އީރާނުން ޙަމލާ އެއް ދީފާނެތީވެ ބިރުން އިސްރާއީލުގެ ގިނަ ޢަދަދެއްގެ އާންމުން ބިރުން ބިންގަރާސްތަކަށް ވަދެ ފިލައިފިއެވެ. ރައްކާތެރިކަން ހޯދުމަށް ޔަހޫދީން ފިލާފައި ވަނީ އިޒުރޭލު ސަރުކާރުން އެ ޤައުމުގެ ވަށައިގެންވާ ޑިފެންސް ހަތިޔާރުތައް ޓެސްޓު ކުރަން ފެށުމާއި ގުޅިގެން، ހަނގުރާމަ ފެށެނީ ކަމަށް ހީވެގެންނެވެ.

އިސްރާއީލުގެ ހޯމް ފްރަންޓް ކޮމާންޑުން ދަނީ އީރާނުން ފޮނުވަފާނެ ބެލިސްޓިކް މިސައިލް ޙމަލާތަކުން ދިފާޢު ވުމަށްޓަކައި ބޮޑު ޑްރިލްއެއް ބާއްވަމުންނެވެ. އަޔަން ޑޯމް ޑިފެންސް ސިސްޓަމްތައް ވެސް ދަނީ ޓެސްޓު ކުރަމުންނެވެ.
އީރާނާއި އެމެރިކާބެ މައްސަލަ ހައްލު ކުރުމަށް އަންކާރާގައި މަތީ ފެންވަރުގެ ޑިޕްލޮމެޓިކް ބައްދަލުވުމެއް ބޭއްވުމަށް ދަނީ ތައްޔާރުވަމުންނެވެ.
