Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ރައީސް މުޢިއްޒުގެ އަގުހުރި ޖިހާދަށް ތަޢުރީފް އޮހެނީ
  • ޚަބަރު

ރައީސް މުޢިއްޒުގެ އަގުހުރި ޖިހާދަށް ތަޢުރީފް އޮހެނީ

އަލްއުސްތާޛް ޢަލީ އާދަމް April 15, 2025
IMG_4754

އިސްރާއީލްގެ ޕާސްޕޯޓް ރާއްޖޭގައި މަނާކުރުމާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ތަޢުރީފްތައް އޮހެން ފަށައިފިއެވެ.

މިއަދު ބިތުފަންގި އަށް މީހަކު އޭނާގެ ޝުޢޫރުތައް ހާމަކުރަމުން ބުނީ ދުނިޔޭގެ އެއްވެސް މުސްލިމު ލީޑަރަކަށް އިސްރާއީލާއި ދެކޮޅަށް އަޅަން ނުކެރުނު ފިޔަވަޅު ރައީސް މުޢިއްޒު އެޅުއްވީ ހިތުގައި އޮތް އީމާންތެރިކަމުގެ ސަބަބުން ކަމަށް ޤަބޫލުކުރެވޭ ކަމަށެވެ.

މުޢިއްޒަށް ކެރޭނެ އެ ބިލް ތަސްދީގު ނުކޮށް ފޮނުވާލަން. އެކަމަކު އެކަމެއްވެސް ނުކުރޭ ނޫންތޯ؟ އޭގެ ބަދަލުގައި ފެނުނީ ޙިކުމަތްތެރިކަމާއެކު ޕްރެޝަރުތަކަށް ލޯމަރާލާފަވެސް މުސްލިމުންގެ ޙިމާޔަތުގައި އެކްޝަން ނެންގެވި މަންޒަރު.

ރައީސް މުޢިއްޒުގެ ނިންމުމަށް ތަޢުރީފްކޮށް ރައްޔިތުން މިއަދު ސޯޝަލްމީޑިއާގައި އެމީހުންގެ އުދާސްތައް ވެސް އޮއްސާލިއެވެ.

ރައީސް މުޢިއްޒަށް ތަޢުރީފްކޮށް، ކުރައްވަނީ ޖިހާދެއް ކަމަށް ބުނެ މީހަކު ލިޔެފައިވާ ނޯޓެއް. (ޚުލާސާ ނޫސް)

ފަލަސްތީނުގެ ބިންތައް ފޭރުމަށް އިޒްރޭލުން ލޭއޮހޮރުވާތާ ޤަރުނެއްވަނީ އެވެ، އެކަމާ ނުރުހި ކުށްވެރިކޮށް މުސްލިމުން މުޒާހަރާކޮށް ޖަލްސާ ތަކާއި ކޮންފަރެންސް ތައް ބާއްވައި ، ބަޔާންތަކާއި ޤަރާރުތައް ނެރޭތާ ވެސް ޤަރުނެއް ވަނީއެވެ، އިޒްރޭލުން ކުރާކަމެއް ކުރެއެވެ، އެމެރިކާ އާއި ފްރާންސް ، އިނގިރޭސިވިލާތާއި ޖަރުމަނާއި އިޓަލީ އާއި ޕޮލެންޑާއި ހަންގޭރީ އާއި މިނޫނަސް މުސްލިމުންގެ މައްޗަށް ޢަދާވާތްތެރިކަން ގެންގުޅޭ ހުޅަގުގެ ޤައުމުތަކުން ، ފާޅުގައި އިޒްރޭލަށް ހަތިޔާރު ފޯރުކޮށްދެމުން ގެންދެއެވެ، ފަލަސްޠީނު ގެ ރައްޔިތުން ޔަހޫދީން ގެ އަޅުވެތިކަމުން ސަލާމަތްވުމަށް ޖިހާދު ކުރަމުން އަންނަތާ ޤަރުނަކާ ގާތަށް ދަނީއެވެ. އެކަމަކު ރައީސް މުޢިއްޒު ނޫނީ މިފަދަ ފިޔަވަޅެއް އަޅުއްވަން ކެރިވަޑައިގަތް ހަމަ އެއްވެސް ރައީސަކު ނެތެވެ.

ފަލަސްޠީނުގެ ރައްޔިތުން ސަލާމަތް ކުރުމުގެ ޝައުޤުވެރިކަމެއް ، ފަލަސްޠީނާއި ޖެހިގެން އޮތް އެއްވެސް ޢަރަބި ޤައުމެއްގެ ވެރިއެއްގެ ހިތަކު ނެތެވެ، އެއަށްވުރެ ބޮޑަށް އެބައި މީހުންގެ ޣީރަތްތެރިކަން ވަނީ ގެއްލިފައެވެ، ރައްޔިތުން ބައިވެރިކުރުމެއް ނެތި ހިންގާ އަމިއްލަ ވެރިކަން ހިމާޔަތް ކުރުމަށްޓަކައި އަމިއްލަ ޤައުމުގެ ރައްޔިތުންގެ މައްޗަށް ހިންގާ ލާއިންސާނީ އަނިޔާތައް ކުޑައެއް ނޫނެވެ ، އެހެންކަމުން ރައްޔިތުންގެ އިޙްސާސްތަކަށް އިޚްތިރާމު ކުރުމުގެ އާދައަކީ މިޔަދުގެ ޢަރަބި ދައުލަތްތަކުގެ ވެރިންގެ ކިބާގައި ނެތް އެއްޗެކޭ ބުނެވޭނެ ޖާގަ އެބައޮތެވެ. މުސްލިމު އުންމަތުން ފަލަސްޠީނަށް ދޭންވީ ޤަދަރު ދިން ރައީސެއް މި އުޑުދަށުގައި ރައީސް މުޢިއްޒު ނޫނީ ނެތެވެ.

ޗާގޯސް ލިބުން އެންމެ ހައްގު ބޮޑީ ރާއްޖެއަށް ކަމަށް ރައީސް އަނެއްކާވެސް ވިދާޅުވެއްޖެ

އދ. ގެ އާންމު މަޖިލީހުން ފަލަސްޠީނުގެ ދައުލަތް ބަލައިގަތުމަށް ގަރާރެއް ފާސްކޮށްފި

ކެޔޮދޫއަށް ޑޮލަރާއި ބިމުގެ ފަސޭހަކަން އަންނަ އަހަރު ހަމަޖައްސައިދެނީ

Continue Reading

Previous: ބަހުގެ އަދީބު އަވަހާރަވެއްޖެ
Next: ފަލަސްތީނާމެދު އަރަބީންގެ ދެއްކުންތެރިކަން

Related Stories

26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
FAF06A0B-AD1B-4D65-AD4E-089BE99C6443
  • ޚަބަރު

ބިތުފަންގި ސާވޭ: ދެއިންތިޚާބު އެއްކޮށްލުމާއި މެޖޯރިޓީ ދެކޮޅު (ސާވޭގެ ނަތީޖާގެ ފުރަތަމަ 6 ގަޑިއިރު)

admin February 25, 2026
9E983EBC-9DA9-49DF-9821-2BB64A9A15A9
  • ޚަބަރު

ވެމްކޯ މުވައްޒަފު ވެއްޓުން: ކަންކަން ސިއްރުކުރަން ވެމްކޯއިން އުޅުނު ކަމަށް ބުނާ ވާހަކަ އަކީ ދޮގެއް – ވެމްކޯ

admin February 24, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.