މުސްލިމުން މަރައި ޖަރީމާ ހިންގި ހައްދުފަހަނަ އަޅާފައިވާ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އޭނާގެ ކުރީގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް ހައްޔަރު ކުރުމަށް އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން ނެރުނު އަމުރު އިސްރާއީލުން އިސްތިއުނާފު ކުރުމުން، އެ ކޯޓުގެ ދެފަނޑިޔާރުން ކަމަށްވާ ޕެރޫގެ ލޫޒް ޑެލް ކާމެން އިބަނޭޒް ކަރަންޒާ އާއި ޔޫގަންޑާގެ ސޮލޮމީ ބަލޫންގީ ބޮސާ ނަތަންޔާހޫ ކޮޅަށް އަރައިފިއެވެ. އެދެމީހުންގެ ވެސް ވަނީ ނަތަންޔާހޫ އާއި ގަލަންޓް ހައްޔަރުކުރުމަށް ނެރުނު އަމުރަކީ ޞައްޚަ އަމުރެއް ނޫން ކަމަށް ނަތަންޔާހޫގެ ފަރާތުން ކަނޑައަޅައިދިނުމަށް އެދުމުން ނަތަންޔާހޫ އާއި އެއްކޮޅަށް އައިސީސީގައި ވޯޓު ދީފައެވެ.
އިސްތިއުނާފު ބެންވުގައި ތިއްބެވީ ފަސް ފަނޑިޔާރުންނެވެ. އޭގެތެރެއިން ޖަޕާނާއި ޖޯޖިއާ އަދި މޮންގޯލިއާގެ ފަނޑިޔާރުން ނިންމެވީ އައިސީސީން ކުރިން ނެރުނު އަމުރު ދަމަހައްޓާށެވެ.
