Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • 20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭނުގައި ބައިވެރިވޭ
  • ޚަބަރު

20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭނުގައި ބައިވެރިވޭ

admin September 21, 2025
IMG_7313


ދިވެހިރާއްޖޭގެ ކުރިމަގަށް އަމާޒުކޮށް، 20 އަހަރުގެ ދުރު މުސްތަޤުބަލުގެ ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގައި، ރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅޭ ކޮންމެ ރައްޔިތެއްގެ ފުރިހަމަ ބައިވެރިވުން މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ފާހަގަކުރައްވައިފިއެވެ. އެމަނިކުފާނު މިކަން ހާމަކުރެއްވީ، މ.މުލަކު ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމެއްގައެވެ.


ރައީސުލްޖުމްހޫރިއްޔާގެ ދުރު ރާސްތާ ތަސައްވުރުގައި 2040 ވަނަ އަހަރަށް ދިވެހިރާއްޖެއަކީ ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކާ އެއް ފެންވަރެއްގައި ހަމަޖެހިފައިވާ ތަރައްޤީގެ ރޮނގުން ކުރިއަރާފައިވާ ޤައުމަކަށް ވާސިލުވުމުގެ އަމާޒު ހިއްޕަވައެވެ. މި މަޤްޞަދު ޙާޞިލުކުރެވޭނީ، ރަށްރަށުގެ އާބާދީއަށް ބެލުމެއްނެތި، ރާއްޖޭގެ ހުރިހާ ރަށެއް ތަރައްޤީވެގެންކަން ރައީސް ވަނީ ބަޔާންކުރައްވާފައެވެ.


މުލަކުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ޤައުމުގެ ތަރައްޤީގެ މިސްރާބު ހުންނަންޖެހޭނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމުގައެވެ. ސިޔާސީ ބަދަލުތަކާއި ގުޅިގެން ރައްޔިތުންގެ ތަރައްޤީއަށް ހުރަސް އެޅޭކަށް ބޭނުންފުޅު ނުވާކަމަށާއި، މި ޕްލޭނަށް ޤާނޫނީ ބާރުވެރިކަން ދީ، އެ ޙިމާޔަތްކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި މަސައްކަތުގައި ކައުންސިލްތަކާއި ރައްޔިތުންގެ ފުރިހަމަ މަޝްވަރާ އާއި ބައިވެރިވުން ކޮންމެހެން ބޭނުންވާނެކަމަށް ރައީސް ވަނީ އިސްކަންދެއްވާފައެވެ.


މި ޤައުމީ ތަރައްޤީގެ ޕްލޭންގެ ވަރަށް މުހިންމު ބައެއްގެ ގޮތުގައި ސަރުކާރުން އިޢުލާނުކުރައްވާފައިވާ “މޯލްޑިވްސް 2.0” މަޝްރޫޢު ރައީސް ފާހަގަކުރެއްވިއެވެ. މި މަޝްރޫޢުގެ ދަށުން ސަރުކާރުގެ ހުރިހާ ޚިދުމަތްތަކެއް އެއް ވިއުގައަކުން ގުޅާލެވި، ދެފުށް ފެންނަ ނިޒާމެއް ޤާއިމުކުރެވޭނެއެވެ. މިއީ ކޮރަޕްޝަން ހުއްޓުވުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްގެ އިތުރުން، ސަރުކާރާމެދު ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށް ބާރުއަޅާނެ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. މިގޮތުން، ކައުންސިލްތަކާއި މިނިސްޓްރީތައް، ބޭންކިން ނިޒާމު، ކުންފުނިތައް އަދި ޖުޑީޝަރީގެ ޚިދުމަތްތައް ވެސް ގުޅާލެވި، ދެފުށްފެންނަ އުސޫލަކުން ހިދުމަތްތައް ބައްޓަންވެގެންދާނެއެވެ.


ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި، 2027 ވަނަ އަހަރާއި 2028 ވަނަ އަހަރުގެ ކުރީކޮޅު، ބަޖެޓުގައި ހިމަނައިގެން މޯލްޑިވްސް 2.0 މަޝްރޫޢުގެ ވަރަށް މުހިންމު މަސައްކަތްތައް ކުރެވިގެންދާނެއެވެ. މި ނިޒާމަކީ ރައްޔިތުންނަށް ހުރިހާ ޚިދުމަތްތަކެއް ހޯދުމަށް ބަރޯސާވެވޭނެ ފަސޭހަ ނިޒާމަކަށް ވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން، 20 އަހަރުގެ މި ތަރައްޤީގެ ޕްލޭން ސަރުކާރުން ފައިނަލްކޮށް ތަންފީޒުކުރާނީ ރައްޔިތުންގެ ފުރިހަމަ ރުހުން ލިބިގެންކަން ރައީސް ވަނީ ހާމަކުރައްވާފައެވެ. ސަރުކާރުން މިހާރު ހާމަކުރައްވާފައިވާ ގޮތުގައި، ޤައުމީ ތަރައްޤީގެ މި ޕްލޭން އަންނަ ޖެނުއަރީ މަހު އިފްތިތާޙުކުރެވޭނެއެވެ. އަދި މި ޕްލޭން ރައްޔިތުންނާއި ހިއްސާކުރުމަށްފަހު، ރައްޔިތުންގެ ފުރިހަމަ ރުހުން ލިބިގެން ފައިނަލް ކުރެވި، އަންނަ ޖުލައި މަހު އެ ޕްލޭނަށް ޢަމަލުކުރަން ފެށުމަކީ ސަރުކާރުގެ އަމާޒެވެ.

ކުއްލި ޚަބަރު: އިސްރާއީލާއި އެމެރިކާގެ 47 ޖާސޫސުން އިރާނުން ހައްޔަރުކޮށްފި

ވެނެޒުއެލާއަށް ސިފައިން އަރުވަން ޓްރަމްޕް ކުރި މަސައްކަތް ސެނެޓުން ނާކާމިޔާބުކޮށް، ޓުރަމްޕް ލަދުގަން...

ސަރުކާރު ކުންފުނިތަކުގެ ވެރިންނަށް ވެސް މާލީ ބަޔާން ހުށަހެޅުމަށް މަޖުބޫރުކުރުމަށް މަޖިލީހަށް ހުށަހަޅ...

Continue Reading

Previous: ރިއަލް މެޑްރިޑަށް ވަގުތު ދިނުމަށް އެންޑްރިކް ވޯލްޑްކަޕަށް ނުދާން ނިންމައިފި
Next: މުލަކުން އެސްޓީއޯ ރޭޓުން ތެޔޮ ލިބޭނެ ފިޔުލް ސްކިޑްގެ މަސައްކަތް އަންނަ ޖެނުއަރީގައި ފަށަނީ: ރައީސް

Related Stories

439866_3_9d09d82fd5e55170cf752389b9586598fd99a499 (1)
  • ޚަބަރު

ރައްޔިތުންގެ ވިންދާއި އެއްގޮތަށް އިސްތިއުފާ ދެއްވި 10 ވަޒީރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ޝުކުރު

admin April 14, 2026
26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
FAF06A0B-AD1B-4D65-AD4E-089BE99C6443
  • ޚަބަރު

ބިތުފަންގި ސާވޭ: ދެއިންތިޚާބު އެއްކޮށްލުމާއި މެޖޯރިޓީ ދެކޮޅު (ސާވޭގެ ނަތީޖާގެ ފުރަތަމަ 6 ގަޑިއިރު)

admin February 25, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.