Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ހަނގުރާމަ ހުއްޓުވަން ފެއިލް ވި އދ ގެ ބާރު ކަނޑުވާލަނީ
  • ޚަބަރު

ހަނގުރާމަ ހުއްޓުވަން ފެއިލް ވި އދ ގެ ބާރު ކަނޑުވާލަނީ

admin January 21, 2026
894F3E73-DE6C-4E8B-98C7-4BB9CBAA17AA

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްނަގައިގެން ހުށަހަޅާފައިވާ “ޕީސް ބޯޑު” އާއި މެދު ބައިނަލްއަޤްވާމީ ބޮޑެތި ކަންބޮޑުވުން ތަކެއް އުފެދެމުން އަންނައިރު، ބައެއް ސަރުކާރުތަކާއި މުހައްލިލުން ބުނަނީ ޔޫ. އެން. އަކަށް ޣައްޒާގ ހަނގުރާމަ އާއި ޔޫރަޕްގެ ހަމަނުޖެހުންތައް ހައްލު ނުކުރެވުނު ކަމަށާއި، އެހެންކަމުން ބައިނަލްއަޤްވާމީ ބޮޑެތި ހަމަނުޖެހުންތައް ހައްލުކުރުމަށް ޖަމާއަތެއް އުފައްދަނީ ކަމަށެވެ. އަދިޓްރަމްޕް އިސްނަގައިގެން އެކުލަވާލާ ބޯޑަކީ އދ. އަށް ވުރެ ބާރު ގަދަ ވާނެ ބޯޑެއް ކަމަށް ބެލެވޭ ކަމަށެވެ.

މި ބޯޑު އެކުލަވައިލީ ވެސް 99 ޕަސަންޓް އެމެރިކާގެ މީހުންނާއި އެކުގައެވެ

ދުނިޔޭގައި ޞުލްޙަ ޤައިމް ކުރުމަށް އޮތް އދ އަށް ޣައްޒާ ހަނގުރާމަ އާއި ސޫދާންގެ ދާޚިލީ ހަނގުރާމަ އާއި ޔުކްރޭނު ހަނގުރާމަ ނުހުއްޓުވުނެވެ. އ.ދ. އިން ވަނީ އެކަމުގައި ފެއިލް ވެފައެވެ.

އަނެއްކޮޅުން އ.ދ. ގެ ގުނަންތަކުން އަންގާ އެންގުންތަކަށް ބާރުގަދަ ޤައުމުތަކުގެ ވެރީން ޢަމަލެއް ވެސް ނުކުރެއެވެ. ބައިނަލްއަޤްވާމީ ކޯޓުގެ އަމުރަކަށް ތަބާ އެއް ނުވެއެވެ. ނަތަންޔާހޫ ހައްޔަރުކުރަން ކުރި އަމުރަށް އެމެރިކާ އިން ހަޖޫ ޖެހީއެވެ. އެއަށްފަހު ދެން މި ފެނުނީ ޕީސް ބޯޑަށް ނަތަންޔާހޫ ވެސް ވެއްދި ތަނެވެ.

މި ބޯޑާއި ގުޅުމަށް 60 ޤައުމަކަށް އެމެރިކާ އިން ވަނީ ދަޢުވަތު ދީފައެވެ. އޭގެތެރޭގައި އިޒްރޭލް، ޔުނައިޓެޑް އަރަބް އެމިރޭޓްސް، އަޒަރުބައިޖާން، އާޖެންޓީނާ، ހަންގޭރީ، މޮރޮކޯ، ކަޒަކިސްތާން، ތުރްކިޔޭ، ރަޝިޔާ އަދި ޗައިނާ އާއި ފްރާން ވެސް ހިމެނެއެވެ.

އދ. ފަދައިން މި ބޯޑަށް ވެސް ދާއިމީ މެމްބަރުންގެ ތެރެއިން ހޮވާލެވޭ މެމްބަރުން ވެސް ހިމެނޭނެއެވެ.

މި އާ ޕްލެޓްފޯމް މެދުވެރިކޮށް ބޮޑެތި ބާރުތަކުން ކޯޅުންތައް ހައްލުކުރަން ފަށައިފިނަމަ، ރަސްމީކޮށް އދ ގެ ބޭނުން ގާތްގަނޑަކަށް ކެނޑުނީއެވެ. މިއީ ކުދި ދައުލަތްތަކުގެ ނުފޫޒު ކުޑަވެ، ދުނިޔޭގެ
ނިންމުންތައް ނިންމުމުގައި އެމެރިކާ އިސްވެ އޮވެ ބާރުގަދަ ޤައުމުތަކުގެ ކްލަބަކަށް ބަދަލުވެދާނެ ކަމެކެވެ.

ޔޫރަޕިއަން ޔޫނިއަނުން ފްރާންސް ހިމެނޭހެން ޤައުމުގަކުން ވަނީ މިހާރު ވެސް ވަނީ މި ބޯޑާއި މެދު ޝައްކު އުފައްދާފައެވެ. މިއީ މިހާރު އޮތް ބައިނަލްއަޤްވާމީ ނިޒާމަށް ގޮންޖެހުންތަކެއް ކުރިމަތިވުމުގެ ނުރައްކާ އޮތް ކަމެއް ކަމަށް އެ ފަރާތްތަކުން ވަނީ ބުނެފަ އެވެ.

މެލޭޝިއާގެ ވިފަޔާރިތަކަށް ރާއްޖޭގެ ތަރައްގީގައި ބައިވެރިވުމުގެ ދައުވަތު

8 މިލިއަން ރުފިޔާ ދައުރުކުރި ބިދޭސީ މީހާގެ ޝަރީއަތް ހިންގަން ޕީޖީއަށް ފޮނުވައިފި

ފުލުހުންގެ މުއައްސަސާ ވަގުތީގޮތުން ހިންގުން ނަވީނަށް

Continue Reading

Previous: އެތެއް އައިސް މީހުން މަރާއިރު ގެރިކަލާނގެއަށް އެތް ކޮންޓުރޯލް ނުވުމުން އިންޑިއާ މީހުން ރުޅި ގަދަވެއްޖެ
Next: މުސްލިމު ޤައުމަކަށް “ބޯޑް އޮފް ޕީސް”ގެ ހިންގާ ކޮމެޓީން ފުރުޞަތު ނުދޭން ނިންމައި، އެމެރިކާގެ ފައިދަށަށް ދުނިޔެ ލާން މަސައްކަތް ފަށަނީ

Related Stories

439866_3_9d09d82fd5e55170cf752389b9586598fd99a499 (1)
  • ޚަބަރު

ރައްޔިތުންގެ ވިންދާއި އެއްގޮތަށް އިސްތިއުފާ ދެއްވި 10 ވަޒީރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ޝުކުރު

admin April 14, 2026
26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
FAF06A0B-AD1B-4D65-AD4E-089BE99C6443
  • ޚަބަރު

ބިތުފަންގި ސާވޭ: ދެއިންތިޚާބު އެއްކޮށްލުމާއި މެޖޯރިޓީ ދެކޮޅު (ސާވޭގެ ނަތީޖާގެ ފުރަތަމަ 6 ގަޑިއިރު)

admin February 25, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.