Skip to content
Bithufangi

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ޙައްޖަށް މީހުން ފޮނުވައިދިނުމުގައި ޝަކީލުގެ ވިސްނުންފުޅު ވަރަށް ޕްރޯ
  • ޚަބަރު

ޙައްޖަށް މީހުން ފޮނުވައިދިނުމުގައި ޝަކީލުގެ ވިސްނުންފުޅު ވަރަށް ޕްރޯ

admin October 18, 2025
IMG_7809

މައްކާއަށް ޙައްޖުގެ މާތް އަޅުކަމަށް ދަތުރުކުރާ ވަރަށް ގިނަ ޙައްޖާޖީން ގެއްލި، ނުވަތަ އެނޫންވެސް ހިތްނޭދޭ ނުވަތަ ހިތަށް ކުޅަދާނަ ނޫން ކަންކަމާއި އެކި ޤައުމުތަކުން ދަނީ ތަޖުރިބާ ކުރަމުންނެވެ. ރާއްޖެއަށް މިފަދަ ކަންކަން ދިމާވަނީ ނިސްބަތުން މަދުންނެވެ. އެއީ ޙައްޖު ކޯޕަރޭޝަނުން ގެންގުޅޭ ހަރުދަނާ އުޞޫލުގެ ސަބަބުންނެވެ. މިހާރު އައު ޚިދުމަތްތަކާއެކު ޙައްޖުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަންނަ އަހަރު އައު ޓެގެއް ބޭނުންކުރުމަށް ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަކީލު ވިދާޅުވެއްޖެއެވެ. 

ޙައްޖު ކޯޕަރޭޝަނުން މީގެ ކުރިންވެސް ވަނީ ޙައްޖާޖީންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޓްރެކިން ޑިވައިސް ބޭނުންކޮށްފައެވެ. އޭރު މިޑިވައިސް ދީފައިވަނީ އެންމެ ބޮޑަށް ބޭނުންޖެހިފައިވާ މީހުންނަށެވެ. އެހެންނަމަވެސް 2024 ވަނަ އަހަރުން ފެށިގެން ޙައްޖަށްދާ ކޮންމެ މީހަކަށްވެސް ލައިވް ލޮކޭޝަން ބެލޭ ޓްރެކިން ޑިވައިސްއެއް ޙައްޖު ކޯޕަރޭޝަނުން ވަނީ ދީފައެވެ. 

ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލް ވިދާޅުވީ 1447 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުން އަންނަކަމަށެވެ. އެގޮތުން ޙައްޖުގެ އަޅުކަމަށް ދާ ފަރާތްތަކުގެ މެޑިކަލް ހެއްދުމާއި ޕާސްޕޯޓުތައް ނެގުމާއި މީގެ އިތުރުންވެސް ޙައްޖުވެރިންނާއި ގުޅުން ހުރި މަސައްކަތްތައް ކުރަމުން އަންނަކަން ޝަކީލް ފާހަގަކުރެއްވިއެވެ.

ޝަކީލް ވިދާޅުވީ 1446 ވަނަ އަހަރުގެ ޙައްޖަކީ ރާއްޖޭގެ ތާރީޚުގައިވެސް ޙައްޖުގެ އެންމެހާ ކަންކަން އެންމެ ފުރިހަމައަށް ގެންދެވުނު އަހަރުކަމަށެވެ. އެހެންނަމަވެސް ކޮންމެ އަހަރަކުވެސް ޙައްޖުވެރިންގެ ފަރާތުންނާއި އަދި އެނޫންގޮތްގޮތުން ލިބޭ ޝަކުވާތަކަށް ބަލައި ޚިދުމަތްތައް ރަނގަޅުކުރުމަށް މަސައްކަތް ކުރައްވަމުންދާކަމަށް ވިދާޅުވިއެވެ. ޝަކީލް ވިދާޅުވީ ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ޙައްޖައްދާ މީހުންގެ ރައްކާތެރިކަމަކީ އެންމެ އިސްކަމެއްދީގެން ކުރަމުން އަންނަކަމަށެވެ.

އެގޮތުން ޙައްޖުވެރިން ގެއްލޭ މައްސަލަ ހައްލުކުރުމަށް ޓެގް ބޭނުންކުރުމަކީ ކުރެވުނު މުހިންމުކަމެއް ކަމަށް ޝަކީލް ވިދާޅުވިއެވެ. 2024 ވަނަ އަހަރުވެސް ޙައްޖަށް ދިޔަ ގިނަ ބަޔަކު ގެއްލުންކަން ފާހަގަކުރައްވާ ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ ވިދާޅުވީ ޓެގް ބޭނުންކޮށްގެން އެފަރާތްތައް ފަސޭހަކަމާއެކު ހޯދިފައިވާކަމަށެވެ. މިއީ ލިބިގެންދިޔަ ބޮޑު ކުރިއެރުމެއްކަން ޝަކީލް ފާހަގަކުރެއްވިއެވެ. 

ޝަކީލް ވިދާޅުވީ ޚިދުމަތްތައް ހަރުދަނާކުރުމުގެ މަސައްކަތުގެ ދަށުން އައު ޚިދުމަތްތަކާއެކު ޙައްޖުވެރިންނަށް ޚާއްސަ ޓެގެއް ބޭނުންކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ. މިއީ މިހާރު ބޭނުންކުރާ ޓެގްތަކަށްވުރެ ޓެކްނޮލޮޖީ ގޮތުން ބަލާއިރު ރަނގަޅު ޚިދުމަތްތަކެއް އޭގައި ހިމެނޭ ޓެގެއްކަމަށް ވިދާޅުވިއެވެ. މިޓެގްތައް ޓެސްޓްކުރުމުގެ މަރުހަލާގެ މަސައްކަތް ކުރިއަށް އޮތް އުމްރާ ދަތުރުތަކުގައި ފަށާނެކަމަށްވެސް ޝަކީލް ވިދާޅުވިއެވެ. 

“މިހާރު ބޭނުންކުރާ ޓެގްތަކަށްވުރެ ޓެކްނޮލޮޖީ ގޮތުން ބަލާއިރު ރަނގަޅު ޚިދުމަތްތަކެއް އޭގައި ހިމެނޭ ޓެގަކަށް ދިޔުމަށްޓަކައި މިދަނީ މަސައްކަތްކުރަމުން. އެގޮތުން ކުރިއަށް އޮތް އުމްރާތަކުގައި އެ ޓެގް ޓެސްޓުކުރުމުގެ މަސައްކަތް ފަށާނަން. ޙައްޖުގައި އެ ޓެގްތައް ބޭނުންކުރުމުގެ ކުރިން ޓެސްޓުކުރެވި އެ ޚިދުމަތްތައް ބަލައި އޭގައި އެއްވެސް މައްސަލައެއް އުޅޭކަމަށްވާނަމަ ހައްލުކުރުމަށްވެސް ނުވަތަ އޭތި ބޭނުންކުރާނީތޯ ނުވަތަ ކުރިން ބޭނުންކުރަމުން އައި ޓެގްތައް ބޭނުންކުރާނީތޯވެސް މިދަނީ ބަލަމުން. ޓެކްނޮލޮޖީއަށް ބަލާއިރު ވަރަށް އެޑްވާންސް ޓެގްތަކެއް” ޝަކީލް ވިދާޅުވިއެވެ. 

ޙައްޖު މޫސުމަކީ އެހެން މަސްތަކާއި އަޅާބަލާއިރު މައްކާގެ ޙަރަމްފުޅުގައިވެސް މީހުން ގިނަ މޫސުމެކެވެ. އެހެންކަމުން ވީނުވީ ނޭނގި މީހުން ގެއްލޭ މައްސަލަތަކަކީ މީގެ ކުރިންވެސް ފެންމަތިވާ މައްސަލަތަކެވެ. ޚާއްސަގޮތެއްގައި ޙައްޖަށް ދާ މީހުންގެ ތެރެއިން ގިނަ މީހުންނަކީ އުމުރުން ދުވަސްވީ މީހުންކަމުން ގެއްލުމަށްފަހު ނުފެނި ގިނަ ވަގުތުވެސް މީގެ ކުރިން ހޭދަވެފައިވެއެވެ.

ޙައްޖު މިޝަންގެ މެމްބަރުންނާއި اسلامىކަންތަކާ ބެހޭ ވަޒީރު ބައްދަލުކުރައްވައިފި

ރައީސް މުޢިއްޒުގެ އަގުހުރި ޖިހާދަށް ތަޢުރީފް އޮހެނީ

ސަރުކާރުން އަތޮޅުތައް އުވާލާ ކަމަށް ދައްކާ ވާހަކަތަކަކީދޮގެއް

Continue Reading

Previous: ޣައްޒާ އެއްބަސްވުމަކީ ކުޅެމުންދާ “ފިލްމެއް”
Next: ލޯނު ތަކަށް ހެސްކިޔާފަ ލުއި ދިނުމަށް ރައީސް އަންގަވައިފި

Related Stories

IMG_8298
  • ޚަބަރު

ފައްޔާޒަށް ޖިނާއީ ޙުކުމެއް އިއްވުމުގެ ފުރުޞަތު!

admin November 16, 2025
IMG_8297
  • ޚަބަރު

ކުޑަކުއްޖާ އަށް ދިން ސިޔާސީ ޙަމަލާ ޢާއިލާގެ ކޮޅަށް ނިންމައިފި

admin November 16, 2025
IMG_8295
  • ޚަބަރު

ތަރިކަ ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޖީލެއް ބިނާކުރަން މެޑްމަ ސާޖިދާ ގޮވާލައްވައިފި

admin November 16, 2025
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.