Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ރާއްޖޭގެ ޑައިމަންޑް ޖުބިލީއަށް ލަންކާ، ނޭޕާލް އަދި ބަންގްލަދޭޝް އަށް ދައުވަތު ދީފި
  • ކުޅިވަރު

ރާއްޖޭގެ ޑައިމަންޑް ޖުބިލީއަށް ލަންކާ، ނޭޕާލް އަދި ބަންގްލަދޭޝް އަށް ދައުވަތު ދީފި

admin January 5, 2026
F807EFE6-C333-41F3-A252-F1A20400B4E1

ރާއްޖޭގައި ރަސްމީކޮށް ފުޓުބޯޅަ ކުޅެން ފެށިތާ 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، ‘ޑައިމަންޑް ޖުބިލީ’ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތުގެ ނަމުގައި ޖޫން މަހުގެ ތެރޭގައި ރާއްޖޭގައި، ބައިނަލްއަޤްވާމީ ފުޓުބޯޅަ މުބާރާތެއް ބާއްވަން ނިންމައިފިއެވެ.

މި ނިންމުން ނިންމާފައި ވަނީ، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މިއަދު ބޭއްވި އެ އެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ ނުވަ ވަނަ ބައްދަލުވުމުގައެވެ.

އެފްއޭއެމް އިން ބުނީ، މި މުބާރާތް ބާއްވަން ތާވަލުކޮށްފައި ވަނީ މި އަހަރުގެ ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހާ ދެމެދު، މާލޭގައި ކަމަށެވެ.

މި މުބާރާތުގައި ބައިވެރިވާން، އަވަށްޓެރި ސްރީލަންކާއަށާއި ބަންގްލަދޭޝްގެ އިތުރުން ނޭޕާލްގެ ޤައުމީ ޓީމަށް ދައުވަތުދޭން ވަނީ ނިންމާފައެވެ. ލަންކާގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ޤައުމުން ވަނީ މި ދަޢުވަތު ގަބޫލުކުރަން ނިންމާފައެވެ.

ފާހަގަކޮށްލަން ޖެހޭ ގޮތުގައި ދިވެހި ފުޓުބޯޅައަށް 50 އަހަރު ފާހަގަކުރުމުގެ ގޮތުން ވެސް މިފަދަ މުބާރާތެއް ވަނީ ބާއްވާފައެވެ. 2000 ވަނަ އަހަރު، ގޯލްޑަން ޖުބިލީގެ ނަމުގައި ބޭއްވި އެ މުބާރާތުގައި ވާދަކުރީ މި ފަހަރުގެ މުބާރާތުގައި ވެސް ބައިވެރިކުރަން ދައުވަތުންދޭން ނިންމާފައިވާ ބަންގްލަދޭޝްއާއި ސްރީލަންކާގެ އިތުރުން މިފަހަރު ދަޢުވަތު ނުދޭ، ސަރަހައްދީ ގަދަބާރު އިންޑިއާ އިންނެވެ.

އެފަހަރުގެ މުބާރާތުގެ ފައިނަލުގައި ރާއްޖެއާއި ސްރީލަންކާ ވާދަކުރިއިރު، ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އިން ދެ ޓީމު އެއްވަރުވެފައި އޮތުމުން ޕެނަލްޓީގައި ރާއްޖޭގެ މައްޗަށް ކުރި ހޯދީ ސްރީލަންކާއިންނެވެ.

ރާއްޖޭގައި ރަސްމީކޮށް ފުޓުބޯޅަ ކުޅެން ފެށިތާ 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ ބައިނަލްއަގްވާމީ އިންވިޓޭޝަނަލް މުބާރާތުގެ އިތުރުން ވެސް، 19 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތެއް ބާއްވަން ވެސް އެފްއޭއެމް އިން ވަނީ ނިންމާފައެވެ.

ފެބްރުއަރީ މަހުގެ 7-15 އަށް ބާއްވަން ތާވަލުކޮށްފައިވާ މި މުބާރާތުގައި ބައިވެރިވުމަށް ދައުވަތުދެނީ ސީއެޗްއެސްއީ-މާލެ އަށާއި ސީއެޗްއެސްއީ-ހުޅުމާލޭގެ އިތުރުން އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް އަދި ވިލާ އިންޓަނޭޝަނަލް ހައިސްކޫލަށެވެ.

ފަހަތުން އަރައި ރާއްޖެ ބަލިކޮށް ކިރްގިސްތާން ތަށި ހޯދައިފި

ފުޓްސަލްގައި އެންމެ މޮޅީ ދިވެހިން، އެކަމަކު ލަނޑު ޖެހުމުގެ ރޭޓް ދަށް ވާން ފަށައިފި

ޤައުމީ ޓީމުގެ ކުރީގެ ކީޕަރު އިފްރާޙަށް ސްޓްރޯކެއް ޖެހި އައިސީޔޫގައި

Continue Reading

Previous: ދެއިންތިޚާބު އެއްކޮށްލުމުގައި އަންނި އާއި ޝާހިދުގެ ވިސްނުން ތަފާތު
Next: މިއީ އާދަމުގެ ދަރިންނެވެ. އިބިލީހުގެ ދަރިންނެއް ނޫނެވެ!

Related Stories

130EDBC0-6EB7-4529-A323-CFFB8D960E09
  • ކުޅިވަރު

މާރަންދޫ އާއި ކެޔޮދޫ ތަޅާލައި ތިމަރަފުށްޓާއި ދެއްވަދޫ ކުއާޓާއަށް

admin February 5, 2026
4AA63DDB-2D0E-4034-BC00-7B55555DF950
  • ބޭރު ކުޅިވަރު
  • ކުޅިވަރު

ހީކުރި ގޮތާއި ޚިލާފަށް އެމެރިކާ ބަލިކޮށް މިފަހަރުގެ ތަށި ކަޒަކިސްތާނުގެ އެލީނާ އަށް

admin February 2, 2026
D9AFF373-B457-41CB-BFF4-5A4961CA3CC0
  • ކުޅިވަރު
  • ޚަބަރު

ވިސާ މައްސަލައިގައި ބެންކޮކުން މަޝްހޫރު ދިވެއްސަކު އުފުރާލައިފި

admin January 30, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.