“ބޯޑް އޮފް ޕީސް” ގެ ދާއިމީ ގޮނޑިއެއް ހޯދުމަށް ބޭނުންވާ ނަމަ 1 ބިލިއަން ޑޮލަރު ދެއްކުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެދިވަޑައިގެންފިއެވެ.
ޣައްޒާގެ ހަނގުރާމަ ނިންމައި ޣައްޒާގެ މުސްލިމުންގެ މަސްލަޙަތު ޙިމާޔަތްކޮށް ޣައްޒާ އާރާސްތު ކުރާނެ ބޯޑެއް ޤާއިމް ކުރުމަށް ކަމަށް ބުނެ ޓްރަމްޕް ގެންދަނީ މަސައްކަތް ކުރައްވަމުންނެވެ.
މި ބޯޑުގެ ޗެއާމަންގެ މަގާމު އަދާކުރައްވާނީ ޓްރަމްޕް ކަމަށް އޭނާ ވިދާޅުވެފައި ވާއިރު، ބޯޑުގައި ބައިވެރިވުމަށް ތުރްކީގެ ރައީސް އެރްދޮޣާން އާއި މިޝްރުގެ ރައީސް ސީސީ އަށް ވަނީ ދަޢުވަތު އަރުވާފައެވެ.
ލީކުވެފައިވާ މަޢުލޫމާތުތަކަށް ޣައްޒާ ޕީސް ބޯޑުގެ ދާއިމީ މެންބަރުކަން ލިބޭނީ އެމެރިކާ އަށް 1 ބިލިއަން ޑޮލަރު ދިނުމުންނެވެ. 1 ބިލިއަން ށޮލަރު އެމެރިކާ އަށް ނުދޭ ޤައުމުތަކަށް ބޯޑުގައި ތިބެވޭނީ 3 އަހަރު ވަންދެންނެވެ.
