ރާއްޖޭގެ ރައީސަކު ފުރަތަމަ ފަހަރަށް އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭޝިއާ (އައިއައިޔޫއެމް)ގައި ތަގުރީރު  ކުރައްވައިފިއެވެ. ދުނިޔޭގައިވާ އެންމެ ބޮޑު އެއް އިސްލާމިކް ޔުނިވާސިޓީގައި އިއްޔެ ތަޤްރީރުކުރެއްވީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު އެވެ.   މިއީ ދުނިޔޭގެ ނުފޫޒުގަދަ ލީޑަރުންނަށް ވެސް ވަރަށް މަދުން ނޫނީ ނުލިބޭ ޝަރަފަކަށް ވާއިރު މީގެ ކުރިން ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބު އެއްދޮޣާން ވަނީ 2014 ވަނަ އަހަރު އެތަނުގައި  ތަޤްރީރު ކުރައްވާފައެވެ. އަދި 2017 ވަނަ އަހަރު ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދުގެ އިތުރުން މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަހާތީރު މުހައްމަދާއި މިސްރުގެ ކުރީގެ ރައީސް މުޙައްމަދު މުރުސީ އަށް ވެސް އެ ޕޯޑިއަމްގައި މީގެ ކުރިން ތަގްރީރު ކުރައްވަން ފުރުސަތު ލިބިވަޑައިގެންނެވިއެވެ. އިސްލާމީ ވެރިކަމާއި ތަރައްގީއަށް ރައީސް މުއިއްޒު ކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން، އިސްލާމިކް ލީޑަޝިޕް އެންޑް މަދާނީ ޑިވެލޮޕްމަންޓްގެ ޝަރަފުވެރި ޑޮކްޓަރ އޮފް ފިލޯސަފީ އައިއައިޔޫއެމް އިން ވަނީ އިއްޔެ ރައީސް ޑރ.މުޢިއްޒަށް އަރުވާފައެވެ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒަށް މިއަދު އައިއައިއެމްޔޫ ގެ ފަރާތުން އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަވް އަރުވަނީ. ރައީސް ސިފަކުރެއްވި ގޮތުގައި މި ޝަރަފަކީ މެލޭޝިޔާއާއި ރާއްޖެއާއި ދެމެދު އޮންނަ ވަރުގަދަ ދެގައުމުގެ ގުޅުމާއި އިސްލާމީ ޙަޟާރަތް ކުރިއެރުވުމަށް ޙިއްޞާކުރާ ރަމްޒެކެވެ. ރައީސްގެ ތަގުރީރުގައި ބައިބައިވެފައިވާ މުސްލިމް ޖަމާއަތްތައް އެއްބައިވަންތަކޮށް، ދީނީ އަދި ތައުލީމީ ގޮތުން މޮޅުކަން އާލާކުރާ އައިއައިޔޫއެމް ފަދަ މުއައްސަސާތައް ކުރިއެރުވުމަށް އޯއައިސީ ފަދަ ބައިނަލްއަގްވާމީ ޖަމިއްޔާތަކަށް ގޮވާލެއްވި އެވެ.
ސިއްރުން ރާއްޖެ އެތެރެކުރަން އުޅުނު 13.6 މިލިއަން ސިނގިރޭޓު ކަސްމަޓްސްއިން ރޭ އަތުލައިގެންފިއެވެ. މި ސިނގިރޭޓުތައް ކަސްޓަމަސްއިން އަތުލައިގަތީ، ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން...
އީ-ސިނގިރޭޓާއި ވޭޕް ބޭނުންނުކުރި ނަމަވެސް އެ ތަކެތި ގެންގުޅޭ ނަމަ އެ އެއްޗެއް އަތުލުމުގެ ބާރު ފުލުހުންނަށް ލިބޭ ގޮތަށް ދުންފަތް ކޮންޓްރޯލްކުރުމާ...

ދުންފަތް ކޮންޓްރޯލްކުރުމާއި ބެހޭ ގަވާއިދުތައް ތަންފީޒުކުރުމަށް ދުންފަތުގެ އިސްތިއުމާލު ކުރާ ތަންތަން ބަލާ ފަސްކުރުމާއި މިގަނޑުތަކަށް ފެތޭތޯ ބެލުމަށް ހާއްސަ އިންސްފެކްޝަންތަކެއް ކުރިއަށް...
މި މަހުގެ 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅުމަތީގައި ދިވެހި ޒުވާނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ....
ދިވެހިރާއްޖޭގައި އުފެދިފައިވާ ވިޔަފާރީގެ އާ ފުރުޞަތުތަކުގެ ބޭނުން ހިފައި، ދިވެހިރާއްޖެއަކީ މިހާރަށް ވުރެ ވަރުގަދަ، ވިޔާފާރިތަކަށް ފަހި އަދި މުސްތަޤުބަލަށް ތައްޔާރުވެފައިވާ ޤައުމަކަށް...
ދިވެހިރާއްޖެ އާއި މެލޭޝިއާ އާއި ދެމެދު މިހާރަށްވުރެވެސް ބޮޑަށް ގުޅިގެން މަސައްކަތްކުރުމަށް ޢަޒުމުކަނޑައަޅާފައިވާކަމަށް ދެ ޤައުމުން ހާމަކުރައްވައިފިއެވެ. މިކަން ހާމަކުރައްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު...
ރ. ފުއްގިރި ކުއްޔަށް ދިނުމުގައި ރިޝްވަތުގެ މުއާމަލާތެއް ހިންގިކަމަށް ދައުލަތުން ބުނާ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދިފާއުގައި ހެކިބަސް ނުދޭން...
މާލޭގެ އިމާރާތަކުން ޒުވާން އަންހެނަކު ވެއްޓުނު މައްސަލައިގައި ރިޔާސީ ކޮމިޝަނެއް އެކުލަވައިލެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ. ކޮމިޝަން އެކުލަވައިލައްވަން ރައީސް...
ގަރލްގައިޑްސް ހަރަކާތަކީ އިސްނެގުމާއި ޒިންމާދާރުވުމާއި އިންސާނީ ކުލުނުވެރިކަމުގެ މަދަރުސާއެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް، މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ...