Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ސަރުކާރުން އަތޮޅުތައް އުވާލާ ކަމަށް ދައްކާ ވާހަކަތަކަކީދޮގެއް
  • ޚަބަރު

ސަރުކާރުން އަތޮޅުތައް އުވާލާ ކަމަށް ދައްކާ ވާހަކަތަކަކީދޮގެއް

admin September 9, 2025
IMG_7144

ދިވެހިރާއްޖޭގެ އަތޮޅުތައް އުވާލުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަކީ ޒިންމާދާރުކަން ކުޑަ ވާހަކަތަކެއް ކަމަށް ސިޓީތަކާއި އިދާރީދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ. ވަޒީރު ވިދާޅުވީ އެއީ ސަރުކާރުގެ ސިޔާސަތެއް ވެސްނޫން ކަމަށެވެ.
ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ފިތުނަ އުފެއްދުމަށްޓަކައި، ސަރުކާރުގެ ވިސްނުމަކީ އަތޮޅުތައް އެއްކޮށް އުވާލުންކަމަށް ބުނެ ދޮގު ހަބަރު ފަތުރަމުން އެބަ ގެންދެއެވެ. މިކަންކަމާ ގުޅިފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅުގެ މަތިވެރީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވި ވާހަކަފުޅެކެވެ. ރައީސް ވިދާޅުވެފައިވަނީ އަތޮޅު ކައުންސިލަކީ އެއްވެސް ބޭނުމެއް އޮންނަ ކައުންސިލެއް ނޫންކަމަށާއި، އެހެންވެ ޤާނޫނު އަސާސީއަށް އިސްލާޙު ގެނެސް އަތޮޅު ކައުންސިލް އުވާލުމަށް ނިންމަވާފައިވާކަމަށެވެ.
ނަމަވެސް ވަޒީރު އާދަމް ޝަރީފް ވިދާޅުވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގެ މުރާދަކީ އަތޮޅުތައް އެއްކޮށް އުވާލުމެއް ނޫނެވެ. ބޭނުންވަނީ މިހާރު އަތޮޅު ކައުންސިލް އޮންނަ ގޮތް ނުވަތަ އެ ކައުންސިލްތަކުގެ “ކޮމްޕޮޒިޝަން” ބަދަލުކުރެއްވުމެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ލާމަރުކަޒީ ނިޒާމު ފެށިގެންއައިއިރު އެމްޑީޕީގެ ވެރިކަމުގައި ޕްރޮވިންސްތައް ހެދުމުގެ ނަތީޖާއަކަށްވީ ނިޒާމުގެ ތެރެެއަށް އިތުރު “ލޭޔާއެއް” އިތުރުވެ، އެކި ކަންކަމުގައި މާލެއަށް ބަރޯސާވުން ބޮޑުވުން ކަމަށެވެ. އެހެންވެ، ކޮންމެ ރަށަކުން އެރަށެއްގެ ތަރައްގީއަށް އިންތިޚާބުކުރާ ކައުންސިލަރުން އަތޮޅު ކައުންސިލްގައިވެސް ހިމެނުމަކީ އެ ކައުންސިލަރުންގެ ޒިންމާ އިތުރުވާނެ ކަމެއް ކަމަށާއި، މިހާރު އޮތް ގޮތަކީ ޤާނޫނާވެސް ފުށުއަރާ ކަމެއް ކަމަށް ވަޒީރު ގަބޫލުކުރައްވައެވެ.
އިދާރީދާއިރާތައް ހިންގުމާއި ބެހޭ ވަޒީރު ފާހަގަކުރެއްވި ގޮތުގައި، އަތޮޅު ކައުންސިލްތަކުން ރަށްރަށަށް އިދާރީ ގޮތުން ދޭންޖެހޭ އެހީތެރިކަމެއް ފިޔަވައި ކުރަން މާބޮޑު ކަމެއް ނޯވެއެވެ. އަދި ގުދުރަތީގޮތުން ރާއްޖޭގެ އަތޮޅުތައް އުފެދިފައި އޮތް ގޮތުންނާއި، އޭގެ ޒާތުގައި މަސައްކަތް ކުރެވޭ ތަރުތީބުތަކަށް ބަލާއިރު ކޮންމެ އަތޮޅެއްގައިވެސް އިދާރީގޮތުން ކުރެވޭ މަސައްކަތްތައް ކޮންމެވެސް ސިފައެއްގައި އިންތިޒާމްކޮށް ހިނގާނެ ގޮތްތަކެއް ރޭވިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިކަންކަން ހަރުދަނާ ކުރުމަށްޓަކައި، ވުޒާރާތަކުގައި ޕަރމަނަންޓް ސެކްރެޓަރީން ތިއްބަވާގޮތަށް ޢިލްމީ ގާބިލު ބޭފުޅުން ސިވިލް ސަރވިސްގެ ތެރެއިން އައްޔަންކޮށް، އަތޮޅުތަކުގެ އިދާރީ މަސައްކަތް ކުރުމުގައި ތިބެންޖެހޭ ކަމަށް ވަޒީރު އާދަމް ޝަރީފް އުމަރު ގަބޫލުކުރައްވައެވެ. އެ ބޭފުޅަކު ނެރޭ ނަތީޖާއަށް ބަލައި ފަސް އަހަރަށްވުރެ ދިގު މުއްދަތަކަށްވެސް އައްޔަން ކުރެއްވުން އެދެވިގެންވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ބުރްކީނާފާސޯގެ ހުރިހާ ސިޔާސީ ޕާޓީތައް އުވާލައި އެމެރިކާއާއި ޔޫރަޕްގެ ޕްލޭން ފަނިކޮށްލައިފި

8 މިލިއަން ރުފިޔާ ދައުރުކުރި ބިދޭސީ މީހާގެ ޝަރީއަތް ހިންގަން ޕީޖީއަށް ފޮނުވައިފި

ލަންކާ ރައްޔިތުންނަށް ވިސާ ދިނުން ހަރުކަށިކުރަން ޖެހިދާނެ ކަމުގެ އިންޒާރެއް!

Continue Reading

Previous: ޙަމާސް ނައްތާލުމަށްވުރެ އެމެރިކާއާއި އިސްރާއީލުގެ ސިޔާސަތު މާ ނުރައްކާ!
Next: ދިވެހި ކުޅުންތެރިން އަންޑަ އެސްޓިމޭޓް ނުކުރޭ

Related Stories

439866_3_9d09d82fd5e55170cf752389b9586598fd99a499 (1)
  • ޚަބަރު

ރައްޔިތުންގެ ވިންދާއި އެއްގޮތަށް އިސްތިއުފާ ދެއްވި 10 ވަޒީރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ޝުކުރު

admin April 14, 2026
26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
FAF06A0B-AD1B-4D65-AD4E-089BE99C6443
  • ޚަބަރު

ބިތުފަންގި ސާވޭ: ދެއިންތިޚާބު އެއްކޮށްލުމާއި މެޖޯރިޓީ ދެކޮޅު (ސާވޭގެ ނަތީޖާގެ ފުރަތަމަ 6 ގަޑިއިރު)

admin February 25, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.