Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ސަރުކާރުގެ ޚަރަދުގައި ޔުމްނު ބޭސްފަރުވާއަށް ދާދި ދެންމެއަކު މެލޭޝިއާއަށް ފުރުވާލައިފި
  • ޚަބަރު

ސަރުކާރުގެ ޚަރަދުގައި ޔުމްނު ބޭސްފަރުވާއަށް ދާދި ދެންމެއަކު މެލޭޝިއާއަށް ފުރުވާލައިފި

admin April 26, 2025
IMG_5047

ފެންޓޯނިއާގޭ ނުވަވަނަ ފަންގިފިލާއިން ވެއްޓި، ބޮޑެތި އަނިޔާތަކާއެކު ފަރުވާ ހޯދަމުންދާ 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު، އިތުރު ފަރުވާއަށް ސަރުކާރުގެ ޚަރަދުގައި މެލޭޝިއާއަށް ދާދި ދެންމެއަކު ފުރުވާލައިފިއެވެ.

ޔުމްނުއާއެކު ސިއްހީ އެހީތެރިންނާއި ޑޮކްޓަރުން ވެސް ދިޔައިރު ޓިކެޓާއި އެހެނިހެން ހަރަދުތައް ހަމަޖައްސާފައިވަނީ އެންސްޕާއިންނެވެ. ސްޓްރެޗަރުގައި ޔުމްނު ގޮވައިގެން މެލޭޝިއާއަށް ފުރާ ޝެޑިއުލް ފުލައިޓް ކަމަށްވާ UL104، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ނައްޓާލީ މިރޭ 22:02 ހާއިރުއެވެ.

މިކަމަކީ ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ހަމަޖެއްސި ކަމެއްކަން ފާހަގަކުރެވެއެވެ. ޔުމްނުގެ އާއިލާއިން ރޭ މަޢުލޫމާތު ދީފައިވާ ގޮތުގައި، އިތުރު ފަރުވާއަށް ޔުމްނު މެލޭޝިއާއަށް ގެންދިއުމަށް ހުރިހާ އިންތިޒާމުތައް ސަރުކާރުގެ ފަރާތުން ހަމަޖައްސައިދީފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިފަދަ އަވަސް ފިޔަވަޅެއް އެޅުމަކީ، ދަތި ހާލަތުގައި ތިބޭ ރައްޔިތުންނަށް އެހީތެރިވުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެކެވެ.

ޔުމްނުގެ އާއިލާއިން ކުރިން ބުނެފައިވާ ގޮތުގައި މި ވަގުތު އާއިލާގެ އަމާޒަކީ ޔުމްނުއަށް ފަރުވާ ހޯދުމެވެ. އަދި ޔުމްނު އަވަހަށް ރަނގަޅުވެ، އާންމު ހާލަތަށް ރުޖޫޢަވުމަށް އެދޭ ކަމަށާއި، ހިނގައިދިޔަ ހާދިސާގެ ހުރިހާ ކަމެއް އެނގިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށްވެސް ބުނެފައިވެއެވެ.

މީޑިއާ ބިލް ހިނގާނީ ރެޖިސްޓަރޑް މީޑިއާ ތަކަށް އެކަނި

ފޯނުން ޖުވާ ކުޅުނަސް ޖަލަށް ލެވޭ ގޮތަށް ހަދަނީ

ޣައްޒާ އަށް އިސްރާއީލުގެ ޓޭންކަރުތަކުން ޙަމަލާ ދޭން ފަށައިފި

Continue Reading

Previous: ކޮންމެ އަންހެން ކުއްޖަކަށްވެސް ފެންވަރު ރަނގަޅު ތަޢުލީމާއި ޑިޖިޓަލް ހުނަރު ލިބޭނެ މާޙައުލެއް ޤާއިމުކުރުން މުހިންމު:ރައީސް މުޢިއްޒު
Next: ފުލުހުންގެ މުއައްސަސާ ވަގުތީގޮތުން ހިންގުން ނަވީނަށް

Related Stories

35E44987-6A40-462D-A332-85931DE677BA
  • ޚަބަރު

އެ އެންމެން ބަރާބަރަށް ފަތިސްނަމާދަށް އާދޭ. ރެޔަކު ނާދޭ. ނައިސްގެން ބެލިއިރު އެންމެން ތިބީ މަރާލާފަ!

admin February 10, 2026
E4B42E06-719E-4946-9537-80AB688D57A7
  • މީހުން
  • ޚަބަރު

ނަތަންޔާހޫގެ އަނބިކަނބަލުން ސާރާ ވައްކަންކުރާ މައްސަލައިގައި ބޭޒާރުވެއްޖެ

admin February 7, 2026
FA8388C0-E3CF-42B1-8A30-D68AB76B335A
  • ރިޕޯޓް
  • ޚަބަރު

އިންސާނުންގެ ސިކުނޑީގައި ވެސް ޕްލާސްޓިކް

admin February 6, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.