Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ޙައްޖު މިޝަންގެ މެމްބަރުންނާއި اسلامىކަންތަކާ ބެހޭ ވަޒީރު ބައްދަލުކުރައްވައިފި
  • ޚަބަރު

ޙައްޖު މިޝަންގެ މެމްބަރުންނާއި اسلامىކަންތަކާ ބެހޭ ވަޒީރު ބައްދަލުކުރައްވައިފި

admin May 11, 2025
main_20250511_165548

މިއަހަރުގެ ޙައްޖު މިޝަންގެ މެމްބަރުންނާއި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ބައްދަލުކުރައްވައިފިއެވެ.އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ، ޙައްޖު މިޝަންގެ މެމްބަރުންގެ ޒިންމާ ވީހާވެސް ފުރިހަމައަށް އަދާކުރެއްވުމަށް އެބޭފުޅުންގެ ފަރާތުން އެދިލައްވާފައެވެ. ހަމަ އެހެންމެ ވަޒީރު ވަނީ، ދިވެހި ޙައްޖުވެރިންނަށް ދޭންޖެހޭ ޚިދުމަތްތައް ފުރިހަމައަށް ދެވޭތޯ ޔަޤީން ކުރުމަށް ނަސޭޙަތްތެރިވެލައްވާފައެވެ.މީގެ އިިތުރުން ވަޒީރު ވިދާޅުވީ، ދިިވެހި ޙައްޖުވެރިންނަށް ދަތިވާ ކަންތައްތަކަށް އެކަށޭނެ ޙައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވަންޖެހޭނެ ކަމަށެވެ. ހަމަ އެހެންމެ، ޙައްޖުވެރިންނާއި ވީހާވެސް ގާތުން މަސައްކަތް ކުރެއްވުމަށް ވަޒީރު ވަނީ އިލްތިމާސްކުރައްވާފައެވެ.ދިވެހި ޙައްޖުވެރިންގެ ކަންކަން ވީހާވެސް ގާތުން ބެލުމަށްޓަކައި ސަޢުދީ ޢަރަބިއްޔާގައި ޙަރަކާތްތެރިވާ ދިވެހި ޙައްޖު މިޝަންގައި އެކި ދާއިރާތަކުން ޚާއްޞަ ބޭފުޅުން ހިމެނެއެވެ. އޭގެ ތެރޭގައި، ޙައްޖު ކޯޕަރޭޝަންގެ ބޭފުޅުންނާއި، މެޑިކަލް ޑޮކްޓަރުންނާއި، ދީނީ ޢިލްމުވެރިންނާއި، ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގެ ފަރާތުން ވެސް ބޭފުޅަކު ހިމެނޭ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތުދެއެވެ.1446 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަމަށް ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕު ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26 ވަނަ ދުވަހުއެވެ.

އެ އެންމެން ބަރާބަރަށް ފަތިސްނަމާދަށް އާދޭ. ރެޔަކު ނާދޭ. ނައިސްގެން ބެލިއިރު އެންމެން ތިބީ މަރާލާފަ!

ކުޑަކުއްޖާ އަށް ދިން ސިޔާސީ ޙަމަލާ ޢާއިލާގެ ކޮޅަށް ނިންމައިފި

އީރާނަށް އޮތް ހަމައެކަނި ގޮތަކީ ނިއުކްލިއަރ ޓެކްނޮލޮޖީ އާއި ދުރަށް ދިޔުން: އެމެރިކާ

Continue Reading

Previous: ޣައްޒާ މަންމައެއްގެ ރުއިމާއި އާދޭސް! 
Next: ވެމްކޯއިން ޕެންޝަން ޖަމާނުކުރާ ކަމަށް ބުނެ ފަތުރަނީ ދޮގެއް

Related Stories

26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
FAF06A0B-AD1B-4D65-AD4E-089BE99C6443
  • ޚަބަރު

ބިތުފަންގި ސާވޭ: ދެއިންތިޚާބު އެއްކޮށްލުމާއި މެޖޯރިޓީ ދެކޮޅު (ސާވޭގެ ނަތީޖާގެ ފުރަތަމަ 6 ގަޑިއިރު)

admin February 25, 2026
9E983EBC-9DA9-49DF-9821-2BB64A9A15A9
  • ޚަބަރު

ވެމްކޯ މުވައްޒަފު ވެއްޓުން: ކަންކަން ސިއްރުކުރަން ވެމްކޯއިން އުޅުނު ކަމަށް ބުނާ ވާހަކަ އަކީ ދޮގެއް – ވެމްކޯ

admin February 24, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.