Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ޤައުމާއި ޙަވާލުވާން އަންނި އާއި ފައްޔާޒު ޑިލެއް!
  • ރިޕޯޓް

ޤައުމާއި ޙަވާލުވާން އަންނި އާއި ފައްޔާޒު ޑިލެއް!

admin September 7, 2025
IMG_7122

އަންނަ ރިޔާސީ އިންތިޚަބުގައި މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓި އެމްޑީޕީން އެ ޕާޓީގެ ޓިކެޓް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލަށް ދިނުމާއި މެދު މަޝްވަރާތަކެއް ކުރަމުންދާ ކަމަށް ވަރަށް އިތުބާރު ހުރި މަސްދަރަކުން ބިތުފަންގިއަށް މަޢުލޫމާތު ލިބިއްޖެއެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވައި ރިޔާސީ ޓިކެޓް ހޯއްދެވުމަށް މިހާރު ވެސް ބައެއް ފަރާތަތްކުން މަސައްކަތް ކުރައްވަމުން ގެންދަވާއިރު، ރައީސް ނަޝީދު ވެސް ބޭނުންފުޅުވަނީ ފައްޔާޒު އިސްމާޢީލަށް ޓިކެޓް ދިނުމަށް ކަމަށް އެ ފަރާތުން ބިތުފަންގިއަށް ކިޔައިދިނެވެ.

އެމްޑީޕީގެ އެތެރޭގެ ކަންކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ އެ މަސްދަރުން ޔަޤީންކަން ދެއްވި ގޮތުގައި ރައީސް ކުރީގެ ޞާލިޙަށް ޓިކެޓް ދެއްވަން ނަޝީދު ތާޢީދު ނުކުރައްވަނީ އިބްރާހީމް ޞަލިޙްގެ ސަރުކާރުގައި ނަޝީދާއި އެކު ހަދާފައިވާ ޑީލް “ފަނިވެގެންނެވެ” އެ ޑީލަކީ މަޖިލިސް ތެރެއިން ވެރިކަމުގެ ނިޒާމް ބަދަލުކޮށް ބޮޑުވަޒީރުކަން ނަޝީދަށް ދިނުމެވެ.

ފައްޔާޒަށް އިތުބާރު އެބައޮތްތަ؟

ރައީސް އިބޫ އަށް ޓިކެޓް އެރުވީ މަޖިލިސް އިންތިޚާބަށްފަހު ބޮޑުވަޒީރުކަން ނަޝީދަށް ދޭ ގޮތަށެވެ. ނަމަވެސް ރައީސް އިބޫގެ ޚިޔާލުފުޅު ފަހުން ޗޭންޖުވީއެވެ. ނަތީޖާއަކީ އެމަނިކުފާނާއި ދުރަށް އެތައް ބަޔަކު ވަޑައިގެން އެންމެފަހުން އެމަނިކުފާނުގެ ސިޔާސީ ކެރިއަރަު ގާތްގަނޑަކަށް ނިންމަވައިލެއްވީއެވެ. މި މަންޒަރު ފައްޔާޒަށް ވަރަށް ރީއްޗަށް ވަނީ ފެނިފައެވެ. އެހެންކަމުން ފައްޔާޒު މިކަންކަމާއި މެދުގައި ވިސްނަވާނެއެވެ. ފައްޔާޒަކީ ޙިކުމަތްތެރި އަދި ދޫފުޅު ފަސޭހަ ބޭފުޅެކެވެ.

2018 – 2023 އަށް ފައްޔާޒުގެ އިކޮނޮމިކް މިނިސްޓަރު ކަމުގައި ދިވެހިރާއްޖޭގެ އިޤްތިޞާދު ފަހަތަށް ސޮއްސައިލިއެވެ. ލޯނުމަތިން ލޯނު ނަންގަވައި އަދި ބަދަލުގެ ގޮތުގައި އެތައް މިލިއަނެއް ރުފިޔާއެއް ދައުލަތުގެ ބައިތުލްމާލުން އެކި ފަރާތްތަކަށް ބަހައިލިއެވެ. އެއްވެސް ޕްލޭނެއް ނެތި ޕްރޮޖެކްޓުތައް ހިންގަން އިޢުލާންކޮށް އެ ފަރާތްތަކަށް ފައިސާދިނީ ހައްދެއް ނެތް މިންވަރަށެވެ. 

ފައްޔާޒަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި 61 ޕޮލިސް ސްޓޭޝަން އެޅުމަށް އިންޑިއާގެ ބަޔަކަށް 3.6 މިލިއަން ޑޮލަރުގެ އެޑްވާންސެއް ދީ އަދި އެ ޕްރޮޖެކްޓުގެ އެއްވެސް މަސައްކަތެއް ނުހިންގައި، ކުޑަމިނުން އެންމެ ގަލެއްވެސް ބައިންދާފައި ނުވާއިރު އެ ފައިސާ ފައްޔާޒުގެ ޢާއިލީ ގުޅުން އޮންނަ މޫނިމާގެ ހަދަން ބޭނުން ކުރުން ހިމެނެއެވެ.   

ފައްޔާޒަށް ކުރާ އަނެއް ތުހުމަތަކީ އޭނާއާއި ގުޅުން އޮންނަ ކުންފުންޏެއް ކަމަށްވާ ބިޒްނަސް އިމޭޖް ގްރޫޕް (ބީއައިޖީ) އަށް ދައުލަތުގެ ބަޖެޓުން 30 މިލިއަން ރުފިޔާ ދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލައެވެ. މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނުން ދަނީ ތަޙްޤީޤު ކުރަމުންނެވެ.

 މީގެ އިތުރުން، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ފައްޔާޒު ފައިސާ ނަގާފައިވާ ކަމަށް ތުހުމަތުކޮށް، ތަޙްޤީޤަށް ސުވާލުތަކަށް ޖަވާބު ދިނުމަށް ފުލުހުން އޭނާއަށް ޗިޓް ފޮނު ިއިރު، ގެއްލުމުގެ ބަދަލޭ ބުނެ އެތައް ބަޔަކަށް ނުޙައްޤުން ފައިސާ ދީފައިވާތީ ފައްޔާޒުގެ މައްވަށް ޖިނާޢީ ދައުވާ ކުރުމަށް ނިންމާފައިވާކަން ފާހަގަ ކުރެވެއެވެ.

ވާނުވާ ނިމުމަކަށް ގެނައުން، އިންސާނީ ހައްގުގައި ރާއްޖެ މޮޅަކާއި ދިމާލަށް..!

ތިލަފުށީގައި އަމީން މިއާ މަރައިލީ ކާކު؟

ޕީސްބޯޑު: މިއީ މި ގަރުނުގެ އެންމެ ބޮޑު ދޯކާ

Continue Reading

Previous: ޝިއުނާ ދަންޖައްސާނެ ކަމަށް ބުނެ އިންޒާރު ދިން މައްސަލަ ބަލަނީ
Next: އިސްލާމްދީން ދެކެ ލޯބިވާ ދަރިންތަކެއް އުފައްދާ: މެޑަމް ސާޖިދާ

Related Stories

Screenshot_20260310-165248
  • ރިޕޯޓް

ބައިނަލްއަޤްވާމީ ޤާނޫނުގައި ޠަބައީ ރަށްވެހީންނާއި އިސްތިޢުމާރީ ބީރަށްވެހީންގެ ތަފާތު – ފޯޅަވަހީގެ ތާރީޚީ ރަށްވެހީންނާއި، އަމިއްލަ އިޚްތިޔާރުގައި ގޮތް ނިންމުމުގެ ޙައްޤާ ގުޅޭ ޤާނޫނީ ނަތީޖާތައް

admin March 10, 2026
26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
C87CAEA1-7913-446C-BA9D-01FE7A6B07C8
  • ރިޕޯޓް
  • މީހުން

ޚާމަނާއީ މަރުވީ ހެދުނު ޅައެއްޗަކުން

admin March 1, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.