Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ފައްޔާޒަށް ޖިނާއީ ޙުކުމެއް އިއްވުމުގެ ފުރުޞަތު!
  • ޚަބަރު

ފައްޔާޒަށް ޖިނާއީ ޙުކުމެއް އިއްވުމުގެ ފުރުޞަތު!

admin November 16, 2025
IMG_8298

އެމްޑީޕީގެ އިސް އެކްޓިވިސްޓުން ކަމަށްވާ މަރިޔަމް ޒުބައިރު (މަންދީ) އާއި އަޙްމަސު ސަލީމް (މާޒް ސަލީމް) އެ ޕާޓީގެ އެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ދަރިކަލުން އުމައިރު މުޙައްމަދު މުޢިއްޒުގެ ކަރާމާތަށް އަރައިގަތް ކަމަށް ފެމިލީ ކޯޓުން މިއަދު ނިންމީ މުހިންމު ޙުކުމެކެވެ. އެ ޙުކުމުގައި ބުނެފައި ވަނީ ކުއްޖާއާ ދެކޮޅަށް ދެއްކި ވާހަކަތަކަކީ ރާއްޖޭގެ ޤާނޫނު އަސާސީ ގެ ދަށުންނާއި ޤާނޫނު އަސާސީން ލިބިދީފައިވާ ރައްކާތެރިކަމާ ޚިލާފު ވާހަކަތަކެއް ކަމަށެވެ. އޭގެ ތެރޭގައި 34 ވަނަ މާއްދާ (ކުޑަކުއްޖާގެ ކަރާމާތުގެ ޙައްޤައި ގުޅޭ މާއްދާ) އާއި 38 ވަނަ މާއްދާ (ނަފްސާނީ ގެއްލުންތަކުން ރައްކާތެރިވުމާއި ގުޅޭ މާއްދާ)، އަދި 123 ވަނަ މާއްދާ (ކުޑަކުދިން ރައްކާތެރިކުރުމަކީ ދައުލަތުގެ މައްޗަށް ވާޖިބުވާ ކަމެއް ކަމަށް އޮންނަ މާއްދާ) ވަނީ ފާހަގަ ކޮށްފައެވެ

ފާހަގަ ކޮށްލަން ޖެހޭ މުހިއްމު ކަމަކީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލަކީ މިކަމުގައި ޒިންމާ އުފުލަން ޖެހޭ ފަރާތެއްގެ ގޮތުގައި ކޯޓުން ކަނޑައެޅި ކަމެވެ. (ޔަޣްނީ) ފައްޔާޒުގެ މާލިމީ ކަމުގައި ދަތުރުކުރާ އުޅަނދު ފަރަށް އަރައިފި ނަމަ އޭނާ ޒިންމާވާން ޖެހޭ ކަމެވެ. ތިލަކޮށް ބުނާ ނަމަ މަންދީ އާއި މާޒް ދެއްކި ވާހަކަތައް ފައްޔާޒު ހުއްޓުވާފައި ނުވާ ކަމެވެ. އޭގެ ބަދަލު، ކުޑަކުއްޖެއްގެ ކަރާމާތަށް އަރައިގަތުމަށް ފައްޔާޒް މަގުފަހިކޮށްދީ، ހިތްވަރުދިން ކަމެވެ. އެކަން ހުއްޓުވުމުގައި ނާކާމިޔާބުވި ކަމެވެ.

ކޯޓުގެ އެ ޙުކުމުގައި ސީދާ ފައްޔާޒު އާއި ދެކޮޅަށް ފިޔަވަޅެއް އަޅަން ބުނެ ޤަޟިއްޔާގައި ފާހަގަ ކޮށްފައި ނުވިޔަސް، ރާއްޖެއިން ކުޑަކުދިން ރައްކާތެރިކުރުމާއި ކުޑަކުދިން ޙިމާޔަތް ކުރުމަށް ޕްރެކްޓިސް ކުރަމުންދާ ޤާނޫނުތަކުގެ ދަށުން ފައްޔާޒަށް ޖިނާއީ ދަޢުވާ އެއް ކުރެވިދާނެއެވެ. އެކަމަކަށް އެއްވެސް ހުރަހެއް ނެތެވެ.

ބިތުފަންގީގެ މުރާޖަޢާތަކުން އެނގޭ ގޮތުގައި ކޯޓުން އެ ވަނީ ގާނޫނީ އަސާސް ސާފުކޮށްދީފައެވެ.
ޤާނޫނުތަކަށް ބަލައިލުމުން، ޕްރޮސިކިއުޓަރ ޖެނެރަލް ފައްޔާޒާއި ދެކޮޅަށް ރަސްމީކޮށް ދަޢުވާ އުފުލައިފިނަމަ ފައްޔާޒުގެ މައްޗަށް 1 އަހަރާއި 3 އަހަރާ ދެމެދުގެ ޖަލު ޙުކުމެއް ނުވަތަ ޖޫރިމަނާ،އެއް އަންނާނެއެވެ. އެކަން އެނގެނީ 17 ވަނަ މާއްދާ އާއި 22 ވަނަ މާއްދާއިންނެވެ.

ރައީސްގެ އެދިވަޑައިގަތުމަށް ތުރުކީން ރާއްޖެއަށް ޒަމާނީ މިލިޓަރީ މަނަވަރެއް

ހަނގުރާމަ ހުއްޓުވަން ފެއިލް ވި އދ ގެ ބާރު ކަނޑުވާލަނީ

އީރާނަށް އޮތް ހަމައެކަނި ގޮތަކީ ނިއުކްލިއަރ ޓެކްނޮލޮޖީ އާއި ދުރަށް ދިޔުން: އެމެރިކާ

Continue Reading

Previous: ކުޑަކުއްޖާ އަށް ދިން ސިޔާސީ ޙަމަލާ ޢާއިލާގެ ކޮޅަށް ނިންމައިފި
Next: ވަޒީފާގެ ވާޖިބު އަދާކުރަނިކޮށް ނިޔާވި މުވައްޒަފަށް ރައީސްގެ ތައުޒިޔާ

Related Stories

439866_3_9d09d82fd5e55170cf752389b9586598fd99a499 (1)
  • ޚަބަރު

ރައްޔިތުންގެ ވިންދާއި އެއްގޮތަށް އިސްތިއުފާ ދެއްވި 10 ވަޒީރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ޝުކުރު

admin April 14, 2026
26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
FAF06A0B-AD1B-4D65-AD4E-089BE99C6443
  • ޚަބަރު

ބިތުފަންގި ސާވޭ: ދެއިންތިޚާބު އެއްކޮށްލުމާއި މެޖޯރިޓީ ދެކޮޅު (ސާވޭގެ ނަތީޖާގެ ފުރަތަމަ 6 ގަޑިއިރު)

admin February 25, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.