Skip to content
Bithufangi

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ޖާހުގެ އެކައުންޓުގައި ފައިސާހުރިނަމަ ހިފަހައްޓަން އަންގައިފި
  • ވިޔަފާރި
  • ޚަބަރު

ޖާހުގެ އެކައުންޓުގައި ފައިސާހުރިނަމަ ހިފަހައްޓަން އަންގައިފި

admin April 20, 2025
IMG_4970

ހުޅުމާލޭ ފޭސް އެކެއްގައި “ދަ ގާޑަން” ފްލެޓްތައް އިމާރާތްކުރާ ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި ބޭންކުތަކުގައި ހުޅުވާފައިވާ އެކައުންޓްތަކުގައި ފައިސާ ހުރި ނަމަ، ހިފަހައްޓަން ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.
މިދިޔަ ބުރާސްފަތިދުވަހު ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޝަނުން ނެރުނު އަމުރުގައި ވަނީ ރާއްޖޭގައި ހުރި ބޭންކްތަކުގައި ހުޅުވާފައިވާ އެއްވެސް އެކައުންޓެއްގައި ފައިސާ ހުރި ނަމަ އެ ހުރިހާ ފައިސާއެއް ހިފެހެއްޓުމަށެވެ.
ކޯޓުން އަމުރުކޮށްފައިވާ ބޭންކްތައް:

Ginger Shot
  • ބޭންކް އޮފް ސިލޯން
  • ބޭންކް އޮފް މޯލްޑިވްސް
  • ހަބީބް ބޭންކް ލިމިޓެޑް
  • މޯލްޑިވްސް އިސްލާމިކް ބޭންކް
  • ސްޓޭޓް ބޭންކް އޮފް އިންޑިއާ
  • ދަ މޮރިޝަސް ކޮމާޝަލް ބޭންކް (މޯލްޑިވްސް)
  • ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް
    އެ ބޭންކްތަކުގައި ޖާހް އިންވެސްޓްމަންޓްގެ ނަމުގައި އެކައުންޓެއް ހުޅުވާފައިވާ ނަމަ، އެ އެކައުންޓެއްގެ ތަފްސީލާއި އެކައުންޓުގައި ހުރި ފައިސާގެ އަދަދާއި، ފައިސާ ހުރި ނަމަ އެ ފައިސާ ހިފެހެއްޓުމަށް ފަހު އެކަން މި މަހުގެ 22 ވަނަ ދުވަހުގެ 12:00 ގެ ކުރިން ކޯޓަށް އެންގުމަށް އެ އަމުރުގައިވެ އެވެ.
    އެކަމަކު މި އަމުރު ނެރުނީ ކޮން މައްސަލައެއްގައި ކަމެއް ސާފެއް ނޫނެވެ.
    “ދަ ގާޑަން” ގެ ނަމުގައި އެ ކުންފުނިން 2017 ވަނަ އަހަރުން ފެށިގެން ހަދަމުން އަންނަ އެޕާޓްމަންޓުތައް ނިންމަން އެކި ފަހަރު މަތިން މުއްދަތު އިތުރުކޮށްދެމުން އައިސް އެންމެ ފަހުގެ ފުރުސަތު ދިނީ މި އަހަރުގެ ޖެނުއަރީ 27 ވަނަ ދުވަހު އެވެ. އެކަމަކު އެ މުއްދަތަށް ވެސް ތަން ނިންމާފައި ނުވާތީ އެޗްޑީސީން ވަނީ އެއްބަސްވުން ބާތިލުކޮށްފަ އެވެ.
    އެޗްޑީސީން އެއްބަސްވުން ބާތިލްކޮށްފައިވަނީ ގޯސްކޮށް ކަމަށް ބުނެ ޖާހު އިންވެސްޓްމަންޓުން މައްސަލަ ހުށަހަޅާފައިވަނީ ސިވިލް ކޯޓުގެ ހުޅުމާލޭ ޑިވިޝަނަށެވެ. ޖާހުގެ ފަރާތުން އެ މައްސަލަ ކޯޓަށް ހުށަހެޅީ އެޗްޑީސީން މިދިޔަ އަންގާރަ ދުވަހު ބިމާ ހަވާލުވާން ތައްޔާރުވެފައި ވަނިކޮށް، އޭގެ ދެ ދުވަސް ކުރިންނެވެ.
    އެ ފްލެޓްތަކުގެ 95 ޕަސެންޓް ނިމިފައިވާ ކަމަށް ކުންފުނިން ބުނާތާ މިހާރު ހަތަރު އަހަރު ވެއްޖެ އެވެ. އެތަނުގައި 27 ސުއިޓާއި 54 ވިލާ ހިމެނޭ ގޮތަށް ޖުމްލަ 83 ލަގްޒަރީ ޔުނިޓް އަޅަމުން އަންނައިރު އެތަންތަން އެޑްވާންސްކޮށް ވިއްކައި މީހުންގެ އަތުން ވަނީ ފައިސާ ނަގައިފަ އެވެ.
    ބައެއް މީހުން ބޮޑެތި ލޯނުތައް ނަގައިގެން ވެސް އެ ތަންތަނުން ފްލެޓް ގަތެވެ. ބޮޑު އިންޓަރެސްޓެއްގައި ލޯނު ދައްކަމުން، މިހާރު ކުއްޔަށް އުޅޭ ތަންތަނަށް ކުލި ދައްކަމުން، ބޮޑު ތަކުލީފެއް އުފުލަމުން ޖެހިފައިވާ ކަމަށް އެޕާޓްމަންޓް ގަތް މީހުން ބުނެފައިވެ އެވެ.
    އެޕާޓްމަންޓްތައް ނިންމައި ހަވާލުކުރާނެ ކަމަށް ބުނެ އެކި ތާރީހުތައް އެ މީހުންނަށް ޖާހު ކުންފުނިން ދިނެވެ. އެ ފްލެޓްތައް ނުނިމި ދިގުލައިގެން ގޮސް، އެ މީހުން މުޒާހަރާ ވެސް ކޮށްފައިވެ އެވެ.

ކޮންމެ އަންހެން ކުއްޖަކަށްވެސް ފެންވަރު ރަނގަޅު ތަޢުލީމާއި ޑިޖިޓަލް ހުނަރު ލިބޭނެ މާޙައުލެއް ޤާއިމުކ...

ސަމިޓް ވަރަށް ކާމިޔާބު! ދެން ކޮންމެ އަހަރަކު އޮންނާނެ

ޣައްޒާ މަންމައެއްގެ ރުއިމާއި އާދޭސް! 

Continue Reading

Previous: އެފްއޭއެމްގެ އަސާސީ ޤަވާޢިދު އިޞްލާޙްކުރާ ކޮންގްރެސް އަންނަ މަހު
Next: ސާފް ޗެމްޕިއަންޝިޕަށް ރާއްޖެއަށް ކޯޗަކު ހޯދަނީ

Related Stories

އެސްޓީއޯއިން ވަނީ ހިއްސާގެ ފައިދާވެސް ރޭ ޖަލްސާ ހިނގަމުންދަނިކޮށް ވަގުތުންވަގުތަށް ހިއްސާދާރުންނަށް ޖަމާކޮށްދީފަ.
  • ވިޔަފާރި

“އެސްޓީއޯ ހެއްސަށް ފަރޭސް!”

admin May 18, 2025
397995_d296cc1f-8_-1536x1024
  • ޚަބަރު

އެންމެންވެސް ޝާމިލުކުރުމުގެ ސަގާފަތެއް ގެންގުޅެންޖެހޭ: ރައީސް

admin May 16, 2025
images (1) (3)
  • ޚަބަރު

ސަމާލުވޭ! ކެންސަރު ފަރުވާއޭ ބުނެ ބޮޑު ފޭކެއް!!!

admin May 15, 2025

އިޝްތިހާރު

Advertisement
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.