އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި “ބޯޑް އޮފް ޕީސް” އާ ގުޅުން ހުރި ޑޮކިއުމެންޓްތަކެއް ލީކުވެއްޖެއެވެ.
ބިތުފަންގި ޑޮޓް ކޮމް އިން ބުނީ ލީކު ވެގެން އުޅޭ ޑްރާފްޓް ލިޔެކިޔުންތަކުން ޣައްޒާގެ ކުރިއަށް އޮތް ވެރިކަމާއި މެދު ބޮޑެތި ސުވާލުތަކެއް އުފެދިފައިވާ ކަމަށެވެ.
މެދުއިެުމަތީގައި މަސައްކަތްކުރާ ބިތުފަންގި ރިޕޯޓަރު ވިދާޅުވީ ތުރްކީ އާއި މިޞްރުން މަސައްކަތް ކުރަނީ ޣައްޒާގެ ވެރިކަން ފަލަސްޠީނަށް ދާއިމީ ކޮށް ދިނުމަށް ކަމަށެވެ. ނަމަވެސް މިއީ އެމެރިކާ އާއި އިސްރާއީލު ދެކޮޅު ހަދާ ކަމެކެވެ. އެހެންވެ އެމެރިކާ އިން މަސައްކަތް ކުރަނީ ތުރުކީ އާއި މިސްރު ވެސް އެމެރިކާގެ ދަށުން ޣައްޒާ ހިންގުމުގައި ބައިވެރި ކުރުވުމަށެވެ. މިކަމުގައި އެމެރިކާ އިން ވަނީ މިޞްރާއި ތުރްކިޔޭގެ ރައީސްގެ އަރިހުމް 1 ބިލިއަން ޑޮލަރު ދިނުމަށް އެދިފައި ކަމަށް މައުލޫމާތު ލިބޭ ކަމަށް ބިތުފަންގި މެދުއިރުމަތީގެ ރިޕޯޓަރު ވިދާޅުވިއެވެ
