Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ވިސާ މައްސަލައިގައި ބެންކޮކުން މަޝްހޫރު ދިވެއްސަކު އުފުރާލައިފި
  • ކުޅިވަރު
  • ޚަބަރު

ވިސާ މައްސަލައިގައި ބެންކޮކުން މަޝްހޫރު ދިވެއްސަކު އުފުރާލައިފި

admin January 30, 2026
D9AFF373-B457-41CB-BFF4-5A4961CA3CC0

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ބައިނަލްއަގުވާމީ ފުޓްބޯޅަ އިދާރާ (ފީފާ) އިން ފޮނުވި ފައިސާއަށް ހިޔާނާތްތެރިވި މައްސަލައިގައި ދައުވާ އުފުލާފައިވާ ގއ. ގެމަނަފުށި، ފެހިކުރި، މުހައްމަދު އަގީލް ތައިލޭންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފި އެވެ.


އެގިފައިވާ ގޮތުގައި އަގީލް ތައިލޭންޑުން ހިފަހައްޓާފައިވަނީ ވިސާގެ ގަވާއިދުތަކާ ހިލާފުވެގެންނެވެ. އޭނާ ހައްޔަރުކުރި ތާރީހެއް ސީދާ ފުލުހުން ހާމަކޮށްފައި ނުވި ނަމަވެސް، އޭނާއަކީ އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައިވާ މީހަކަށް ވާތީ، ތައިލޭންޑުގެ ކަމާބެހޭ އިދާރާތަކުން ވަނީ އެކަން ދިވެހި ފުލުހުންނަށް އަންގާފަ އެވެ. އަގީލް އަނބުރާ ރާއްޖެ ގެނައުމަށްޓަކައި ކުރަންޖެހޭ ގާނޫނީ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.


އަގީލްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ފީފާއިން އެފްއޭއެމަށް ފޮނުވި ފައިސާ ލޯންޑާކޮށްދިނުމުގައި އެހީތެރިވެދިން ކަމުގެ ދައުވާ އެވެ. މިގޮތުން އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، އަމިން އެވެނިއުއިން އެޕާޓްމަންޓް ހޯދުމަށާއި މަނީ ލޯންޑާކުރުމަށް އަގީލް އެހީތެރިވެދީފައިވާ ކަމަށް ތުހުމަތު ކުރެވެ އެވެ. މި މައްސަލައިގެ ޝަރީއަތަށް އަގީލް ހާޒިރުނުވުމުގެ ސަބަބުން މީގެ ކުރިން ބޭއްވުމަށް ތާވަލުކުރި ގިނަ އަޑުއެހުންތަކެއް ވަނީ ކެންސަލްކުރަން ޖެހިފަ އެވެ.


އެފްއޭއެމްގެ ހިޔާނާތުގެ މި ބޮޑު މައްސަލައިގައި ބައްސާމް އަދީލް ޖަލީލްގެ މައްޗަށް މިހާތަނަށް ތަފާތު ތިން މައްސަލައެއްގައި ޖުމްލަ 32 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ހަތަރު އަހަރުގެ ހުކުމަކާއި، ފަސް އަހަރުގެ ހުކުމެއްގެ އިތުރުން 23 އަހަރުގެ ޖަލު ހުކުމެކެވެ. މީގެ ތެރެއިން ހަތަރު އަހަރާއި ފަސް އަހަރުގެ ހުކުމް ބައްސާމްގެ ފަރާތުން މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ.


މި މައްސަލައަކީ ދިވެހި ފުޓްބޯޅައިގެ މައި އިދާރާގެ ތެރޭގައި ހިނގާފައިވާ ކޮރަޕްޝަނާއި ހިޔާނާތުގެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކުރެވި، ކަމާބެހޭ އިދާރާތަކުން އަންނަނީ ވަރަށް ބޮޑަށް ތަހުގީގު ކުރަމުންނެވެ.

ގައުމީ ވޮލީ ލީގު: ޕޮލިހުން ލީގު ހޯދުމާއި ގާތަށް

އިންސާނީ ޙައްޤާއި ބެހޭ ރައީސަކަށް ރަމީލާ

ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކޮށްފައިވާ 698 ގޯތީގެ ގުރުއަތުލައިފި

Continue Reading

Previous: އީރާނު ސިފައިންނަކީ ޓެރަރިސްޓް ޖަމާޢަތެއްގެ ގޮތުގައި ކަނޑައަޅަން އީޔޫ އިން އެއްބަސްވެއްޖެ، އީރާނުން ބުނީ ހެވޭ!
Next: ސައުތު އެފްރިކާއިން ބޭރުވާން އިސްރާއީލް ސަފީރަށް އަންގައިފި

Related Stories

439866_3_9d09d82fd5e55170cf752389b9586598fd99a499 (1)
  • ޚަބަރު

ރައްޔިތުންގެ ވިންދާއި އެއްގޮތަށް އިސްތިއުފާ ދެއްވި 10 ވަޒީރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ޝުކުރު

admin April 14, 2026
26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
FAF06A0B-AD1B-4D65-AD4E-089BE99C6443
  • ޚަބަރު

ބިތުފަންގި ސާވޭ: ދެއިންތިޚާބު އެއްކޮށްލުމާއި މެޖޯރިޓީ ދެކޮޅު (ސާވޭގެ ނަތީޖާގެ ފުރަތަމަ 6 ގަޑިއިރު)

admin February 25, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.