Skip to content
Bithufangi

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ޑރ. މުޢިއްޒާއެކު މެލޭޝިއާ-ރާއްޖެ ގުޅުން މީގެކުރިން ނުފެންނަވަރަށް ވުރެ ބަދަހިވެއްޖެ
  • ޚަބަރު

ޑރ. މުޢިއްޒާއެކު މެލޭޝިއާ-ރާއްޖެ ގުޅުން މީގެކުރިން ނުފެންނަވަރަށް ވުރެ ބަދަހިވެއްޖެ

admin April 28, 2025
IMG_5142

ދިވެހިރާއްޖެ އާއި މެލޭޝިއާ އާއި ދެމެދު މިހާރަށްވުރެވެސް ބޮޑަށް ގުޅިގެން މަސައްކަތްކުރުމަށް ޢަޒުމުކަނޑައަޅާފައިވާކަމަށް ދެ ޤައުމުން ހާމަކުރައްވައިފިއެވެ.

Ginger Shot

މިކަން ހާމަކުރައްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މެލޭޝިއާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި މިއަދު، ދެ ޤައުމުން ބޭއްވެވި ގުޅިފައިވާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި، ދެ ޤައުމުން ހިއްސާކުރާ އުސޫލުތަކާއި އިޤްތިޞާދީ ދާއިރާއިންނާއި ބައިނަލްއަޤުވާމީ ސުލްޙައަށް ކުރާ މަސައްކަތްތަކުގައި އެއްބާރުލުން ދިނުމުގެ މައްޗަށް ވަނީ އަލިއަޅުއްވާލައްވާފައެވެ.

މި ބައްދަލުވުމުގައި ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ދެ ޤައުމުގެ ޒަމާންވީ ގުޅުން ބިނާވެފައިވަނީ، ދެ ޤައުމުން ހިއްސާކުރާ އިސްލާމީ އަޤީދާ އާއި އެއް ޤައުމުން އަނެއް ޤައުމަށް ކުރާ އިޙުތިރާމާއި، އިޙްސާންތެރިކަމުގެ ތަރަހައިގެ މަތީގައިކަމަށް ވިދާޅުވެފައެވެ.

އިޤްތިޞާދީގޮތުން ގުޅުންބަދަހިކުރުމަށް ކުރެވިދާނޭ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ރާއްޖޭގައި ވުނަކުރުމަށް ހުރި ފުރުޞަތުތަކަށް އިޝާރާތްކުރައްވާފައެވެ. އެގޮތުން އިޤްތިޞާދީ ޚާއްޞަ ސަރަޙައްދުގައްޔާއި ވިޔަފާރީގެ ދާއިރާގައްޔާއި މާލީ ދާއިރާގައްޔާއި ކަނޑުތަކުގެ ދާއިރާގައި ހުރި ފުރުޞަތުތަކުގެ ބޭނުންހިފުމަށް މެލޭޝިޔާގެ ވުނޭރުންނަށް ދަޢުވަތު ދެއްވައި، މި ފަދަ ފުރުޞަތުތައް މެދުވެރިކޮށް، ދެ ޤައުމުގެ ދެމެދުގައިވާ އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިކުރެވިދާނޭކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން، ފަލަސްތީނުގެ މައްސަލައިގައި މެލޭޝިއާއިން ގެންގުޅޭ ސިޔާސަތަށް ދިވެހިރާއްޖެއިން ތަޢުރީފުކުރައްވާކަން އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ. އަދި ދެ ޤައުމުގެ ލީޑަރުންވެސް ވަނީ، މިނިވަން ދައުލަތެއް ޤާއިމުކުރުމަށް ފަލަސްތީނުން ކުރާ ޙައްޤު ދައުވާއަށް ތާއީދުކުރެއްވުމުގައި ސާބިތުވެ ތިއްބެވިކަމަށް ވިދާޅުވެ، ޢަދުލުވެރިކަމާއި އަމަންއަމާންކަން ޤާއިމުކުރުމަކީ ދެ ޤައުމުންވެސް ހިއްސާކުރާ ޢަޒުމެއްކަން ހާމަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ދެ ޤައުމުން ހިއްސާކުރާ ތަސައްވުރުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައިވެއެވެ. އެގޮތުން، މަތީ ފަންތީގައި މަޢުލޫމާތާއި ޚިޔާލު ބަދަލުކޮށް، އެއްބާރުލުން އިތުރުކުރެއްވުމަށް އަމާޒުހިއްޕަވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ދަތުރުފުޅުގެ އިޖާބީ ނަތީޖާއާ މެދު ޔަޤީންކަން އޮތްކަން ހާމަކުރައްވަމުން އެމަނިކުފާނު ވަނީ، މި ދަތުރުފުޅުގެ ސަބަބުން ކުރިއަށް އޮތް އަހަރުތަކުގައި ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރާނޭ މަގު ކޮށިގެން ހިނގައްޖެކަމުގައި ވިދާޅުވެފައެވެ.

އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވެފައިވަނީ، ދިވެހިރާއްޖެ ދެމި އޮންނާނީ، ޤައުމީ އަދި ސަރަޙައްދީ ފެންވަރުގައި ތަރައްޤީ އާއި އަމަން އަމާންކަމާއި ހަމަޖެހުން ޤާއިމުކުރުމަށް، މެލޭޝިއާއިން ގެންގުޅޭ ތަސައްވުރު ހިއްސާކުރާ، މެލޭޝިއާގެ ޙަޤީޤީ ރަޙުމަތްތެރިއެއްގެ ގޮތުގައި ކަމަށެވެ.

ކުރީގެ ވެރިކަންތަކުގައި މުލިއާގޭގައި ރާ ޕާޓީ! ފައިސާ ދެއްކީ މުލީއާގޭ ބަޖެޓުން!

ޙައްޖު މިޝަންގެ މެމްބަރުންނާއި اسلامىކަންތަކާ ބެހޭ ވަޒީރު ބައްދަލުކުރައްވައިފި

ރައީސް މުޢިއްޒުގެ އަގުހުރި ޖިހާދަށް ތަޢުރީފް އޮހެނީ

Continue Reading

Previous: ގަދަކަމުން ހެކިބަސް ނަގަން ބޭނުން ނޫން: ޔާމީން
Next: މެލޭޝިއާގެ ވިފަޔާރިތަކަށް ރާއްޖޭގެ ތަރައްގީގައި ބައިވެރިވުމުގެ ދައުވަތު

Related Stories

397995_d296cc1f-8_-1536x1024
  • ޚަބަރު

އެންމެންވެސް ޝާމިލުކުރުމުގެ ސަގާފަތެއް ގެންގުޅެންޖެހޭ: ރައީސް

admin May 16, 2025
images (1) (3)
  • ޚަބަރު

ސަމާލުވޭ! ކެންސަރު ފަރުވާއޭ ބުނެ ބޮޑު ފޭކެއް!!!

admin May 15, 2025
491788612_1982428075618646_7354024399840022708_n
  • ޚަބަރު

މަޤާމުތަކުން ދުރުކުރުމުގެ ބާރު ރައްޔިތުންނަށް ދިނުމަށް ޤާނޫނު އިޞްލާޙުކުރަން ޖެހޭ: ރައީސް

admin May 15, 2025

އިޝްތިހާރު

Advertisement
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.