Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • އެ މީހުން ވަނީ ކޮވިޑުން ނާޖާއިޒް ފައިދާ ނަގާފަ – ދެމީހުންނަށް ދައުވާ ކުރަން ފޮނުވައިފި
  • ޚަބަރު

އެ މީހުން ވަނީ ކޮވިޑުން ނާޖާއިޒް ފައިދާ ނަގާފަ – ދެމީހުންނަށް ދައުވާ ކުރަން ފޮނުވައިފި

admin January 21, 2026
7715F459-1968-4F8C-8108-01D5A533248A

ކޮވިޑް19އާ ގުޅިގެން ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޕީސީއާރް ޓެސްޓިންގެ ހިދުމަތް ފޯރުކޮށްދިން ޕައިނިއާ މޯލްޑިވްސް އާއި އައިލެންޑް ހެލްތު ސޮލިއުޝަންސް ކުންފުނިން ގަސްދުގައި ޓެކުހަށް މަކަރު ހަދާފައިވާ ކަމަށް ތުހުމަތުކޮށް ، ދެ ކުންފުނީގެ ވެސް ޑިރެކްޓަރެއް ކަމަށްވާ ޑރ. އިކްލީލް ޝަރީފް އަދި އައިލެންޑް ހެލްތް ސޮލިއުޝަންސްގެ ޑިރެކްޓަރެއް ކަމަށްވާ ޑރ. އަލީ އަބްދުالله ލަތީފަށް ދައުވާ ކުރުމަށް ފޮނުވައިފިއެވެ.


މީރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކޯވިޑް-19ގެ ޕެންޑެމިކާ ގުޅިގެން ޕީސީއާރް ޓެސްޓިންގެ ޑިމާންޑް އެންމެ ބޮޑު ދުވަސްވަރު ހިދުމަތް ފޯރުކޮށްދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެފައިވާ ފަރާތްތަކެއްކަމަށް ފާހަގަކުރެވިފައި ވީނަމަވެސް، އެ ފަރާތްތަކުން މީރާއަށް ހުށަހަޅައިފައިވާ އިންކަމް ޓެކްސް ބަޔާންތަކުގައި ޓެކްސް ނެގޭ އާމްދަނީ ބޮޑުތަނުން ދަށްކޮށް ރިޕޯޓުކޮށްފައިވާކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ.


އެހެންވެ، އެ މައްސަލަ ތަހުގީގު ކުރަން ފަށައި، މީރާއިން ބެލިބެލުމުން ޓެކްސް އަހަރު 2020، 2021 އަދި 2022ވަނަ އަހަރުގައި، ޕީސީއާރް ޓެސްޓިންގެ އިތުރުން އައިލެންޑް ހެލްތް ސޮލިއުޝަންސްގެ ދަށުން ހިންގަމުންގެންދާ “ޕާލް މެޑިކަލް ސެންޓަރު” ކްލިނިކު މެދުވެރިކޮށް އެހެނިހެން ހިދުމަތްތައް ފޯރުކޮށްދީފައި ވީނަމަވެސް، މި ހިދުމަތްތަކުން ލިބިފައިވާ ފުރިހަމަ އާމްދަނީ މީރާއަށް ރިޕޯޓުކޮށްފައިނުވެ އެވެ.
ޕައިނިއާ މޯލްޑިވްސްއަކީ ޕީސީއާރް ޓެސްޓިން ހިދުމަތް އެންމެ އަވަހަށް ފެށި އެއް ފަރާތްކަމާއި 2020 އަދި 2021ވަނަ އަހަރު އާންމު ފަރާތްތަކުގެ އިތުރުން ޓޫރިސްޓް ފެސިލިޓީތަކަށް މި ހިދުމަތް ފުޅާ ދާއިރާއެއްގައި ފޯރުކޮށްދިނެވެ. ނަމަވެސް، މިރާއިން ބުނީ އެ ހިދުމަތުން ލި ބިފައިވާ އެންމެހައި އާމްދަނީ މީރާއަށް ހުށަހަޅައިފައިވާ މާލީ ހިސާބުތައް އަދި އިންކަމް ޓެކްސް ބަޔާންތަކުގައި ހިމަނައިފައިނުވާ ކަމަށެވެ.


ނަގާ ޓެކުހުގެ ގޮތުގައި އިތުރަށް ދައްކަންޖެހޭކަމަށް، އަދި ޕައިނިއާސް މޯލްޑިވްސްއިން 23.7 މިލިއަން ރުފިޔާ ދައްކަންޖެހޭކަން އެ ކުންފުނިތަކަށް މީރާއިން އެންގި އެވެ.


އަދި މި މައްސަލާގައި ދެ ކުންފުނީގެ އިތުރަށް އެ ކުންފުނިތަކުގައި އިސްކޮށް މަސައްކަތްކުރެއްވި ޑައިރެކްޓަރުން ކަމުގައިވާ ޑރ.އިކްލީލް ޝަރީފާއި، ޑރ.އަލީ އަބްދުﷲ ލަތީފުގެ މައްޗަށް ދައުވާ


އަދި މި ހިދުމަތް ފޯރުކޮށްދީގެން ޓެކްސް އަހަރު 2021އަށް ލިބިފައިވާ އާދަޔާހިލާފު ބޮޑު އާމްދަނީއާ ގުޅިގެން މީރާއަށް ދައްކަންޖެހޭ ޓެކުހުގެ އަދަދު ދަށްކުރުމުގެ ނިޔަތުގައި މި އަހަރުގެ މާލީ ހިސާބުތަކުގައި ‘ކޮސްޓް އޮފް ސޭލްސް’ އަދި އިދާރީ ހަރަދުގެ ގޮތުގައި ސައްހަ ނޫން އަދަދުތަކެއް އުނިކޮށްފައިވާކަން ވެސް ފާހަގަކުރެވިފައިވާ ކަމަށް މީރާއިން ބުންޏެވެ.
އެ ތިން އަހަރު އައިލެންޑް ހެލްތު ސޮލިއުޝަންސްއިން މީރާއަށް ހުށަހެޅި އިންކަމް ޓެކްސް ބަޔާނުގައި ބުނެފައިވާ ގޮތުން 31.9 މިލއިަން ރުފިޔާގެ ޓެކްސް ނެގޭ އާމްދަނީ އަދި ޕައިނިއާސް މޯލްޑިވްސްއިން 2020 އަދި 2021 ގައި ޓެކުސް ނެގޭ އާމްްދަނީގެ ތެރެއިނ 102 މިލިއަން ރުފިޔާ ޓެކްސް ބަޔާންތަކުގައި ނުހިމަނާކަމަށްވެސް އެ އިދަރާއިން ތުހުމަތުކޮށްފައި ވެއެވެ.
މި އޮޅުވައިލުންތަކާ ގުޅިގެން އައިލެންޑް ހެލްތު ސޮލިއުޝަންސްއިން 4.3 މިލިއަން ރުފިޔާ އާމްދަނީ
ންކޮށްދިނުމަށް މީރާއިން އެދިފައިވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. އޭގެ އިތުރަށް މި މުއްދަތުގައި އެ ދެ ކުންފުނީގެ މާލީ ބަޔާންތައް ތައްޔާރުކޮށްދިން އަލީ ފަޔާޟުގެ މައްޗަށް އެނގިހުރެ ސައްހަ ނޫން މައުލޫމާތު ހިމެނޭ މާލީ ހިސާބުތަކާއި ޓެކްސް ބަޔާންތައް ތައްޔާރުކުރި ކަމުގެ ތުހުމަުގައި ދައުވާކޮށްދިނުމަށްވެސް މީރާއިން އެދިފައިވެއެވެ.


ޓެކުސް ނެގުމުގެ އިދާރ ގާނޫނުގެ 64 ވަނަ މާއްދާގެ ދަށުން، ދައްކަަންޖެހޭ ޓެކްސް ދެއްކުމަށް އެނގިހުރެ ގަސްތުގައި އެއްކިބާވުމުގެ ނިޔަތުގައި ކަމެއް ކުރުމަކީ ކުށެކެވެ. އަދި އެފަދަ ކުށްކުރުމަށް ޓެކްސް ދައްކަންޖެހޭ މީހަކަށް އެހީތެރިވުމަކީވެސް އެ ގާނޫނުގެ ދަށުން ކުށެކެވެ.

ރައީސްގެ “ޖެނެރޭޝަން ބޭން އައިޑިއާ” އާއިގުޅިގެން މަޝްވަރާތައް ފަށައިފި

ތަކުރާރު ޙައްޖު ދަތުރުތައް މިނިސްޓަރު ދިފާޢު ކުރައްވައިފި

3 ކިލޯ މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށްފި

Continue Reading

Previous: އީރާނަށް ޙަމަލާ ދޭން ނުވިސްނައްޗޭ! ތުރްކިޔޭ މިއޮތީ އީރާނާއެކު – އެރްދޮޣާން
Next: އެތެއް އައިސް މީހުން މަރާއިރު ގެރިކަލާނގެއަށް އެތް ކޮންޓުރޯލް ނުވުމުން އިންޑިއާ މީހުން ރުޅި ގަދަވެއްޖެ

Related Stories

439866_3_9d09d82fd5e55170cf752389b9586598fd99a499 (1)
  • ޚަބަރު

ރައްޔިތުންގެ ވިންދާއި އެއްގޮތަށް އިސްތިއުފާ ދެއްވި 10 ވަޒީރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ޝުކުރު

admin April 14, 2026
26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
FAF06A0B-AD1B-4D65-AD4E-089BE99C6443
  • ޚަބަރު

ބިތުފަންގި ސާވޭ: ދެއިންތިޚާބު އެއްކޮށްލުމާއި މެޖޯރިޓީ ދެކޮޅު (ސާވޭގެ ނަތީޖާގެ ފުރަތަމަ 6 ގަޑިއިރު)

admin February 25, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.