Skip to content
Bithufangi

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ލޯނު ތަކަށް ހެސްކިޔާފަ ލުއި ދިނުމަށް ރައީސް އަންގަވައިފި
  • Uncategorized

ލޯނު ތަކަށް ހެސްކިޔާފަ ލުއި ދިނުމަށް ރައީސް އަންގަވައިފި

admin November 16, 2025
IMG_7297

ހިޔާ ފްލެޓާއި ވިނަރެސް ހައުސިންގ މަޝްރޫޢުއާ ގުޅޭގޮތުން އާއްމު ރައްޔިތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ ލޯނުތަކަށް ލުއިދިނުމަށް އެ ބޭންކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަޅުއްވައިފިއެވެ. މިއީ ސަރުކާރުން އިޖުތިމާޢީ ބޯހިޔާވަހިކަމަށް ދެއްވާ ސަމާލުކަމުގެ ދަށުން ރައްޔިތުންނަށް ދިމާވެފައިވާ މާލީ ބުރަ ކުޑަކުރުމުގެ މަޤްސަދުގައި އަޅުއްވާފައިވާ މުހިއްމު ފިޔަވަޅެކެވެ.
މިކަން ހާމަކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބޭންކް އޮފް މޯލްޑިވްސްއިން ހިޔާ ފްލެޓްތައް ނިންމުމަށް ދޫކޮށްފައިވާ 535 ލޯނާއި، ވިނަރެސް ފްލެޓް ގަތުމަށް ދޫކޮށްފައިވާ 26 ލޯނަކީ ސޯޝަލް އަދި އެފޯޑަބަލް ހައުސިންގ މަޝްރޫޢުތަކަށް ދޫކޮށްފައިވާ ލޯނުތަކަކަށް ވުމާއެކު، މި ލޯނުތަކަށް ލުއި ގޮތްތަކެއް ހޯދުމަށް އެ ބޭންކާއެކު މަޝްވަރާކުރައްވާފައިވާ ކަމަށެވެ.

މީގެއިތުރުން، ވިނަރެސް ފްލެޓް ގަތުމަށް ދޫކޮށްފައިވާ ލޯނަށް މިހާރު ކަނޑައަޅާފައިވާ ޕްރޮފިޓް (އިންޓަރެސްޓް) ރޭޓް %9 އިން %8 އަށް ކުޑަ ކުރުން، އެއީ ކުރެވިދާނެ ކަމެއް ކަމަށް ބޭންކް އޮފް މޯލްޑިވްސްއިން މަޢުލޫމާތު ލިބިފައިވާތީ، އުސޫލުގެ ތެރެއިން މި ބަދަލު ގެނެސް ދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އަންގަވާފައެވެ.

ބޭންކް އޮފް މޯލްޑިވްސް އިން
* ހިޔާ ފްލެޓްތައް ނިންމުމަށް ދޫކޮށްފައިވާ 535 ލޯނާއި،
* ވިނަރެސް ފްލެޓް ގަތުމަށް ދޫކޮށްފައިވާ 26 ލޯނަކީ،
ސޯޝަލް އަދި އެފޯޑަބަލް ހައުސިންގ މަޝްރޫޢު ތަކަށް ދޫކޮށްފައިވާ ލޯނުތަކަކަށް ވުމާއެކު، މި ލޯނު ތަކަށް ލުއި ގޮތްތަކެއް ހޯދުމަށް ބޭންކް އޮފް މޯލްޑިވްސް…

— Dr Mohamed Muizzu (@MMuizzu) November 16, 2025


ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން، އިޖުތިމާޢީ ބޯހިޔާވަހިކަމަށް ސަރުކާރުން ދޫކޮށްފައިވާ ފްލެޓާއި، ގޯތީގެ ކުލިތައްވެސް ކުޑަކުރެއްވުމަށް ވަނީ ނިންމަވާފައެވެ. އެމަނިކުފާނުގެ ވަޢުދުފުޅާ އެއްގޮތަށް އަތޮޅުތަކުގައި ހުރި ހައުސިންގ ޔުނިޓްތަކުގެ މަހު ކުލި ވަނީ، 3330 ރުފިޔާއަށް ކުޑަކުރައްވާފައެވެ. އަދި ހުޅުމާލެ ހިޔާ ފްލެޓްތަކުން މަހުން މަހަށް ދައްކާ ކުލި 6300 ރުފިޔާއިން، 3984 ރުފިޔާއަށް ވަނީ ކުޑަކުރައްވާފައެވެ.
ވިނަރެސްގެ ޑައުންޕޭމަންޓާއި، ކުލިވެސް ރައީސް ވަނީ ކުޑަކޮށްދެއްވާފައެވެ. އެގޮތުން ވިނަރެސް ސްކީމުން ދޫކުރި ފްލެޓްތަކުގެ ޑައުންޕޭމަންޓަށް ދައްކާ އަދަދު %50 އަށް ކުޑަކޮށް، ކުލީގެ އަދަދު އެވަރެޖްކޮށް 4،200 ރުފިޔާ ކުޑަވާ ގޮތަށް ބަދަލުކޮށްދެއްވިއެވެ. މީގެއިތުރުން ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ހައުސިންގ ޔުނިޓުތަކުގެ ކުލިން %20 ކުޑަ ކޮށްދެއްވިއެވެ.

ބަހުގެ އަދީބު އަވަހާރަވެއްޖެ

علم އުނގެނުމުން ﷲ ގެ ކަށުކުޅަދުންވައްތަކަމާއި އެއްކައުވަންތަކަން ދެނެގަނެވޭނެ

15 ރަށެއްގައި ހައުސިންގް ޔުނިޓް އަޅަނީ

Continue Reading

Previous: ޙައްޖަށް މީހުން ފޮނުވައިދިނުމުގައި ޝަކީލުގެ ވިސްނުންފުޅު ވަރަށް ޕްރޯ
Next: ތަރިކަ ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޖީލެއް ބިނާކުރަން މެޑްމަ ސާޖިދާ ގޮވާލައްވައިފި

Related Stories

scientific-lab-equipment
  • Uncategorized

علم އުނގެނުމުން ﷲ ގެ ކަށުކުޅަދުންވައްތަކަމާއި އެއްކައުވަންތަކަން ދެނެގަނެވޭނެ

admin October 5, 2025
54C1ADE0-900A-4826-9A97-CE4008FB814B
  • Uncategorized
  • ޚަބަރު

ވަކިވަކި ނޫސްވެރިން ޖޫރިމަނާ ނުކުރެވޭ ގޮތަށް މީޑިއާ ބިލް މަޖިލީހުން ފާސްކޮށްފި

admin September 16, 2025
IMG_7532
  • Uncategorized

ރާއްޖެއަށް ޕްރެޝަރު ކުރުމަށް ޣައްޒާއަށް އަޅުގަނޑުމެން ނުވަންނާނަން: އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން

admin September 7, 2025
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.