ހައްދުފަހަނަ އަޅަފައިވާ ޒައެނިސްޓް އިސްރާއީލު ސަރުކާރާއި އެމެރިކާ އިން ގުޅިގެން ލުބުނާނަށް ބޮން އަޅަން ނިންމައިފި ކަމަށް ޖާސޫސީ މަސްދަރަކުން ބުނެފިއެވެ.
ނަތަންޔާހޫގެ އޯޑަރަށް އިސްރާއީލުގެ މަތިންދާބޯޓުތަކުން ލުބުނާނަށް ބޮން އަޅާއިރު ޓްރަމްޕުގެ ސަރުކާރުން ވަރަށް ފުރިހަމަޔަށް އެއްބާރުލުން ދީ، ޖާސޫސީ މައުލޫމާތުތައް އިސްރާއީލު ޑިފެންސް ފޯސް އަށް ފޯރުކޮށްދޭނެއެވެ.
މި މީހުންގެ ބޭނުމަކީ ލުބުނާނުގައި ހަރަކާތްތެރިވާ އީރާނުގެ މަދަދު ލިބޭ ޖަމާއަތްތައް ފުނޑާލުމެވެ. ޚާއްޞަކޮށް ހިޒްބުالله އެވެ.
މި ހަމަލާތައް ރާވަމުންދާއިރު އިސްރާއީލުން މިހާރު ވަނީ މި ދަނޑިވަޅުގައި އީރާނުން އިސްރާއީލަށް އެއްވެސް ޙަމަލާ އެއް ނުދިނުމަށް ތެހެރާނު ސަރުކާރަށް އަންގައިދިނުމަށް ރަޝިޔާގެ ރައީސް ޕޫޓިންގެ އަރިހުން އެދިފައެވެ.
”އެމީހުން (އިސްރާއީލު) މޮސްކޯ ސަރުކާރުގައި އެދިއްޖެ އީރާނަށް އަންގާށޭ ތިމަންނާމެންނަށް (އިސްރާއީލަށް) ހަމަލާ ނުދޭން. ހަމަލާ ދީފި ނަމަ އީރާނަށް ހޭ ހަދާލާނަމޭ ބުނީ. އެމެރިކާ އޮތީ މީގެ އަޑީގައި. މި އުޅެނީ ލުބުނާނުގައި އިސްރާއީލަށް އޮތް ތުރެޓް ނައްތާލަން” އެ މަސްދަރުން ބުންޏެވެ.
