ދުނިޔޭގެ ލީޑިންގ ލަގްޒަރީ ޓްރެވަލް މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ޕްރޮމޯޓް ކުރުމަށް ރިސޯޓް ލައިފް ޓްރެވަލް އިން ސްޕެއިނުގައި މިއަދު ވޯކްޝޮޕެއް ފަށައިފިއެވެ. މެޑްރިޑްގެ ފޯ ސީޒަންސް ހޮޓަލުގައި ކުރިޔަށްދާ މި ވޯކްޝޮޕްގައި ޔޫރަޕްގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އޭޖެންޓުންނާއި ޑެސްޓިނޭޝަން މެނޭޖްމަންޓް ކުންފުނިތައް ވަނީ ބައިވެރިވެފައެވެ.
ރިސޯޓް ލައިފް ޓްރެވަލް އިން ވަނީ ސްޕެއިނަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ޓްރެވަލް ޕެކޭޖުތަކަށް ވެސް އަލިއަޅުވާލާފައެވެ.
ރާއްޖޭގެ ރިސޯޓް ލައިފް ޓްރެވަލް އިން މިއަދު ވޯކްޝޮޕް ފެށިއިރު އިއްޔެ އަކީ ގްލޯބަލް ޓޫރިޒަމްގެ ބޮޑު އިވްނެޓު ކަމަށްވާ 46 ވަނަ އިންޓަނޭޝަނަލް ޓޫރިޒަމް ފެއާ ވެސް މެޑްރިޑްގައި ނިމުނު ދުވަހެވެ. މި ފެއާގައި 161 ގައުމަކުން 10،000 އަށް ވުރެ ގިނަ ކުންފުނި ބައިވެރިވިއެވެ.
މި ފެއާ އަށް ފަސް ދުވަހުގެ ތެރޭގައި 255،000 އަށް ވުރެ ގިނަ ފަރާތްތަކުން ޒިޔާރަތް ކުރިއެވެ.
