އީރާނުގައި ޙަރަކާތްތެރިވާ އެމެރިކާ އާއި އިސްރާއީލުގެ 47 ޖާސޫސީ އެޖެންޓުން ތެހެރާނު ސަރުކާރުން ހައްޔަރު ކޮށްފި އެވެ.
އިސްލާމީ ޖުމްހޫރިއްޔާގެ އިންޓެލިޖެންސުން ބުނީ މި 47 މީހުންނަކީ އެމެރިކާ އާއި އިސްރާއީލަށް އީރާނުގެ ހައްސާސީ ތަންތަނުގެ މައުލޫމާތު ފޯރުކޮށްދީ، އީރާނުގެ އެތެރެ ގަޑުބަޑުކުރުމުގެ އިތުރުން އީރާނަށް ހަމަލާ ދިނުމަށް ބޭރުގެ ފަރާތްތަކަށް އެހީތެރިވެދިނުމުގައި މަސައްކަތް ކުރި 47 އެޖެންޓުންނެވެ.
އީރާނުން މިހާރު ވަނީ އެ 47 މީހުން ހައްޔަރުކޮށް އަދި އެމީހުންނާއި ގުޅުން ހުރި ތަންތަނުން ވަޒަނާއި ފިސްތޯލަ އާއި، ސްޕައި ކެމެރާ އާއި، އަޑު ރިކޯޑް ކުރާ އާލާތްތައް ވެސް ހޯދާފައެވެ.
