ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ނެޓްވޯކުތައް ކަމަށް ބެލެވޭ ބައެއްގެ 10 ޓަނުގެ ކޮކެއިން ޝިޕްމެންޓެއް އަތުލައިގަނެފިއެވެ. ސްޕެއިންގެ ފުލުހުން މި ޝިޕްމެންޓު އަތުލައިގަތީ އާދީއްތަ ދުވަހު ކަނޑުމަތީގައި ޖެހި ރެއިޑެއްގައެވެ.
ބްރެޒިލް އިން ޔޫރަޕަށް ދަތުރުކުރަމުން ދަނިކޮށް ލޮނު ޝިޕްމަންޓެއްގައި ފޮރުވިފައިވާ 9994 ކިލޯ ކޮކެއިން ހުރި އުޅަނދަށް ފުލުހުން އަރައި އެ އުޅަނދުގައި ތިބި 13 ފަޅުވެރިން ވެސް މިހާރު ވަނީ ހައްޔަރު ކޮށްފައެވެ.
މެޑްރިޑް ފުލުހުން ބުނި ގޮތުގައި ކެނެރީ އައިލެންޑްސްގެ ހުޅަނގުން ގާތްގަނޑަކަށް 535 ކިލޯމީޓަރު ދުރުގައި އޮންނަ އެޓްލާންޓިކް ކަނޑުގައި ހިންގި މި އޮޕަރޭޝަނުގައި އަތުލައިގަތީ އޭޝިއާ އާއި ޔޫރަޕާއި އެފްރިކާ ވެސް ގުޅިފައިވާ ބައެއްގެ ޝިޕްމެންޓެއް ކަމަށް ބެލެވެއެވެ.
