Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ގަރލްގައިޑް – ޒިންމާދާރުވުމާއި ކުލުނުވެރިކަމުގެ މަދަރުސާއެއް: މެޑަމް ސާޖިދާ
  • ޚަބަރު

ގަރލްގައިޑް – ޒިންމާދާރުވުމާއި ކުލުނުވެރިކަމުގެ މަދަރުސާއެއް: މެޑަމް ސާޖިދާ

admin April 26, 2025
Screenshot_20250426-210854

ގަރލްގައިޑްސް ހަރަކާތަކީ އިސްނެގުމާއި ޒިންމާދާރުވުމާއި އިންސާނީ ކުލުނުވެރިކަމުގެ މަދަރުސާއެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް، މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ، މޯލްޑިވްސް ގަރލްގައިޑްސް އެސޯސިއޭޝަންގެ 2024 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

މިޖަލްސާ ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވީ ގަރލްގައިޑްސް ހަރަކާތަކީ ދިވެހީންގެ ދިރިއުޅުމުގެ ތެރޭގައި އޮތް ރަނގަޅު އިޖުތިމާޢީ އެތައް ސިފަތަކެއް ރަސްމީ ގޮތެއްގައި ދަމަހައްޓައިދޭ ވިޔުގައެއްކަމަށެވެ. އަދި ދިވެހީންގެ ރީތި ސަގާފަތާއި އާދަކާދައަށް ދިރުންދޭ ބައިވެރިއެއްކަމަށެވެ.

މި ހަރަކާތަކީ ކޮންމެ މުޖުތަމަޢަކަށްވެސް ބޭނުންތެރި މުހިންމު ހަރަކާތެއްކަމުގައި ފާހަގަކުރައްވައި ގަރލްގައިޑްސް ހަރަކާތަކީ އިސްނެގުމާއި ޒިންމާދާރުވުމާއި އިންސާނީ ކުލުނުވެރިކަމުގެ މަދަރުސާއެއްކަމުގައި އެކަމަނާ ވިދާޅުވިއެވެ.

މެޑަމް ސާޖިދާ ވިދާޅުވީ، ގަރލްގައިޑްސް ހަރަކާތް ބުނެދެނީ ކޮންމެ އަގަކީ ފައިސާއިން ލިބޭ އަގެއް ނޫންކަމަށާއި، ގަރލްގައިޑްސް ހަރަކާތުން އިންސާނީ ކަރާމާތުގެ އަގުގެ މަތިވެރިކަން ދަސްކޮށްދޭކަން ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ގަރލްގައިޑްސް ހަރަކާތުން ދޭދޭ ގުޅުންތަކުގެ އަގު ވަޒަންކުރަން އުނގަންނައިދޭކަމަށާއި، ވާޖިބު އަދާކުރުމާއި މަސްއޫލިއްޔަތު އުފުލުމުގައި އަވަދިނެތިވުމަކީ ކިހާވަރެއްގެ އުފަލެއްކަން މި ހަރަކާތުން އިޙްސާސްކޮށްދޭކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ.

އިންޑޮނޭޝިއާގައި މަތިންދާބޯޓެއް ވެއްޓި އެންމެން މަރު!

ޝައިޚް އަޒީބެ އަށް ސްޓްރޯކެއް ޖެހިއްޖެ، ހެދި ދުޢާ ކޮށްދީ!

އީރާނުން ޔުރޭނިއަމް މުއްސަނދިކުރުމުގެ މަސައްކަތް ހުއްޓާ ނުލާނެ ކަމަށް އެމެރިކާއަށް އަންގައިފި

Continue Reading

Previous: ލެވަންޑޯސްކީ އާއި ބަލްޑޭއަށް ފައިނަލްގައި ނުކުޅެވޭނެ
Next: ޔުމްނުގެ ކޭސް: ރައީސްގެ ޤަރާރަކުން ރިޔާސީ ކޮމިޝަނެއް، ލީޑް ކުރައްވާނީ ޑރ. މުނައްވަރު

Related Stories

26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
FAF06A0B-AD1B-4D65-AD4E-089BE99C6443
  • ޚަބަރު

ބިތުފަންގި ސާވޭ: ދެއިންތިޚާބު އެއްކޮށްލުމާއި މެޖޯރިޓީ ދެކޮޅު (ސާވޭގެ ނަތީޖާގެ ފުރަތަމަ 6 ގަޑިއިރު)

admin February 25, 2026
9E983EBC-9DA9-49DF-9821-2BB64A9A15A9
  • ޚަބަރު

ވެމްކޯ މުވައްޒަފު ވެއްޓުން: ކަންކަން ސިއްރުކުރަން ވެމްކޯއިން އުޅުނު ކަމަށް ބުނާ ވާހަކަ އަކީ ދޮގެއް – ވެމްކޯ

admin February 24, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.