ވެރިކަންކުރާ ޕީއެންސީގެ އެކްޓިވިސްޓް މަރިޔަމް ޝިއުނާ ދަންޖައްސަން ސޯޝަލްމީޑިއާގައި ގޮވައިލި މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
ސޯޝަލްމީޑިއާގައި މި ފަހަކަށް އައިސް މީހުންނަށް މަރުގެ އިންޒާރުދިނުން އާދަޔަކަށް ވެފައިވާއިރު، މިފަދަ ކަންކަން ބެލޭނެ އެންމެ އެކަށީގެންވާ މެކޭނިޒަމެއް އަދި ނެތެވެ.
ޝިއުނާ ދަންޖައްސަން ގޮވައިލި ޕޯސްޓް ހިއްސާކުރަމުން އޭނާ ބުނީ ސިޔާސީ ޚިޔާލު ތަފާތުވުމަކީ އަނެކާއަށް ގެއްލުންދޭން ، ދަންޖައްސަން ގޮވަންޖެހޭ ސަބަބެއް ނޫނެވެ.

ޝިއުނާ އުޅެނީ މޫނު ނިވާކޮށްގެން ކަމަށް ވާއިރު ވަޒީފާ އަދާކުރާ ކޮންމެ އަންހެނަކަށް އިސްލާމީ ހެދުން އެޅެން ޖެހޭނެއެވެ. ނަމަވެސް މޫނު ނިވާކޮށްގެން ީފާ އަދާކުރާތީ ހުޅަނގުގެ ޤައުމުތަކުން އޮންނަނީ އެއީ “ހަރުކަށި” މީހުން ކަމަށް ލޭބަލް ކޮށްފައެވެ.
ހުޅަނގުން ބޭނުންވަނީ އަންހެނުން ފިރިހެނުންނާއި މިކްސްކޮށް އަދި އިސްލާމްދީނާއި ދުރު ގޮތްތަކަށް އުޅުމަށެވެ. އެހެންކަމުން ބައެއް ޤައުމުތަކުގައި މޫނުބުރުގާ އެޅުން އޮންނަނީ ޤާނޫނީ ގޮތުން މަނާ ކޮށްފައެވެ.
