އީރާނުގައި ބޮޑު ލޭއޮހޮރުވުމެއް ހިންގައި ޚާމަނާއީގެ ސަރުކާރު ވައްޓާލުމަށްޓަކައި ބޭރުގެ ޖާސޫސުންނާއި ގުޅިގެން އެތެރެކޮށްފައިވާ ގިނަ ޢަދަދެއްގެ ހަތިޔާރުތައް އީރާނުގެ އިންޓެލިޖެންސުން ހޯދައި،...
އެކަހަލަ ކަމެއް ފާހަގެ ކުރެވެންޏާ ކުންނާރު ފަތްމީ ވަރަށް ފައިދާބޮޑު އެއްޗެއް. ކުންނާރު ފަތުގެ ރޯ ހަތް ފަތް ތަޅާފަ ޗަސްކޮށްފަ، މިކްސްޗަރުން...
އިޒްރޭލުގެ ސިފައިން النصر ހޮސްޕިޓަލަށް ވަދެ ކަރުނަގޭސްޖަހައި ބަޑި ދިއްކުރުމަށް ފަހު ހޮސްޕިޓަލުގެ ހުރިހާ ސްޓާފުންނާއި ޑޮކްޓަރުން ހޮސްޕިޓަލުން ދިޔުމަށް މަޖުބޫރުކުރިކަމަށް ވެއެވެ....
ސްޓާލިންކު ސެޓްލައިޓުގެ ޖީޕީއެސް ޖޭމްކޮށްލުމަކީ ދުނިޔޭގެ ކޮންމެ ސެޓެލްއިޓެއް ޖޭމް ކޮށްލުމުގެ ފުރިހަމަ ބާރު އީރާނަށް ލިބިގެންވާ ކަމުގެ ހެއްކެއް އީރާނުގެ އަސްކަރިއްޔާގައި...
ހައްދުފަހަނަ އެޅި ޒައެނިސްޓު ދައުލަތް އަޑީގައި އޮވެ އީރާނުގެ ސަރުކާރާއި ދެކޮޅަށް ކުރި މުޒާހަރާގައި ހިމެނޭ ޔަހޫދީ އެޖެންޓެއް ކަމަށްވާ އުމުރުން 26...
އެމެރިކާ އާއި އެކު ހަނގުރާމަ އަކަށް ތައްޔާރު ވެފައިވާ ކަމަށް އީރާނުން އިންޒާރު ދިނުމުން ތެހެރާނުގެ މިސައިލް ކެޕޭސިޓީގެ ޙަޤީޤީ މިންވަރާއި މެދު ދުނިޔޭގައި ބަހުސްތައް އުފެދިއްޖެއެވެ. މިހާރު ޑިޕްލޮމެޓިކް އަދި ސަލާމަތީ ދާއިރާތަކުގައި އެންމެ ބާރަށް ދެކެވެނީ މި ވާހަކައެވެ. ތުރްކިޔޭގެ އެނަލިސްޓަކު ވެސް ރޭ މި ސުވާލު އުފައްދައިފިއެވެ. އޭނާ އުފެއްދެވި ސުވާލަކީ ދުނިޔޭގެ އެންމެ ދުރު ރާސްތާގެ މިސައިލް އީރާނުގެ އަތުގައި އޮތްތޯ، އަދި ނިއުކްލިއާ ޤާބިލްކަން ލިބިފައިވާ މިސައިލް އީރާނުން ހޯދީތޯއެވެ؟  އީރާނުން ބެލިސްޓިކް މިސައިލް ޕްރޮގްރާމެއް ވަރަށް ފުޅާ ކުރަމުންދާތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. އީރާނުން ބުނަނީ އެ މިސައިލް ތަކަކީ ހަމައެކަނި ދިފާޢީ ގޮތުން އުފައްދާ މިސައިލްތަކެއް ކަމަށެވެ. ނިއުކްލިއާ ހަތިޔާރު އުފައްދަން މަސައްކަތް ކުރާ ކަމަށް އީރާނުން ދެކޮޅު ހަދައެވެ. ނަމަވެސް ހުޅަނގުގެ ޖާސޫސުން ބުނަނީ އީރާނުން ނިއުކްލިއާ ބޮމެއް ހެދުމާއި ވަރަށް ކައިރީގައި އުޅޭ ކަމަށެވެ. މިދިޔަ އަހަރު ޖާސޫސުން ބުނީ “ނިއުކްލިއާ ހަތިޔާރު އުފައްދަން އީރާނަށް މިހާރު ބޭނުންވަނީ މަދު ހަފްތާތަކެއް” ކަމަށެވެ. އެހެން ކަމަށް ވަނީ ނަމަ މިހާރު ހުޅަނގުގެ އެ ވާހަކަތައް ޙަޤީޤަތަކަށް ވުމަކީ ކައިރި ކަމެކެވެ. ސަބަބަކީ މިދިޔަ އަހަރު އެމެރިކާ އާއި އިސްރާއީލް ގުޅިގެން އީރާނާއި ދެކޮޅަށް ކުރި 12 ދުވަހުގެ ހަނގުރާމައިގައި އީރާނުން ބުނީ، ހަނގުރާމަ ފެށުމުގެ ކުރިން އެމީހުންގެ ހަތިޔާރާއި ވަޞީލަތްތައް ވަނީ އެހެން ތަނަކަށް ބަދަލު ކޮށްފައި ކަމަށެވެ.  އެހެންކަމުން ސުވާލަކީ އީރާނުން މިހާރު ނިއުކްލިއާ ހަތިޔާރުގެ ޤާބިލްކަން ހޯދީތޯއެވެ؟ ނުވަތަ އެހެން ޤައުމަކުން (ޗައިނާއިން) އެކަމުގެ އެހީތެރިކަން ހޯދީތޯއެވެ؟  ސޯޝަލް މީޑިއާގެ ބައެއް ރިޕޯޓުތަކުން ދައްކާ ގޮތުގައި އީރާނުން ވަރަށް ސިއްރުން ޗައިނާ އިން ނިއުކްލިއާ ވޯހެޑް ޓެކްނޮލޮޖީ ހޯދާފައި އޮވެދާނެއެވެ. ނަމަވެސް މި ތުހުމަތަށް ބާރުދޭ ކަށވަރު ހެއްކެއް ނެތެވެ. ޗައިނާ އަކީ ބައިނަލްއަޤްވާމީ ނޮން ޕްރޮލިފަރޭޝަން އެއްބަސްވުންތަކުގައި ސޮއި ކޮށްފައިވާ ޤައުމެކެވެ. ކޮންމެޔަކަސް، އީރާނާއި ހަނގުރާމަ ކުރުމަކީ މިދަނޑިވަޅު އެމެރިކާ އަށް ރައްކާތެރި ކަމެއް ނޫން ކަމަށް ޚުދު އެމެރިކާގެ އެތެރޭގެ މަސްދަރުތަކުން އެބަ ބުނެއެވެ. އެހެންކަމުން އެމެރިކާ މިހާރު ތައްޔާރުވަނީ މަޝްވަރާ ކުރުމަށް ކަމަށް ވެއެވެ. ސުވާލަކީ، ނިއުކްލިއާ ބާރު ހުރި އެމެރިކާ އާއި ދެކޮޅަށް ހުރިހާ ގޮތަކުން ވެސް ހަނގުރާމަ ކުރުމަށް އީރާނުން ވަރަށް ފުރިހަމަޔަށް ތައްޔާރޭ ބުނާއިރު، އެކަމުގައި ތެހެރާނަށް ލިބިފައިވާ ޔަޤީންކަމަކީ ކޮބައިތޯއެވެ؟ 
އަންނި ހޫނު ފެނަށް ވެއްޓިއްޖެއޭ ބުނީމާ އެ ވާހަކައެވެ. ވެގެން އުޅޭ ގޮތަކީ ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ އީރާނުގެ ސަފީރު، ރައީސް ނަޝީދު...
ނޯތު ކޮރެއާ އިން އެމެރިކާގެ ދެފައިޓާ ޖެޓް ވައްޓާލައިފި ކަމަށް ބުނެފިއެވެ. ނޯތު ކޮރެއާގެ ޚަބަރުތައް ގެނެސްދޭ މަސްދަރަކުން ބުނާ ގޮތުގައި އެ...
އެމެރިކާއިން އީރާނުގެ ވެރިކަން ވައްޓާލުމުގެ ހުވަފެން ބަލަބަލައި ތިއްބާ އީރާނުގެ އަސްކަރިއްޔާ ނުކުމެ މުޒާހަރާ ކޮންޓްރޯލް ކޮށްފިއެވެ. މި މުޒާހަރާތައް އީރާނުން ކޮންޓްރޯލް...