ރާއްޖޭގެ ސޯޝަލްމީޑިއާގައި އުޅުއްވާ ޒުވާން ޙަރަކާތްތެރިޔާ، ލުޖައިނުﷲ ޒުހައިރު، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޒުވާނުންގެ ގޮފީގެ މެންބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޔަން ކުރައްވައިފިއެވެ. މިކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގިނަ ޢަދަދެއްގެ މެންބަރުން ލުޖައިން އަށް ތަހުނިޔާ ކިޔަމުންދާއިރު، އެ ޕާޓީގެ ޒުވާނުންގެ ގޮފި ނުވަތަ ޔޫތު ވިންގުގެ ހިންގާ ކޮމިޓީ މިހާރު ވަނީ ރަސްމީކޮށް އިންތިހާބުކޮށް ނިމިފައެވެ.
މި އިންތިހާބުގައި ޕީއެންސީގެ ޔޫތު ވިންގުގެ ރައީސަކަށް ހޮވިފައިވަނީ ގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު ހަނާން މުހައްމަދު ރަޝީދެވެ. ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމުގެ މަގުސަދުގައި އެކުލަވާލި މި ކޮމިޓީގައި ދެން ތިއްބަވާ 13 މެންބަރުންނަކީ މަލްޝާ ޝަރީފް، މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލު، މުހައްމަދުޔައީޝް އިސްމާއީލް، މުހައްމަދު އަލްސަން އަހުމަދު،އިބްރާހީމް އަބާން އަބްދުއްލަތީފް، އިފްނާން އަބްދުﷲ، އަލީ ހަސީން، ހަސަން ޝަހީދު، ފާތުމަތު ޝައުފާ ސަލީމް، އާމިނަތު ރަނާ ހުސައިން ޝިހާމް، ހިންދު ތައުފީގް އަދި އާމިނަތު ޝަޖަންއެވެ.
