Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ޣައްޒާ ބަނޑަށްޖެހި އެންމެން ހަފުސްވާއިރު، ހަތިޔާރުގެ ގޮތުން ބާރުގަދަ އަރަބިން ކޮބާ؟
  • ކޮލަމް
  • ޚަބަރު

ޣައްޒާ ބަނޑަށްޖެހި އެންމެން ހަފުސްވާއިރު، ހަތިޔާރުގެ ގޮތުން ބާރުގަދަ އަރަބިން ކޮބާ؟

އަލްއުސްތާޛް ޢަލީ އާދަމް April 26, 2025
IMG_4900

فلسطين ގައި އިޒްރޭލާއި އެމެރިކާ އާއި އިނގިރޭސިވިލާތާއި ،ޖށރުމަނީ އާއި ހަންގޭރީ އާއި ފްރާންސުން ފާޅުގައި ހަތިޔާރު ދީގެން ފަލަސްޠީނުގެ ބިންތައް ފޭރުމަށް ހިންގާ ޤަތުލު ޢާއްމު ފަދަ ހާލަތަކަށް އެއްވެސް މުސްލިމު ޤައުމެއްގެ ހާލަތު ގޮސްފިނަމަ ޖިހާދު ވާޖިބު ނުވާންވީ އެއްވެސް ސަބަބެއް ، ނޯންނާނެއެވެ . އެހެން ނަމަ ވެސް ޖިހާދަށް ދިޔުމަށް ނިކުންނަންވާނީ ، ޙާކިމު ޤައުމުގެ ވެރިމީހާ ހުއްދަ ދިނުމުންނެވެ.

ޖިހާދަށް ދިޔުމުގެ ކުރިން މައިންބަފައިންގެ ހުއްދަ ހޯދަންޖެހޭނެއެވެ. މައިންބަފައިންނާއި އަނބި ދަރިން ބަލާނެ މީހަކު ނެތި އެފަދަ ހާލަތެއްގައި ވެސް ޖިހާދަށް ގޮސް ގެން ނުވާނެއެވެ. ކޮންމެ މީހަކަށް ވެސް އެމީހެއް ފުރާނަ އާއި މުދަލާއި ޢަބުރު ރައްކާތެރި ކުރުމުގެ ޙައްޤު އިސްލާމް ދީނުގައި ލިބިދެއެވެ.

ޤާނޫނީ ގޮތުންނާއި ޝަރްޢީ ގޮތުން މައިންބަފައިންނާއި އަނބި ދަރިންނަކީ ވެސް ތިމާ އެވެ. ތިމާ ބަލަހައްޓަންޖެހޭ މީހުންގެ ޙައްޤުތަކާއި އެމީހުންގެ ފުރާނަ އާއި މުދަލާއި ޢަބުރު ރައްކާތެރި ކުރުމު ގެ ޒިންމާ ހަނދާނުން ކެހިގެން ދިޔަދީގެން ނުވާނެއެވެ.

އިޒްރޭލުން ފަލަސްޠީނުގެ ބިންތަކާއި މުސްލިމުންގެ މުޤައްދަސް ތަންތައް ފަނާކުރަމުން އަންނައިރު ، ފަލަސްޠީނާއި އެއްބޯޑަރު ހިއްސާކުރާ ޢަރަބި ޤައުމުތަކުން ބޯޑަރުތައް ، ބަންދުކޮށްގެން އިޒްރޭލާއި އެމެރިކާއަށް އެއްބާރުން ދޭން ނުތިބެ ، ޢާއްމު ރައްޔިތުންގެ އިހްސާސްތަކަށް އިޚްތިރާމުކޮށް ރައްޔިތުންގެ އާދޭސްތައް ޤަބޫލުކޮށް ދޮރުތައް ހުޅުވާލައި އަނިޔާ ލިބެމުންދާ ފަލަސްޠީނުގެ މުސްލިމުންގެ ފުރާނަ ސަލާމަތްކުރުމަށް ހުރިހާ މާނައެއް ގައި އެހީތެރިވެދިނުމަކީ ދީނީ އަދި ޤައުމީ ވާޖިބެއްކަމަށް ދެކެންޖެހެއެވެ ،

އެމެރިކާ އާއި އިނގިރޭސިވިލާތާއި ޖަރުމަނާއި ، ހަންގޭރީ އާއި އޮސްޓްރޭލިޔާ އާއި ފްރާންސް ފަދަ އިސްތިޢުމާރީ ދައުލަތްތަކުން ފާޅުގައި ، މުސްލިމުން މެރުމަށް އިޒްރޭލަށް ހަތިޔާރު ފޯރު ކޮށްދެމުން އަންނަ އިރުގައި ، ހަތިޔާރުގެ ގޮތުން ބާރުގަދަ އިސްލާމީ ޤައުމުތަކުން މިފަދަ ޖަރީމާތައް ބަލަން މަޑުކުރަނީ އެއްވެސް ވެރިއެއްގެ ކިބާގައި ޣީރަތްތެރިކަމެއް ލަދުވެތިކަމެއް އިޙްސާސެއް އީމާންތެރިކަމެއް ނެތީމާ ހެއްޔެވެ ؟ ނުވަތަ މިއީ ، އެ ވެރިންގެ އަޞްލު ޙަޤީޤަތް ޢާއްމު ރައްޔިތުންނަށް ފާޅުވުމަށް ﷲ މެދުވެރި ކުރައްވާ އިމްތިހާނެއް ބާވައެވެ؟

ބައެއް ޢަރަބި ޤައުމުތަކުގެ ޢާއްމު ރައްޔިތުން ކެކިއަރާއިރު ، ޢަރަބި ޤައުމުތަކުގެ ވެރިންނަށް ހިރުވާވެސް ނުލާކަހަލައެވެ، !؟ އިޒްރޭލުގެ ޖަރީމާތައް ކުށްވެރިކުރުމަށް ކުށްލި ޖަލްސާތައް ބާއްވާ ކުށްލި ޤަރާރުތައް ނެރޭތާ ވެސް ޤަރުނެއް ވަނީ އެވެ ، އިތުރުކަމެއް ކުރާތަނެއް ނުފެނެއެވެ، ބޮޑެތި ޖާފަތްތަކާއިއެކު ޖަލްސާތަކާއި ކޮންފަރެންސްތައް ބާއްވައިގެން ، އެކަމަށް ކުރާ ޚަރަދުތަކާއި ގާތްކުރާ ނަތީޖާ އެއްވެސް ނުނެރެވެއެވެ ، ހަމައެކަނި ޖަރީމާތައް ކުށްވެރި ކުރުމަށް ޤަރާރެއް ނެރުމަށް އެވަރު ބޮޑެތި ޚަރަދު ކުރުން އިޝްރާފަކަށް ނުވާނެ ހެއްޔެވެ؟

މިއީ ލަދުގަންނަންޖެހޭ ވަރު ކަމެކެވެ ، ފަލަސްޠީނުގެ މައްސަލާގައި ދުނިޔޭގެ ޤައުމުތަކާއި އދ. އާއި އިންސާނީ ޙައްޤުތަކާއި ބެހޭ އިދާރާތަކާއި އީ.ޔޫ . އާއި ކޮމަންވެލްތު ފަދަ އިދާރާތަކުން ޢަމަލުކުރަމުން ގެންދާ ގޮތުން މުސްލިމުންނަށް އޮތް ފިލާވަލަކީ ، މުސްލިމުންގެ ޙައްޤުތައް ހިމާޔަތްކުރާނެ ޤައުމެއް އިދާރާއެއް ނެތެވެ، މުސްލިމުން އަމިއްލައަށް މުސްލިމުން ގެ މަޞްލަޙަތުތައް ހިމާޔަތްކުރާށެވެ .

މުސްލިމުންނަށް ލިބެންވާވަރު ލިބެން އޮތީ އަދި މުސްލިމުންގެ ފުރާނަ އާއި މުސްލިމުންގެ މުދަލާއި ޢަބުރު ރައްކާތެރި ކުރެވެން ވެސް އޮތީ ، ﷲގެ ވަޙީ އާއި ރަސޫލާ محمد صلى اللّه عليه وسلّم ގެ ރިސާލަތުގައި ހިފުމުންކަމެވެ، އެކަތިގަނޑެއް ގޮތުގައި ﷲގެ ދީނުގައި ހިފަހައްޓައިގެން ތިބެ އިސްލާމީ މުޅި އުއްމަތް އެކުގައި ، މަސައްކަތްކޮށްގެން އެހީތެރިވެގެންކަމެވެ ،
އެހެން ނޫނީ މުސްލިމުން ވާނީ އިޙްސާސް ކެނޑިފައިވާ ޟަމީރު މަރުވެފައިވާ މުސްލިމުންގެ ނަމުގައި ތިބި ދީނަށް ހަޒޫޖަހާ ބަޔަކަށެވެ. ފުރައްސާރަ ކުރާ ބަޔަކަށެވެ ، މިވަގުތު މުސްލިމުންނަށް ދިމާވެފައިވާ ހާލަތަކީ ، ހިމާރެއް ފަދައިން ހަޅޭލަވައި އަޑުގަދަކުރަން ތިބެންޖެހޭ ހާލަތަށްވުރެ ނުރައްކާތެރި ހާލަތެއްކަން ދަންނަން ޖެހޭ ނޫންހެއްޔެވެ .

ސިއްރުން އެތެރެކުރަނިކޮށް އަތުލައިގަތީ 130,155 ސިނގިރޭޓު

އިންޑިއާގައި ފުލައިޓެއް ވެއްޓި އޭގައި ތިބި އެންމެން މަރުވެއްޖެ

އެމެެރިކާ އަށް އިތުބާރު ނުކުރަން މިފަހަރު ގޮވައިލީ ސީދާ އެމެރިކާއިން

Continue Reading

Previous: ހަރަމްފުޅުގެ އިމާމް އައްދައުސަރީ ރާއްޖެ ގެންނަނީ
Next: ކޮންމެ އަންހެން ކުއްޖަކަށްވެސް ފެންވަރު ރަނގަޅު ތަޢުލީމާއި ޑިޖިޓަލް ހުނަރު ލިބޭނެ މާޙައުލެއް ޤާއިމުކުރުން މުހިންމު:ރައީސް މުޢިއްޒު

Related Stories

439866_3_9d09d82fd5e55170cf752389b9586598fd99a499 (1)
  • ޚަބަރު

ރައްޔިތުންގެ ވިންދާއި އެއްގޮތަށް އިސްތިއުފާ ދެއްވި 10 ވަޒީރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ޝުކުރު

admin April 14, 2026
26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
FAF06A0B-AD1B-4D65-AD4E-089BE99C6443
  • ޚަބަރު

ބިތުފަންގި ސާވޭ: ދެއިންތިޚާބު އެއްކޮށްލުމާއި މެޖޯރިޓީ ދެކޮޅު (ސާވޭގެ ނަތީޖާގެ ފުރަތަމަ 6 ގަޑިއިރު)

admin February 25, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.