Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ސަރުކާރު ކުންފުނިތަކުގެ ވެރިންނަށް ވެސް މާލީ ބަޔާން ހުށަހެޅުމަށް މަޖުބޫރުކުރުމަށް މަޖިލީހަށް ހުށަހަޅައިފި
  • ޚަބަރު

ސަރުކާރު ކުންފުނިތަކުގެ ވެރިންނަށް ވެސް މާލީ ބަޔާން ހުށަހެޅުމަށް މަޖުބޫރުކުރުމަށް މަޖިލީހަށް ހުށަހަޅައިފި

admin September 23, 2025
02CF0331-7F4A-4379-8D96-D63FFB0CF7CC

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ އިތުރުން، ދައުލަތުގެ ކުންފުނިތަކުގެ ވެރިންނާއި، މުސްތަގިއްލު މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ވެސް މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށް އުސޫލުތައް އިތުރަށް ހަރުދަނާކުރުމަށް ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށަހަޅައިފިއެވެ.


މި އިސްލާހު ހުށަހެޅިފައި މިވަނީ، މިދިޔަ ދުވަސްތަކުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތައް އާންމުކުރުމުން އާންމުންގެ ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. އެ ބަޔާންތަކަކީ މެންބަރުންގެ ހަގީގީ އާމްދަނީއާއި މުދާ ހާމަކުރާ ބަޔާންތަކެއް ނޫން ކަމަށް ބުނެ ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވެފައި ވެއެވެ.
ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ، މަޖިލީހުގެ މެންބަރުކަމުގެ ދައުރު ފަށާއިރު، އެ މީހެއްގެ މިލްކިއްޔާތުގައިވާ މުދަލާއި، ފައިސާ އާއި، ވިޔަފާރީގެ މަސްލަހަތުތަކާއި، އަރަންޏާއި ދަރަނި ހާމަކުރުމުގެ ގޮތުން، މަގާމުގެ ހުވާކުރި ދުވަހުގެ ހާލަތު އަންގައިދޭ ބަޔާނެއް، ހުވާކުރާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި މަޖިލީހުގެ އަމީންއާންމާއި ހިއްސާކުރަން ޖެހޭނެ ކަމަށެވެ. މީގެ އިތުރުން މިފަދަ ހުރިހާ ބަޔާނަކީ ވެސް އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓަންޓްސްއިން ލައިސެންސް ދޫކޮށްފައިވާ އޮޑިޓަރަކު ވެރިފައި ކޮށްފައިވާ ބަޔާނަކަށް ވާންވާނެ ކަމަށް ވެސް އިސްލާހުގައި ހިމަނާފައި ވެއެވެ.
އަދި މިނިވަން މުއައްސަސާތަކުގެ މެންބަރުންނާއި މުސްތަގިއްލު މަގާމުތަކުގައި ތިބި މީހުން ވެސް މަގާމާއި ހަވާލުވާ ތާރީހުން ފެށިގެން އެއް އަހަރު ތެރޭގައި މާލީ ބަޔާން އޮޑިޓަރ ޖެނެރަލަށް ފޮނުވުމަށް ހުށަހަޅާފައި ވެއެވެ. މި ބަޔާންތައް އޮޑިޓަރ ޖެނެރަލަށް އާންމުކުރުމުގެ ބާރު ދޭން ވެސް ވަނީ ހިމަނާފަ އެވެ.

ހަމަ އެހެންމެ، ދައުލަތުގެ ކުންފުނިތަކުގެ ޗެއާޕާސަނުންނާއި، މެނޭޖިން ޑިރެކްޓަރު، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު، ޗީފް އޮޕަރޭޓިން އޮފިސަރުން ވެސް މަގާމާ ހަވާލުވާތާ 30 ދުވަހުގެ ތެރޭގައި މާލީ ހާލަތު އަންގައިދޭ ބަޔާނެއް ޕީސީބީއަށް ހުށަހަޅަން ޖެހޭނެ ކަމަށް އިސްލާހުގައިވެ އެވެ. އަދި އެ ބަޔާންތައް ޕީސީބީއަށް އާންމުކުރުމުގެ ބާރު ދިނުމަށް ވެސް ވަނީ ހުށަހަޅާފަ އެވެ.


ރައްޔިތުންގެ މަޖިލީހުގެ ގިނަ އަދަދެއްގެ މެންބަރުންގެ މާލީ ބަޔާންތައް އާންމުކޮށްފައިވާއިރު، ސަރުކާރުގެ ވެރިންގެ މާލީ ބަޔާން އާންމު ކުރުން ގާނޫނަކުން ލާޒިމު ނުކުރެއެވެ.

ރައީސް މުޢިއްޒުގެ އަގުހުރި ޖިހާދަށް ތަޢުރީފް އޮހެނީ

ހުޅުމާލޭ ފޭސް 3 ހިއްކަނީ ކުނި އަޅައިގެނެއް ނޫން

ރައީސްގެ ވަޢުދާއި އެއްގޮތަށް ވެލިދުއަށް ސީޕްލޭން ދަތުރުތައް ފަށައިފި

Continue Reading

Previous: ޤައުމީ ޓީމުގެ ކުރީގެ ކީޕަރު އިފްރާޙަށް ސްޓްރޯކެއް ޖެހި އައިސީޔޫގައި
Next: ހުޅުމާލޭ އޯސީސީ ފިހާރައިގެ މުވައްޒަފަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި

Related Stories

439866_3_9d09d82fd5e55170cf752389b9586598fd99a499 (1)
  • ޚަބަރު

ރައްޔިތުންގެ ވިންދާއި އެއްގޮތަށް އިސްތިއުފާ ދެއްވި 10 ވަޒީރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ޝުކުރު

admin April 14, 2026
26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
FAF06A0B-AD1B-4D65-AD4E-089BE99C6443
  • ޚަބަރު

ބިތުފަންގި ސާވޭ: ދެއިންތިޚާބު އެއްކޮށްލުމާއި މެޖޯރިޓީ ދެކޮޅު (ސާވޭގެ ނަތީޖާގެ ފުރަތަމަ 6 ގަޑިއިރު)

admin February 25, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.