Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ޗަމްޕާގެ ހުރިހާ ރިސޯޓެއްގެ މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދޭން ފަށައިފި
  • ވިޔަފާރި

ޗަމްޕާގެ ހުރިހާ ރިސޯޓެއްގެ މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދޭން ފަށައިފި

admin January 14, 2026
IMG_9348

ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްއިން ހިންގާ ހުރިހާ ރިސޯޓެއްގެ މުވައްޒަފުންނަށް މުސާރައާއި އިނާޔަތްތައް ޑޮލަރުން ދޭން ފަށައިފިއެވެ. 

ޗަމްޕާ ރިސޯޓްސްއަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި ފުޅާދާއިރާއެއްގައި ވިޔަފާރިކުރަމުން އަންނަ މަޝްހޫރު ވިޔަފާރިވެރިންކަމަށްވާ މުޙައްމަދު މޫސާ (އުއްޗު) އަދި ހުސައިން އަފީފްގެ ހިއްސާ އޮންނަ ކުންފުންޏެކެވެ. މި ކުންފުނީގައި މިވަގުތު 3000 އެއްހާ މުވައްޒަފުން ދަނީ މަސައްކަތް ކުރަމުންނެވެ. 

ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ މައްސަލަ ހައްލުވާނީ ވެރިކަމަށް އަންނަ މީހެއްގެ ދައުރުގެ މިހާރު މިއޮންނަ ފަސް އަހަރުގެ ބަދަލުގައި މުއްދަތު ދަމާލައިގެންކަމަށް މީގެ ކުރިން (ޗަމްޕާ) ވިދާޅުވިކަން ފާހަގަ ކުފެވެއެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި އެތައް އަހަރެއްގެ ގިނަ ދުވަހުގެ ތަޖުރިބާހުރި މި ކުންފުނީގައި ގިނަ އަދަދެއްގެ ދިވެހި މުވައްޒަފުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މީގެ ކުރިން މި ރިސޯޓުތަކުގައި މުސާރަ ދެމުން އައީ ދިވެހި ރުފިޔާއިންނެވެ. އަދި މީގެ ދެތިން މަހެއް ކުރިން އެކުންފުނީގެ ބައެއް ރިސޯޓުތަކުގައި ޑޮލަރުން މުސާރަ ދޭން ފަށާފައިވީ ނަމަވެސް، މި ހިނގާ މަހުން ފެށިގެން އެކުންފުނީގެ ދަށުން ހިންގާ ހުރިހާ ރިސޯޓެއްގެ މުވައްޒަފުންނަށްވެސް މުސާރައާއި އިނާޔަތްތައް ދިނުމަށް ހަމަޖެހިފައިވަނީ ޑޮލަރުންނެވެ. 

މައުލޫމާތު ލިބިފައިވާގޮތުގައި މިއީ މުވައްޒަފުންގެ މާލީ ތަނަވަސްކަމަށާއި، ބާޒާރުގައި ޑޮލަރުގެ އަގަށް އަންނަ ބަދަލުތަކުން މުވައްޒަފުންނަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމުގެ މަގުސަދުގައި ޗަމްޕާ ރިސޯޓްސްއިން މި ނިންމި ނިންމުމެކެވެ. މީގެ އިތުރުން، ޚާއްޞަކޮށް ޑޮލަރުގެ ރޭޓަށް އަންނަ ބަދަލުތަކުގެ ސަބަބުން މުވައްޒަފުންނަށް ދިމާވާ ދަތިތަކަށް މިކަމުގެ ސަބަބުން ލުޔެއް ލިބިގެންދާނެކަމަށް އެކުންފުނިން ފާހަގަކުރެއެވެ. 

ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ދަށުން ޖުމްލަ 11 ރިސޯޓެއް ރާއްޖޭގައި އަންނަނީ ހިންގަމުންނެވެ. އޭގެތެރޭގައި ހިމެނެނީ، މަތީ ފަންތީގެ ޚިދުމަތްދޭ، ކުޑަދޫ މޯލްޑިވްސް ޕްރައިވެޓް އައިލެންޑާއި، ހުރަވަޅި މޯލްޑިވްސްއާއި، ކަގީ މޯލްޑިވްސް ރިސޯޓް އެންޑް ސްޕާއާއި، ވެލިގަނޑު މޯލްޑިވްސް ރިސޯޓް އައިލޭންޑްގެ އިތުރުން އެންމެ ފަހުން ހުޅުވި ފަސްތަރީގެ ރިސޯޓުކަމުގައިވާ ނަލަ މޯލްޑިވްސް ހިމެނެއެވެ. މި ހުރިހާ ރިސޯޓެއްގައިވެސް މަސައްކަތްކުރާ 3000އެއްހާ މުވައްޒަފުންނަށްވެސް މިހާރު މި އުސޫލުން މުސާރަ ލިބިގެންދާނެއެވެ.

ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން، އާމްދަނީގެ ވަކި އިންސައްތައެއް މަރުކަޒީ ބޭންކް، އެމްއެމްއޭއަށް ޖަމާކުރަންޖެހޭހެން ގާނޫނު ތަސްދީގުކުރީ 2024ވަނަ އަހަރުގެ ޑިސެމްބަރުގައެވެ. މިިދިޔަ އަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން ގާނޫނަށް އަމަލުކުރަން ވަނީ ފަށައިފައެވެ.

މި ޤާނޫނުގެ ތަސްދީގުކުރެއްވުމުގެ މައިގަނޑު ބޭނުމަކަށް އޭރު ވީ ދިވެހިރާއްޖޭގައި ބޭރު ފައިސާއިން ކުރެވޭނެ މުޢާމަލާތްތައް ކަނޑައަޅައި، ބޭރު ފައިސާ އެތެރެކޮށް ބޭނުންކުރުމާއި ގެންގުޅުމާއި އަދި ޖަމާކޮށް މާރުކުރުމާއި ގުޅޭ އުސޫލުތައް ކަނޑައަޅައި ހިންގުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑެއް ކަނޑައަޅައި އެކުލަވާލުމެވެ. މި ޤާނޫނުގެ ދަށުން އިސްތިސްނާވާ މުޢާމަލާތްތައް ފިޔަވައި އެހެން ހުރިހާ މުޢާމަލާތްތައް ކުރަން ޖެހޭނީ ދިވެހި ރުފިޔާއިނެވެ. 

ރާއްޖޭގެ ގިނަ ރިސޯޓުތަކުން މުސާރައާއި ސާވިސް ޗާޖު ޑޮލަރުން ދެމުން އަންނައިރު، މި ގަވައިދަށް އަމަލުކުރަން ފެށުމަ ގުޅިގެން ބައެއް ފަރާތްތަކުން މީގެ ކުރިން ކަންބޮޑުވުން ފާޅުކުރިއެވެ. އެއީ މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުމަށް ދަތިވެދާނެތީއެވެ. ނަމަވެސް، އެ ގަވާއިދަށް އަމަލުކުރަން ފެށިތާ އަހަރެއް ވެފައިވާއިރު، ކްރައުން އެންޑް ޗަމްޕާ ފަދަ ބޮޑެތި ކުންފުނިތަކުން މުވައްޒަފުންނަށް ޑޮލަރުން މުސާރަދޭން ފެށުމަކީ ދާއިރާގެ މަސައްކަތްތެރިންނަށް ލިބުނު ބޮޑު އުންމީދެކެވެ.

ރާއްޖޭ ބަނގުރޫޓޫ ވާނެ ކަމަށް ފާއިތުވި ދެއަހަރު މާލީ އިދާރާތަކުން ބުނިއިރު، އެކަމެއް އެހެނެއް ނުވި!

ރާއްޖެ ޕްރޮމޯޓް ކުރުމަށް މެޑްރިޑްގައި ވޯކްޝޮޕެއް ފަށައިފި

މި މީހުން ދެން ފެންނާނީ ރިސޯޓް އޯނަރުންގެ ގޮތުގަ

Continue Reading

Previous: އީރާނުގެ ވެރިކަން ވައްޓަލުމަށް އެތެރެކޮށްފައިވާ އެމެރިކާގެ ހަތިޔާރުތައް އަތުލައިގެންފި
Next: 10 ޓަނު ކޮކެއިން އާއި އެކު ބޮޑު މާފިޔާ ނެޓްވޯކެއް އުފުރާލައިފި

Related Stories

26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
6D005774-EF96-4A5E-AEAD-C70D09AC9338
  • ވިޔަފާރި
  • ޚަބަރު

ބޭނުންކުރެވޭ ރިޒާވް 300 ބިލިއަން ޑޮލަރަށް އަރައިފި

admin February 21, 2026
04DDA77C-1405-49D6-A7BF-46D71A87A96C
  • ވިޔަފާރި
  • ޚަބަރު

ޤަބޫލު ކުރިޔަސްނުކުރިޔަސް، ކްރޫޒް ޝިޕްތަކަށް ޓޫރިޒަމް އާއި ގުޅުން ހުރި މުއައްސަސާތަކުގެ އިހުމާލު ބޮޑު

admin February 14, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.