Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ޝޭޚު ފަރީދުގެ ޠައިބާ – ތަޖުރިބާ ވަރަށް ތަފާތު!
  • ރިޕޯޓް
  • ޚަބަރު

ޝޭޚު ފަރީދުގެ ޠައިބާ – ތަޖުރިބާ ވަރަށް ތަފާތު!

admin August 17, 2025
6020BCB8-4B7D-4737-993C-EF01D559855A

ޠައިބާ ޙައްޖު ޢުމްރާ ގްރޫޕްގެ މުއައްސިސް ޝައިޚް  ފަރީދު(رحمه الله) ނިޔާވުމަށްފަހު ޝޭހުގެ  ލެގެސީ ހިފެހެއްޓުމަށް ޠައިބާ ޙައްޖު ޢުމްރާ ގްރޫޕުން މިހާރު މަސައްކަތްތައް ކުރިޔަށް ގެންދަނީ ޝޭހުގެ ދަރީންނާއި އެކުގައެވެ.

ޠައިބާ އިން ބުނީ މި އަހަރުގެ ޖުލައި މަހުވެސް އެ ގްރޫޕްގެ ފަރާތުން 184 ޢުމްރާވެރިން ވަނީ ޢުމްރާގެ އަޅުކަން ފުރިހަމަ ކަމާއިއެކު އަދާކޮށް ނިންމާފައި ކަމަށާއި، އެ ފަހަރު އަޅުކަ ަށް ދިޔަ މީހުން އުއްމީދު ކޮށްގެން ތިބީ ޝެއިޚް ފަރީދު އާއި އެކު އަޅުކަމުގެ ކަންކަން ފުރިހަމަކޮށް ދަރުސްތައް ލިބިގަތުމަށެވެ.

“ޢާންމުންގެ ތެރެއިން ގިނަ ބަޔަކު ފާހަގަ ކުރި ގޮތުގައި މި ގްރޫޕްއިން ފައިސާ ދެއްކީ ޝޭޚް ފަރީދުއާއިއެކު ޢުމްރާއަށް ދިޔުމަށް، އެހެންނަމަވެސް ދަތުރު ނިންމާފައި އައިރުވެސް ޝޭޚް ފަރީދު ނެތްކަމުގެ އިޙްސާސް ނުކުރެވުނު ކަމަށް އާންމުންގެ ތެރެއިން ގިނަ ބަޔަކު ފާހަގަ ކުރި”، ޠައިބާ ގްރޫޕް ހިންގެވުމާއި ޙަވާލުވެ ނުންނެވި އެންމެ އިސް ވެރިޔާ ޝާމީ ރަޝާދު ވިދާޅުވިއެވެ.

ޝާމީ ރަޝާދު ފާހަގަ ކުރެއްވި ގޮތުގައި ޠައިބާ ޙައްޖު ޢުމްރާ ގްރޫޕްގެ ފަރާތުން އަބަދުވެސް މަސައްކަތް ކުރާނީ ރާއްޖޭގެ ތަޖުރިބާކާރު ދީނީ ޢިލްމުވެރިން ދަތުރުތަކުގައި ގެންދިޔުމަށާއި ޢުމްރާވެރިންނަށް އެންމެ ޞައްޚަ ގޮތުގައި ޢުމްރާގެ އަޅުކަން އަދާ ކުރާނޭ ގޮތް ކިޔައިދިނުމަށެވެ.

ދިވެހިންނަށް ތަފާތު ތަޖުރިބާއެއް

ޖުލައި ޢުމްރާ ދަތުރުގައި ޠައިބާ ގުރޫޕާއި އެކު ދަތުރުކުރި ދިވެހީން ވަނީ އަބޫޖަހުލު މަރައިލި ބަދުރު ހަނގުރާމަ ހިނގި ސަރަޙައްދަށް ގޮސް، އެތަނުގެ ވަރަށް ގިނަ މަޢުލޫމާތުތައްވެސް ހޯދާފައެވެ.  ޝާމީ ވިދާޅުވީ  ބަދުރުގެ މައިދާނަށް ޒިޔާރަތްކޮށް އެ ޞަރަހައްދުގައި ބަދުރުގެ ހަނގުރާމަ ހިނގާދިޔަ ގޮތުގެ މަޢުލޫމާތު އާންމުންނަށް ހިއްސާ ކުރުމަކީ ލިބުނު ހިތްހަމަޖެހުމެއް ކަމަށެވެ. މީގެ އިތުރުން ދުނިޔޭގެ އެންމެ ބޮޑު މުޞްހަފް ކާރުހާނާއަށް ޒިޔާރަތްކޮށް އެތަނުގައި މަސައްކަތްތައް ކުރަމުންދާ ގޮތްވެސް ވަނީ އާންމުންނަށް ދައްކާލާފައި ކަމަށް ޝާމީ ވިދާޅުވިއެވެ.

ޝޭހު ނިޝާން ތަފާތު

ޠައިބާ ގުރޫޕްގެ ހަވާލުގައި ޢުމްރާއަށް ވަޑައިގެންނެވި ގިނަ ބޭފުޅުން ފާހަގަ ކުރެއްވި ގޮތުގައި ޝޭޚް ނިޝާންގެ ހިތްތިރިކަމާއި ވައުޟާއި ނަސޭހަތަކީ ބަޔާންކޮށްދެން ނޭނގޭހާ ފުރިހަމަ ނަސޭހަތްތަކެކެވެ.

ޢުމްރާވެރިން ބުނީ ޠައިބާއިން ބަހައްޓާ ގާތްކަމަކީލާމަސޅު މިސާލެއް ކަމަށާއި ޠައިބާ އާއި އެކު އަދިވެސް ޢުމްރާ ދަތުރު ކުރާ ހިތްވާ ކަމަށެވެ.

ޢުމްރާވެރިން ބުނާ ގޮތުގަތުގައި ޠައިބާ ގުރޫޕާއެކު ދަތުރުކުރުކުރުމުން ފާހަގަ ކުރެވުނީ އެކުވެރިކަމާއި ގާތްކަމެވެ. އަޅަލުމާއި އޯގާތެރިކަމެވެ. ބީރެއްޓެހިކަމެއް އިޙްސާސް ނުކުރެވޭ ކަމެވެ. ޚާއްޞަކޮށް ޝޭހު ނިޝާނުގެ ކީރިތި މޫރިތި ދަރުސްތަކުން ޢުމްރާވެރިންގެ ހިފެހެއްޓުމެއް ނެތް ޝުކުރުތައް ބަރުތީލަ ކުރަނީ ހަމަ ގައިމުވެސް ސަބަބުތަކެއް ނެތިއެއް ނޫނެވެ. ޝޭހު ނިޝާން ހަމަ ތަފާތީއެވެ.

ޠައިބާ އާއި އެކު ޢުމްރާގެ އަޅުކަމެއް ފުރިހަމަކޮށްފި މީހަކަު ހަމަ ގައިމުވެސް އެ ގުރޫޕްގެ ރަނގަޅު ވާހަކަ ނޫން ދެވަނަ ވާހަކައެއް ނުދައްކައެވެ. މީގެ ކުރިން ވެސް އެތައް ބަޔަކު އެތައް ގުރޫޕަކާއި އެކު މައްކާ އަށާއި މަދީނާ އަށް ވަޑައިގަތެވެ. ޠައިބާ ގުރޫޕާއި ބެހޭ ގޮތުން މިހާތަނަށް ބިތުފަންގި އަށް އިވިފައިވަނީ މުޅިންވެސް ތަޢުރީފުގެ ބަސްތަކެވެ. ވާނީވެސް އެހެންތާއެވެ. ޠައިބާ އަކީ ކުރުކޮށް ބުނާނަމަ ޝައިޚް  ފަރީދު(رحمه الله) އެވެ. އެ މަނިކުފާނު މިއަދު ދުނިޔޭގައި ނެތަސް އެ ގުރޫޕުގައި އިސްކޮށް އެ ތިއްބެވީ ޝައިޚް  ފަރީދު(رحمه الله) ތަމްރީނުކޮށް އެމަނިކުފާނުގެ ގާތުން ދަރިވަރުވި އަޚުންނެވެ.

ޠައިބާ ގުރޫޕާއެކު ޢުމްރާގެ އަޅުކަން އަދާކުރެއްވި ބައެއް ބޭފުޅުން
ޠައިބާ ގުރޫޕާއެކު ޢުމްރާގެ އަޅުކަން އަދާކުރެއްވި ބޭފުޅެއް / ފޮޓޯ: ޠައިބާ
ޠައިބާ ގުރޫޕާއެކު ޢުމްރާގެ އަޅުކަން އަދާކުރެއްވި ބައެއް ބޭފުޅުން މައްކާ އާއި މަދީނާގެ މުހިންމު އާސާރީ ތަންތަން ބަލައިލުމަށް ކުރެއްވި ދަތުރުގެ ތެރެއިން / ފޮޓޯ: ޠައިބާ
ދުނިޔޭގެ އެންމެ ބޮޑު މުސްޙަފް ފެކްޓަރީ: މި ފެކްޓަރީގެ މަސައްކަތް ހިނގާގޮތް ބަލައިލުމުގެ ނަސީބު ޠައިބާގެ ޢުމްރާވެރިންނަށް ވަނީ ލިބިފަ
ދުނިޔޭގެ އެންމެ ބޮޑު މުސްޙަފް ފެކްޓަރީ: މި ފެކްޓަރީގެ މަސައްކަތް ހިނގާގޮތް ބަލައިލުމުގެ ނަސީބު ޠައިބާގެ ޢުމްރާވެރިންނަށް ވަނީ ލިބިފަ
ޠައިބާ ގުރޫޕާއެކު ޢުމްރާގެ އަޅުކަން އަދާކުރެއްވި ބައެއް ބޭފުޅުން މައްކާ އާއި މަދީނާގެ މުހިންމު އާސާރީ ތަންތަން ބަލައިލުމަށް ކުރެއްވި ދަތުރުގެ ތެރެއިން / ފޮޓޯ: ޠައިބާ
ޠައިބާ ގުރޫޕާއެކު ޢުމްރާގެ އަޅުކަން އަދާކުރެއްވި ބައެއް ބޭފުޅުން މައްކާ އާއި މަދީނާގެ މުހިންމު އާސާރީ ތަންތަން ބަލައިލުމަށް ކުރެއްވި ދަތުރުގެ ތެރެއިން / ފޮޓޯ: ޠައިބާ
ޠައިބާ ގުރޫޕާއެކު ޢުމްރާގެ އަޅުކަން އަދާކުރެއްވި ބޭފުޅެއް / ފޮޓޯ: ޠައިބާ

މިވަގުތުވެސް ޠައިބާ ގްރޫޕްގެ ފަރާތުން ދަނީ ހަލުވިކަމާއެކު ސެޕްޓެމްބަރު އަދި ޑިސެމްބަރުގެ ޖާގަތައް މީހުންގެ ނަންނޯޓް ކުރަމުންނެވެ. ނަންނޯޓް ކުރަން ބޭނުންވާ ފަރާތްތަކުން ލަސްނުކުރައްވާ ޠައިބާގެ ހޮޓްލައިން ނަމްބަރު 9192991 ގުޅައިގެން ކުރިޔަށް ގެންދެވޭނެ ކަމަށް ޓީމްގެ ފަރާތުން ވަނީ ބުނެފައެވެ.

ޠައިބާ ޙައްޖު ޢުމްރާ ގުރޫޕުން ބުނީ އެ ގުރޫޕްގެ މުއައްސިސް އަދި ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝެއިޙް އިބްރާހިމް ފަރީދު (رحمه الله)ގެ ދަޢުވަތުގެ ބުރަ މަސައްކަތް ދެމިގެންދާނެ ގޮތަކަށް ، ޠައިބާ ޙައްޖު ޢުމްރާ ގްރޫޕްގެ މަސައްކަތް ނުހުއްޓި ކުރިޔަށް ގެންދާނެ ކަމަށެވެ.

ޕްލައިވުޑް ޝިޕްމެންޓަކުން 13.6 މިލިއަން ސިނގިރޭޓް ފެނިއްޖެ

ސަރުކާރުން ރައްޔިތުންގެ އަޑުއަހައި ފުންކޮށް ވިސްނުމަށް އީރާނުގެ ހުކުރު ޚުޠުބާއި ގޮވާލައިފި

ކުއްލި ޚަބަރު: އެމްޕީއެލްގައި ޒުވާނަކު ނިޔާވެއްޖެ

Continue Reading

Previous: ކައިވެނިކުރަން އައި މީހަކަށް ގުޅިއޭ ކިޔައި އޮޅުވާލައިގެން ފަނޑިޔާރެއްގެ ޒިންދަގީ ދުއްވައިލި ވާހަކަ…
Next: ޝިއުނާ ދަންޖައްސާނެ ކަމަށް ބުނެ އިންޒާރު ދިން މައްސަލަ ބަލަނީ

Related Stories

439866_3_9d09d82fd5e55170cf752389b9586598fd99a499 (1)
  • ޚަބަރު

ރައްޔިތުންގެ ވިންދާއި އެއްގޮތަށް އިސްތިއުފާ ދެއްވި 10 ވަޒީރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ޝުކުރު

admin April 14, 2026
Screenshot_20260310-165248
  • ރިޕޯޓް

ބައިނަލްއަޤްވާމީ ޤާނޫނުގައި ޠަބައީ ރަށްވެހީންނާއި އިސްތިޢުމާރީ ބީރަށްވެހީންގެ ތަފާތު – ފޯޅަވަހީގެ ތާރީޚީ ރަށްވެހީންނާއި، އަމިއްލަ އިޚްތިޔާރުގައި ގޮތް ނިންމުމުގެ ޙައްޤާ ގުޅޭ ޤާނޫނީ ނަތީޖާތައް

admin March 10, 2026
26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.