Skip to content
Bithufangi

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ރައީސްގެ ކޮމިޝަނަށް ބަދަލުތަކެއް
  • ޚަބަރު

ރައީސްގެ ކޮމިޝަނަށް ބަދަލުތަކެއް

admin April 28, 2025
IMG_5144

މި މަހުގެ 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅުމަތީގައި ދިވެހި ޒުވާނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އުފެއްދެވި، “2025 އެޕްރީލް 18 ވަނަ ދުވަހު މާލޭގައި ހިނގި ހާދިސާ ތަޙުޤީޤުކުރާ، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ކޮމިޝަން” އަށް ބަދަލުތަކެއް ގެނެސްފިއެވެ.

Ginger Shot

ރައީސް މި ކޮމިޝަން އުފެއްދެވީ މި މަހުގެ 27 ގެ ދަންވަރުގެ ވަގުތެއްގައެވެ. އެންމެފުރަތަމަ އެމި ކޮމިޝަނުގެ މެންބަރުންގެ ގޮތުގައި ހިމެނުނީ، ޑރ. މުޙައްމަދު މުނައްވަރު، ގ. ހަސަންކާރިގެ އާއި ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް އަޙްމަދު މުޙައްމަދު، ވ. އަލްމާން އަދި ޑރ. މުޙައްމަދު ޙަބީބު، ސ. ހިތަދޫ، ސީސަންމާ އެވެ.

” ިތުފަންގި” އަށް މައުލޫމާތު ލިބުނުގޮތުގައި ހަބީބް އިސްތިއުފާ ދީފައި ވަނީ އޭނާ އާއި މި މައްސަލައިގައި ތުހުމަތު ކުރެވޭ ރައުދު އަހުމަދު ޒިލާލް އާއި އާއިލީ ގުޅުން އޮންނާތީއެވެ.

މި ކޮމިޝަނަށް ބަދަލުތަކެއް ގެނެސްފައިވާކަން ހާމަކޮށް ރައީސް އޮފީހުން ބުނީ، 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ބަލައި، އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަޤިއްލު އަދި އިތުބާރު ހިފޭ ތަޙުޤީޤެއްކޮށް، އެ ހާދިސާގެ ޙަޤީޤަތް ހޯދައި، އެ ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހައިތަނަށް ކޮށްފައިވާ މަސައްކަތްތަކަކީ ކޮބައިކަން ބެލުމަށާއި، އެ މައްސަލައާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެ މައްސަލައިގައި ކަންހިނގައިފައިވާގޮތް އިންސާފުވެރިކަމާއި ޢަދުލުވެރިކަމާއެކީ ތަޙުޤީޤުކޮށް، ލަފާ ދިނުމަށް ޓަކައި، މި މަހު 27 ގައި އުފެއްދެވި ކޮމިޝަނަށް، ރައީސް ބަދަލުގެންނަވާފައިވާ ކަމަށެވެ.

މި ބަދަލުތަކާއެކު، ހަބީބްގެ ބަދަލުގައި ކޮމިޝަނަށް ޑރ. މޫސާ މުރާދު އައްޔަންކުރުމުގެ އިތުރުން، ތ. ވޭމަންޑޫ، މޫނިމާގޭ ޖަބީން މުޙައްމަދާއި ހ. ހަބަރުގެ އާމިނަތު އީނާސް ވަނީ އެ ކޮމިޝަނަށް އައްޔަންކުރައްވާފައެވެ. އެހެންކަމުން މި ކޮމިޝަނުގައި މިހާރު ފަސް މެމްބަރުން ތިއްބަވާނެއެވެ. އެއީ ރައީސް އެއްގެ ގޮތުގައި ޑރ. މުނައްވަރުވެސް ހިމަނައިގެންނެވެ.

ކޮމިޝަނަށަ އަލަށް އައްޔަންކުރެވުނު އީނާސް، ރައީސް ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ ރައީސްކަން ކުރައްވައި، މި ސަރުކާރުން އުފެއްދި ފުލެޓާއި ގޯއްޗާ ބެހޭ ކޮމިޓީގައި ވެސް ހިމެނިވަޑައިގަންނަވައެވެ.

ރައީސްގެ ގަރާރަކުން މި ޚާއްސަ ކޮމިޝަން އުފެއްދެވީ އެ ކޮމިޝަނަށް ބޮޑެތި ބާރުތަކެއް ލިބިދޭ ގޮތަށެވެ. މި ކޮމިޝަނާ މަތިކުރެވޭ މަސައްކަތްތައް ފުރިހަމަވެއްޖެ ކަމަށް ރައީސް ކަނޑައެޅުއްވުމާ ހަމަޔަށް ކޮމިޝަން ދެމިއޮންނާނެ ކަމަށް ރައީސްގެ ގަރާރުގައި ވެއެވެ.

ޙައްޖާޖީންގެ ޑެބިޓު ކާޑުގެ ލިމިޓު 2000 ޑޮލަރަށް އިތުރުކޮށްދިނުމަށް ރައީސް ނިންމަވައިފި

ދުންފަތް މަނާކުރަންވީ 2000 ގެ ޖީލަށް: ރައްޔިތުން

ހެސްކިޔާފަ ނަރުހުންގެ އަގު ވަޒަންކުރާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

Continue Reading

Previous: މެލޭޝިއާގެ ވިފަޔާރިތަކަށް ރާއްޖޭގެ ތަރައްގީގައި ބައިވެރިވުމުގެ ދައުވަތު
Next: Next Post

Related Stories

397995_d296cc1f-8_-1536x1024
  • ޚަބަރު

އެންމެންވެސް ޝާމިލުކުރުމުގެ ސަގާފަތެއް ގެންގުޅެންޖެހޭ: ރައީސް

admin May 16, 2025
images (1) (3)
  • ޚަބަރު

ސަމާލުވޭ! ކެންސަރު ފަރުވާއޭ ބުނެ ބޮޑު ފޭކެއް!!!

admin May 15, 2025
491788612_1982428075618646_7354024399840022708_n
  • ޚަބަރު

މަޤާމުތަކުން ދުރުކުރުމުގެ ބާރު ރައްޔިތުންނަށް ދިނުމަށް ޤާނޫނު އިޞްލާޙުކުރަން ޖެހޭ: ރައީސް

admin May 15, 2025

އިޝްތިހާރު

Advertisement
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.