Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ބޭރުގެ ނުފޫޒުގެ ސަބަބުން ގައުމީ ޚަޒާނާ ގެއްލި މިނިވަންކަން ގެއްލުމުގެ ބިރު އެބައޮތް – ޝާޒް ވަލީދު
  • ލައިފްސްޓައިލް
  • ޚަބަރު

ބޭރުގެ ނުފޫޒުގެ ސަބަބުން ގައުމީ ޚަޒާނާ ގެއްލި މިނިވަންކަން ގެއްލުމުގެ ބިރު އެބައޮތް – ޝާޒް ވަލީދު

admin January 26, 2026
A95D23B6-4A7A-4051-83AF-4944FEBC9BE2

ޗާގޯސް އާއި އަޅައިގަނެގެން އެއިން ނުނެއްޓިގެން ތިއްބާ ރާއްޖޭގެ އަގުބޮޑު ޚަޒާނާ ގެއްލި، ޤައުމު
އަޅުވެތިކަމަށް ހިނގައިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ބުނެ، ރާއްޖޭގެ ޓޫރިޒަމް ސިނާޢަތުގައި ޙަރަކާތްތެރިވާ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ރިސޯޓްލައިފްގެ ވެރިޔާ ޝާޒް ވަލީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މަދުރަސީ ދައުރުގައި ދިވެހި ބަހުން ކިޔަވައި ނުދޭންވީ ސަބަބެއް ނެތެވެ. ތިމާ އުފަންވީ ފިރިހެނެއްގެ ގޮތުގައި ވިޔަސް، ތިމާ އަންހެނަކަށް ތިމާގެ ގުނަވަންތައް ބަދަލުކުރެވިދާނެއެވެ. އެކަމަކު އެއީ އަސްލެއް ނޫނެވެ: ޝާޒް ވަލީދު

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައާއި ޕޮލިސީ މޭކަރުން ވެސް ތިއްބަވާ ވަޓްސްއެޕް ގުރޫޕެއްގައި ވަލީދު ވިދާޅުވީ ގައުމު ޗާގޯސްގެ މައްސަލައިން ނުނެއްޓި އޮތްއިރު، ސްކޫލްތަކާއި އާންމު ދިރިއުޅުމުގައި ދިވެހި ބަސް ހިމާ
ޔަތްކޮށް ހަރުދަނާ ކުރުމަށް ދޭ ސަމާލުކަން ވަރަށް ބޮޑަށް ކުޑަ ކަމަށެވެ. ދިވެހި ބަހަކީ ގައުމީ އައިޑެންޓިޓީގެ ބިންގާ ކަމަށާއި، ބަހެއް ގެއްލިއްޖެ ނަމަ އައިޑެންޓިޓީ އާއި އިސްތިގުލާލު ވެސް ނެތިގެންދާނެ ކަމަށް ޝާޒް ވިދާޅުވިއެވެ.

“އަޅުގަނޑުމެންނަކީ ދިވެހިން ކަމަށް ވެފައި، ދިވެހި ރާއްޖޭގެ އެންމެ މައިގަނޑު އިޤްތިޞާދީ މަސައްކަތަކީ ފަތުރުވެރިކަން ކަމަށް ވާއިރު، ރާއްޖެ ފިޔަވައި އެހެން ހުރިހާ ޤައުމުތަކުން ބަލަނީ އެބައެއްގެ ބަހުރުވަ އާއި ޘަޤާފަތާއި އެ ޤައުމެއްްގެ ރައްޔިތުންގެ ދިރިއުޅުމުގެ ވަށްޓަފާޅި ޙިމާޔަތް ކޮށް އެއީ ޖީލު ތަކަށް ހަރުމުދަލެއްގެ ގޮތުގައި ފޯރު ކޮށްދިނުމަށެވެ. ޤައުމާއި މެދު ވިސްނާލާށެވެ. ޗާގޯސް ގައި ތާށިވެ ތިބެ ލިބޭނެ ހަމަ އެކައްޗެއްވެސް ނެތެވެ. ފުރަތަމަ ގެއްލި ދާނީ ދިވެހި ބަހެއެވެ. ދެން ދިވެހި ވަންތަ ކަމެވެ. ދެން ދިވެހި ޤައުމެވެ”. ޝާޒް ވަލީދު ލިޔުއްވާފައި ވެއެވެ.


ޤައުމީ މައްސަލަ ތަކުގައި ޕޮލިސީ މޭކަރުންނާއި އެކު އަބަދުވެސް ބަހުސް ކުރައްވާ އަދި ވަކިން ޚާއްޞަކޮށް ކޮރަޕްޝަނާއި ފާޅުގައި ދެކޮޅު ހައްދަވާ ޝާޒް ވިދާޅުވީ ދިވެހި ބަހުގެ ބަދަލުގައި ބޭރު ބަސްތަކާއި ލަފުޒުތައް ރާއްޖޭގައި އިތުރުވަމުންދާ ކަމީ ނުހަނު ކަންބޮޑުވާން ޖެހޭ މައްސަލައެއް ކަމަށާއި ރާއްޖޭގެ ޒުވާން ޖީލުތައް މިހާރު ބޮޑުވަމުން އަންނަނީ އަމިއްލަ މާދަރީ ބަހުން ރަނގަޅަށް ވާހަކަ ދައްކަން ނުވަތަ ލިޔަން ވެސް ނުކުޅެދިގެން ކަމަށާއި، މިއީ ޤައުމުގެ މުސްތަޤްބަލަށް ނުރައްކާތެރި ކަމެއް ކަމަށެވެ.
ޝާޒް ފާހަގަކުރެއްވި ގޮތުގައި ދުނިޔޭގެ ގިނަ ގައުމުތަކުން އެގައުމުތަކުގެ ބަހުރުވަ ތަކާއި ޘަޤާފީ ތަރިކަތައް ރައްކާތެރި ކުރެއެވެ. ނަމަވެސް ރާއްޖެއިން އެ މަންޒަރު އެކަށީގެންވާ މިންވަރަށް ނުފެންނަ ކަން ފާހަގަ ކުރައްވަމުން ވި
ދާވެ.
ޝާޒް މިހެން ވިދާޅުވެފައި ވަނީ ތަޢުލީމީ ދާއިރާގައި ބަހާއި މެދު ފުޅާ ދާއިރާއެއްގައި ބަހުސް ކުރެވެމުންދާ ދަނޑިވަޅެއްގަ އެވެ. އިސްލާމިކް މިނިސްޓަރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މި ފަހުން ވަނީ އިސްލާމް މާއްދާ އިނގިރޭސި ބަހުން ކިޔަވައިދިނުމާއި މެދު އޭނާގެ ޚިޔާލު ފާޅުކުރައްވައި، އިނގިރޭސި ބަހުން އިސްލާމް މާއްދާ ކިޔަވައިދިނުމަކީ މައްސަލަ އެއް ނޫން ކަމަށް ވިދާޅުވެފައެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ދިވެހި ބަސް އެންމެ ބޭނުންވާ މިންވަރަށް ކުރިއަރުވަން ބޭނުން ނަމަ ތައުލީމީ ނިޒާމް އެއްކޮށް ދިވެހި ބަހަށް ބަދަލުކުރަން ޖެހޭ ކަމަށް…


އިސްލާމިކް މިނިސްޓަރު އެގޮތަށް ވިދާޅުވުމުން ވަރަށް ގިނަ ބަޔަކު ދަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިކަމާއި ގުޅިގެން ރައީސް އޮފީހުގެ އިސް ވެރިޔަކާއި ޙަވާލާދެއްވައި ކުރީގެ އިސް ފަނޑިޔާރަކު ބިތުފަންގި އަށް ވިދާޅުވީ ދީނީ ޢިލްމު ކިޔަވައިދޭން ޖެހޭނީ އިނގިރޭސި ބަހުން ކަމަށް ޑރ. ޝަހީމް ވިދާޅުވި ވިދާޅުވުމަކީ ޝަހީމްގެ އަމިއްލަ ވިސްނުން ކަމަށާއި، އެއީ ސަރުކާރުގެ ވިސްނުމެއް ނޫނެވެ.
ޝާޒް ފާހަގަކުރެއްވި ގޮތުގައި ދިވެހި ބަސް ޙިމާޔަތް ކުރުމަކީ ހަމައެކަނި ޘަޤާފީ ކަމެއް ނޫނެވެ. އެއީ އައިޑެންޓިޓީ އާއި ތަރިކައާއި އަންނަން އޮތް ޖީލުތައް ރައްކާތެރިކުރުމަށް ކޮންމެހެން ކުރަންޖެހޭ ގައުމީ ޒިންމާއެކެވެ.

އިސްލާމުން ފާސްވާ ކުދިންގެ މިންވަރު ދަށަށް ދާކަން އެންމެ ބޮޑަށް ފާހަގަވީ 2010 ގައެވެ. އެފަހަރު އެޑިއުކޭޝަނުން އާއްމުކުރި މަޢުލޫމާތުން އެނގޭ ގޮތުގައި 2010ގެ އޯލެވެލް ނަތީޖާއަށް ބަލާއިރު އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ 50 ޕަސެންޓް ވެސް އިސްލާމުން ފާހެއްނުވެ އެވެ.

މި މައްސަލަ ހައްލު ކުރުމުގައި އޮތް ގޮތަކީ އިސްލާމް މާއްދާ އިނގިރޭސި ބަހުން ކިޔަވައިދިނުމެއް ނޫނެވެ. އިސްލާމް މާއްދާގައި ޤުރުއާންގެ އާޔަތްތައް ލިޔެފައިވާއިރު އިނގިރޭސި ބަހުން ލިޔެފައިވާ ނަމަ މިހާރުގެ ކުދިންނަށް މަޚްރަޖުން އަކުރުތައް ކިޔަން އުނދަގޫ ވެދާނެ ކަމަށް ބައެއް ޢިލްމުވެރިން ބުނެއެވެ، އެހެންކަމުން ހުރިހާ ނަޒަރަކުން ބަލާއިރުގައި ވެސް މާދަރި ބަސް ކުރިއެރުވުން ވަރަށް މުހިއްމެވެ. އެހެން ނޫން ނަމަ އާޚިރުގައި ގެއްލިގެންދާނީ ޝާޒް ވަލީދު ވިދާޅުވި ފަދައިން ޤައުމުގެ މިނިވަންކަމެވެ.

ގަރލްގައިޑް - ޒިންމާދާރުވުމާއި ކުލުނުވެރިކަމުގެ މަދަރުސާއެއް: މެޑަމް ސާޖިދާ

20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭނުގައި ބައިވެރިވޭ

Continue Reading

Previous: ދެން އޮތީ ގިރާވަރު ފަޅު ހިއްކުން: ރައީސް
Next: ކުއްލި ޚަބަރު: ނޯވޭ، ޑެންމާކް، ސްޕެއިނުން ޔަނޫދީންނާއި ސިޔާސީ ގުޅުން ކަނޑާލަން ނިންމައިފި

Related Stories

439866_3_9d09d82fd5e55170cf752389b9586598fd99a499 (1)
  • ޚަބަރު

ރައްޔިތުންގެ ވިންދާއި އެއްގޮތަށް އިސްތިއުފާ ދެއްވި 10 ވަޒީރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ޝުކުރު

admin April 14, 2026
26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
FAF06A0B-AD1B-4D65-AD4E-089BE99C6443
  • ޚަބަރު

ބިތުފަންގި ސާވޭ: ދެއިންތިޚާބު އެއްކޮށްލުމާއި މެޖޯރިޓީ ދެކޮޅު (ސާވޭގެ ނަތީޖާގެ ފުރަތަމަ 6 ގަޑިއިރު)

admin February 25, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.