިސްލާމީ ތަޢުލީމު އުނގެނިގެން ނެވެ. އިސްލާމީ ތަޢުލީމު އުނގެނުމަށް ޓަކައި އެންމެ މުހިއްމު ބަހަކީ ޢަރަބި ބަހެވެ.

ޢަރަބި ބަސް އުނގެނުމަށް ޓަކައި ، ނަޙޫ އާއި ޞަރުފު ، ރަނގަޅަށް އެނގެން ޖެހެއެވެ. މިއީ ޢަރަބި ބަހުގެ ޤަވާޢިދެވެ. މިޤަވާޢިދު ވެސް އޮތީ ޢަރަބި ބަހުންނެވެ. ޢަރަބި ބަސް ރަނގަޅަށް އުނގެނުމަށް ފަހު ކީރިތި ޤުރުއާން ގައިވާ އެއްޗެއް ރަނގަޅަށް ދެނެގަތުމަށްޓަކައި ޤުރުއާނުގެ ތަފްސީރު އެނގެންޖެހެއެވެ. ތަފްސީރު އެންގުމަށްޓަކައި ސަބަބުއް ނުޒޫލު (ޤުރުއާން ގެ ސޫރަތްތަކާއި އާޔަތްތައް ބާވައިލެއްވި ސަބަބު) ދެނެގަންނަންޖެހެއެވެ. މިކަން ދެނެގަތުމަށް ރަސޫލާގެ ޙަދީޘްތަކާއި ، ފިޤުޙު ޢިލްމާއި އުޞޫލުލްފިޤުހު އެނގެންޖެހެއެވެ.

މިހުރިހާ ޢިލްމެއްގެ މައިގަނޑު ބަހަކީ ޢަރަބި ބަހެވެ. އެހެން ކަމަށްވީއިރު އިސްލާމް މާއްދާ އިނގިރޭސި ބަހުން ކިޔަވައި ދިނުމުގެ ވާހަކަ ދެއްކުމުގެ ބޭނުމަކީ ކޮބާހެއްޔެވެ. ؟ އިސްތިޢުމާރީ ދައުލަތްތަކުން މުސްލިމު ދައުލަތްތައް އިސްތިޢުމާރުކުރުމަށް ފަހު މުސްލިމު ޤައުމުތަކުގެ މާދަރީބަހުން ސްކޫލްތަކުގައި ކިޔަވައިދެމުން އައި ސިލަބަސް ބަދަލުކުރި ކަން އަހަރެމެން ހަނދާން ނައްތާލަން ވީހެއްޔެވެ. ؟

އިނގިރޭސި މީޑިއަމަށް ކިޔެވުމަކީ ، އެބައެއްގެ މާދަރީ ބަހުން ލިޔެފައި ހުންނަ ފޮތްތައް އުވާލަންޖެހޭ ސަބަބެއްހެއްޔެވެ؟ އެހެންކަމުން ދިވެހި ބަހަށް ހުންނަ އިސްލާމް ފިޅާވަލުތައް ނުވަތަ ސިލަބަސް ފަހުމު ނުވަނީ ނަމަ ނުވަތަ ދިވެހި ބަހަށް ކޮށި ނަމަ ، ދިވެހި ބަހަށް އަހުލުވެރި ކުރުވުން ކީއްތޯއެވެ. ކާޓޫނު ތަކާއި ޓިކްޓޮކް ތަކާއި ، ފޭސް ބުކާއި ، ކިޔެވުމާއި ގުޅުމެއް ނެތް މިފަދަ ކަންކަމުގެ ތެރޭގައި ވަގުތު ހޭދަ ކުރުމަށް ދަރިން ދޫކޮށް ނުލަންވީ ނޫންހެއްޔެވެ.

ތަޢުލީމު އުނގެނޭ ދުވަސްވަރު ކިޔަވާ މާއްދާ އަކާއި ގުޅުންހުރި މަޢުލޫމާތާއި ހުނަރު ހޯދުމަށް ބާރުއަޅަންވީއެވެ. އެކަމަށް ޘައުޤުވެރިކުރުވަންވީއެވެ. ދިވެހިންނަކީ މުސްލިމުން ކަމަށްވާތީ ދިވެހިބަހާއި ޢަރަބި ބަހާއި އިސްލާމް ދީން ދިވެހިންނަށް މުހިއްމުވާތީވެ ، އެކަމަށް ހަޖަމު ނުވާ މަދު ބަޔަކު ބޭނުންވަނީ ، ހުރިހާ އެންމެނަކީ ދޮން މީހުން އުޅޭގޮތަށް އުޅޭނެ ބަޔަކަށް ދިވެހިންވެސް ވުމަށްކަމަށްވެދާނެއެވެ. އެހެން ނަމަވެސް އަހަރެމެން ބޭރުޤައުމަކަށް ކިޔަވަން ގޮސްފިނަމަ ފުރަތަމަ ދެއަހަރު ނުވަތަ ތިން އަހަރު އެޤައުމެއްގެ ބަސް ދަސްކުރުމަކީ ، މަޖުބޫރުކަމަކަށްވާއިރު ، އަހަރެމެން ގެ ބަސް އަހަރެމެނަށް މުހިއްމު ނުވާންވީ ސަބަބެއް ނެތެވެ

ސަރުކާރުގެ ޚަރަދުގައި ޔުމްނު ބޭސްފަރުވާއަށް ދާދި ދެންމެއަކު މެލޭޝިއާއަށް ފުރުވާލައިފި

އ. ކްރިމިނަލް ކޯޓުގެ ދެފަނޑިޔާރުން ނަތަންޔާހޫ ކޮޅަށް އަރައިފި

ބޮޑު ޗުއްޓި ފެށިއްޖެ

Continue Reading

Previous: ވަޒީފާގެ ވާޖިބު އަދާކުރައްވަނިކޮށް ނިޔާވި އެމްޕީއެލް މުވައްފުގެ ޢާއިލާ އަށް ރައީސްގެ ތަޢުޒިޔާ
Next: އައިންތު މިސްގެ ޢާއިލާއަށް ރައީސް ތަޢުޒިޔާ ފޮނުއްވައިފި

Related Stories

439866_3_9d09d82fd5e55170cf752389b9586598fd99a499 (1)
  • ޚަބަރު

ރައްޔިތުންގެ ވިންދާއި އެއްގޮތަށް އިސްތިއުފާ ދެއްވި 10 ވަޒީރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ޝުކުރު

admin April 14, 2026
26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
FAF06A0B-AD1B-4D65-AD4E-089BE99C6443
  • ޚަބަރު

ބިތުފަންގި ސާވޭ: ދެއިންތިޚާބު އެއްކޮށްލުމާއި މެޖޯރިޓީ ދެކޮޅު (ސާވޭގެ ނަތީޖާގެ ފުރަތަމަ 6 ގަޑިއިރު)

admin February 25, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.