Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • “ހޫނު ފެން އެއްޗަކަށް ރައީސް ނަޝީދު ވެއްޓި ޒަޚަމް ވެއްޖެ”
  • މީހުން

“ހޫނު ފެން އެއްޗަކަށް ރައީސް ނަޝީދު ވެއްޓި ޒަޚަމް ވެއްޖެ”

admin January 12, 2026
IMG_9290

އަންނި ހޫނު ފެނަށް ވެއްޓިއްޖެއޭ ބުނީމާ އެ ވާހަކައެވެ. ވެގެން އުޅޭ ގޮތަކީ ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ އީރާނުގެ ސަފީރު، ރައީސް ނަޝީދު އަށް ދެއްވި ވަރުގަދަ ރައްދެއްގެ ސަބަބުން ރައްޔިތު އެންމެން މިހާރު ދައްކަނީ އެ ވާހަކައެވެ. އެކި މީހުން ދައްކަނީ އެކި ފާޑުފާޑުގެ ވާހަކަތަކެވެ.

ވީ ގޮތަކީ، އިރާންގެ ސަރުކާރާ ދެކޮޅަށް ބޮޑެތި މުޒާހަރާތައް ކުރަމުންދާއިރު، އެކަން ހުއްޓުވަން އެ ގައުމުގެ ސަރުކާރުން ހަރުކަށި ފިޔަވަޅުތަކެއް އަޅަމުން ގެންދާ ދިއުމަށް އިޝާރާތްކުރައްވާ އެކްސްގައި ރައީސް ނަޝީދު ކުރެއްވި ޕޯސްޓެއްގައި، އީރާނުގެ ރައްޔިތުން މަގުމައްޗަށް ނިކުމެ ކުރަމުންދާ މުޒާހަރާތަކުގައި މުސްލިމް ގައުމެއްގެ ހައިސިއްޔަތުން އެ ގައުމުގެ ރައްޔިތުންނާއެކު ތިބެންޖެހޭ ކަމަށާއި ހިމާޔަތް ކުރަންވީ އެ ގައުމުގެ ސަރުކާރު ނޫން ކަމަށް ވިދާޅުވުމެވެ.

ނަޝީދު ވިދާޅުވެފައިވަނީ އީރާނުގެ ރައްޔިތުން ނުކުމެ ތިބީ އެތަކެއް ޒަމާނެއްވެފައިވާ ހިފެހެއްޓުންތަކުން ސަލާމަތްވެ، ދިރިއުޅުމުގެ އަގު އިންތިހާއަށް ގޮސްފައިވާތީ އެކަމުން މިންޖުވާން ކަމަށެވެ.

އީރާނުގެ ރައްޔިތުންނަކީ މުސްލިމުން ކަމަށް ވާއިރު، މުސްލިމުންނާއި ބައިނަލްއަގްވާމީ މުޖުތަމައުއިން ތިބެން ޖެހޭނީ އެ ރައްޔިތުންނާ އެކު ކަމަށާއި އޭގެ ބަދަލުގައި އީރާނުގެ ސަރުކާރު ހިމާޔަތް ކުރުމުގައި ނޫން ކަމަށް ނަޝީދު ވިދާޅުވެފައި ވެއެވެ.

ނަޝީދުގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން ލަންކާގައި ހުންނަ އީރާނުގެ އެމްބަސީގެ ރަސްމީ އެކްސް އެކައުންޓުގައި ޕޯސްޓެއްކޮށް ވަނީ ނަޝީދުއަށް ބަހުގެ ޙޫނު ހަމަލާތަކެއް ދިފައެވެ. “އެމަނިކުފާނު ހޫނު ފެން އެއްޗަކަށް ވެއްޓި ޒަޚަމްވީ އޭ” ދަންނަވަން ޖެހުނީ މި ސަބަބާއި ހެދިއެވެ.

އީރާނުގެ އެ ޕޯސްޓުގައި ވަނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އީރާނުގައި ހިނގި 12 ދުވަހުގެ ހަނގުރާމައިގައި ފެނިގެން ދިޔައީ ޒަޔަނިސްޓު އިސްރާއީލުން އެ ގައުމުގެ ސިޓީ ތަކަށާއި، އާންމު ރައްޔިތުންނަށް ދިން ނުރައްކާތެރި އަސްކަރީ ހަމަލާތަކެއް ކަމަށާ އެ ހަމަލާތަކުގައި އެގައުމުގެ ހާހަކަށް ވުރެ ގިނަ ފިރިހެނުންނާއި، އަންހެނުންނާއި ކުޑަކުދިން ޝަހީދުވެފައިވާ ކަމަަށެވެ.

މީގެ އިތުރުން އެ ހަމަލާއަކީ އެމެރިކާގެ ސީދާ އެހީތެރިކަމާއެކު ޒަޔަނިސްޓުން ދިން ހަމަލާއެއް ކަމަށް ބުނެ އެ ހަމަލާ އީރާނުގެ ސފީރު ސިފަކުރައްވާފައިވަނީ އިންސާނިއްޔަތާ ޚިލާފު ހަމަލާތަކެއްގެ ގޮތުގައެވެ. އަދި އެއީ އީރާނުގެ މަގުތަކުގައި ހަމަނުޖެހުން އުފައްދައި، އާންމު ސަލާމަތާއި ރައްކާތެރިކަން ނަގައިލުމުގެ މަކަރުވެރި ރޭވުމުގެ ތެރެއިން ހިނގި ޖަރީމާއެއް ކަމަށް ބުނެ އީރާުން ވަނީ މޮސާޑާ ގުޅުންހުރި ޓެރަރިސްޓް ގްރޫޕުތަކުން އީރާނުގެ މިސްކިތްތަކުގައި ހުޅުޖަހައި، ހޮސްޕިޓަލްތަކާއި، ބޭންކުތަކާއި މެޓްރޯ ސްޓޭޝަންތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާކަންވެސް ފާހަގަކޮށްފައެވެ.

އިރާނުގެ ހާލަތު ސަރީހަ އިބާރާތުން ސިފަކޮށްދިނުމަށް ފަހު އީރާނު ސަފީރުގެ އެ ޕޯސްޓު ނިންމާލަމުން ނަޝީދުއަށް ސުވާލެއް އަމާޒުކުރައްވާފައިވެއެވެ. އެގޮތުން އެފަދަ ޚާއްސާސު އަދި ނުރައްކާތެރި ހާލަތެއްގައި ނަޝީދު ހުންނަވާނީ ކޮން ފަޅިއެއްގައިތޯ އައްސަވައި ސުވާލެއް އަމާޒުކޮށްފައި ވެއެވެ.

އީރާނުގެ މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް އެ ޤައުމުގެ އަސްކަރިއްޔާ މިހާރުބވަނީ ނުކުމެ ވަރަށް ބޮޑަށް މުޒާހަރާތައް ކޮންޓްރޯލް ކޮށްފައެވެ.

ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުޙައްމަދު ޢާޠިފް ދެވަނަ ދައުރަކަށް ހޮވުމަށް ރައްޔިތުން ބޭނުންވަނީ ކީއްވެ...

މި މީހުން ދެން ފެންނާނީ ރިސޯޓް އޯނަރުންގެ ގޮތުގަ

އަބޫޢުބައިދާ ޝަހީދު ކޮށްލީ ކިހިނެއް؟

Continue Reading

Previous: ނޯތު ކޮރެއާ އިން އެމެރިކާގެ ދެފައިޓާ ޖެޓް ވައްޓާލައިފި
Next: އީރާނުން އެމެރިކާގެ ބޭސްތައް ފުނޑާލާވަރުގެ ނުރައްކާތެރި ހަތިޔާރު ހޯދައިފިކަމަށް ބުނެ އެމެރިކާ ފަހަތަށް ޖެހެނީ

Related Stories

C87CAEA1-7913-446C-BA9D-01FE7A6B07C8
  • ރިޕޯޓް
  • މީހުން

ޚާމަނާއީ މަރުވީ ހެދުނު ޅައެއްޗަކުން

admin March 1, 2026
EA64B403-8B89-4F88-B8DA-8C15867B0D0A
  • މީހުން
  • ޚަބަރު

މުރުތައްދުވިކަމަށް ބުނާ އާމިރަށް ފިޔަވަޅު އަޅަން ނިންމައިފި

admin February 24, 2026
E4B42E06-719E-4946-9537-80AB688D57A7
  • މީހުން
  • ޚަބަރު

ނަތަންޔާހޫގެ އަނބިކަނބަލުން ސާރާ ވައްކަންކުރާ މައްސަލައިގައި ބޭޒާރުވެއްޖެ

admin February 7, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.