Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • އީރާނުގެ ވެރިކަން ވައްޓަލުމަށް އެތެރެކޮށްފައިވާ އެމެރިކާގެ ހަތިޔާރުތައް އަތުލައިގެންފި
  • Uncategorized

އީރާނުގެ ވެރިކަން ވައްޓަލުމަށް އެތެރެކޮށްފައިވާ އެމެރިކާގެ ހަތިޔާރުތައް އަތުލައިގެންފި

admin January 13, 2026

އީރާނުގައި ބޮޑު ލޭއޮހޮރުވުމެއް ހިންގައި ޚާމަނާއީގެ ސަރުކާރު ވައްޓާލުމަށްޓަކައި ބޭރުގެ ޖާސޫސުންނާއި ގުޅިގެން އެތެރެކޮށްފައިވާ ގިނަ ޢަދަދެއްގެ ހަތިޔާރުތައް އީރާނުގެ އިންޓެލިޖެންސުން ހޯދައި، ސީއައިއޭ އާއި މޮސާޑުގެ ރޭވުން ފްލޮޕް ކޮށްލައިފި ކަމަށް އެ ޤައުމުން ބުނެފިއެވެ.

އިސްލާމިކް ރިޕަބްލިކްގެ ޖާސޫސީ އިދާރާއިން ބުނީ ހަތިޔާރުތައް ފެނުނީ ގެތަކުގައާއި ތަންގަނުގައި ރައްކާކޮށްފައި ހުއްޓާ ކަމަށާއި، އެތަކެއްޗަކީ އެމެރިކާގެ އުފެއްދުންތަކެއް ކަމަށެވެ. ނަމަވެސް މިކަމާއި ގުޅިގެން އެމެރިކާއިން ވަކި އެއްޗެއް އަދި ނުބުނެއެވެ. ފެނުނު ތަކެތީގެ ތެރޭގައި ބަޑިއާއި ފިސްތޯލަ އާއި ވަޒަނާއި އިމްޕްރޮވައިޒްޑް އެކްސްޕްލޮސިވް ޑިވައިސްސް (އައިއީޑީ) ފަދަ ތަކެތި ހިމެނެއެވެ.

އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަޣްޖީ ހާމަކުރެއްވި ގޮތުގައި، އީރާނުގައި މުޒާހަރާތައް ކުރިޔަށް ގެންދަންވީ ގޮތުގެ ފޯންކޯލް ރިކޯޑިންތަކެއް ވެސް ވަނީ ހޯދާފައެވެ. އެ ރެކޯޑިން ތަކަކީ ބޭރުގެ ފަރާތްތަކުން ކޮށްފައިވާ ކޯލުތަކެކެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ އީރާނުން މި ހަތިޔާރުތައް އަތުލައިގަތްއިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މުޒާހަރާގެތެރޭގައި ޙަމަލާތައް ދޭން ފަށައިފި ނަމަ އެމެރިކާ އިން މުޒާހަރާގެ ތެރެއަށް ވަންނާނެ ކަމަށެވެ. އެހެންކަމުން އީރާނުން ސިފަ ކުރަނީ، އިންޓެލިޖެންސުން ހޯދާފައިވާ މި ހަތިޔާރުތަކަކީ އެމެރިކާގެ މި ދެންނެވި ޕްލޭނާއި ގުޅިފައިވާ ހަތިޔާރު ތަކެކެވެ.

އެމެރިކާ އިން މިހާރު ވަނީ އީރާނަށް އިތުރު ދަތިކުރުމުގެ ފިޔަވަޅުތަކެއް ވެސް އަޅާފައެވެ. އީރާނާއެކު ވިޔަފާރިކުރާ ކޮންމެ ގަޤަމަކުން 25 ޕަސެންޓްގެ ޓެރިފް ނަގާނެ ކަމަށް އެމެރިކާ އިން ވަނީ ބުނެފައެވެ.

އީރާނުގައި ކުރަމުންދާ މުޒާހަރާގައި މަރުވި މީހުންގެ އަދަދު މަދުވެގެން 646 މީހުންނަށް އަރާފައި ވެއެވެ.

ވަކިވަކި ނޫސްވެރިން ޖޫރިމަނާ ނުކުރެވޭ ގޮތަށް މީޑިއާ ބިލް މަޖިލީހުން ފާސްކޮށްފި

ރާއްޖެއަށް ޕްރެޝަރު ކުރުމަށް ޣައްޒާއަށް އަޅުގަނޑުމެން ނުވަންނާނަން: އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިނ...

ފުރަތަމަ ކުއާޓަރުގައި ރާއްޖޭގެ އެއްވަނަ ކުންފުންޏަކީ އެމްއޭސީއެލް

Continue Reading

Previous: ކުންނާރު ފަތަކީ ސިހުރާއި އެސްފީނާ އަށް ފަރުވާއެއް
Next: ޗަމްޕާގެ ހުރިހާ ރިސޯޓެއްގެ މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދޭން ފަށައިފި

Related Stories

0222BF4A-6DA6-46CD-AAA9-42427C41E9CD
  • Uncategorized

މިޞްރުގެ ޖަލުން ސިޓީ އެއް

admin January 19, 2026
2A81CD2A-B2BB-4AEB-8470-DEF6B845F78A
  • Uncategorized

ޤަތަރު ބޭސްގައި ތިބި އެމެރިކާ ސިފައިން ބިރުން އެތަން ދޫކޮށް ފިލަން ފަށައިފި

admin January 14, 2026
IMG_9125
  • Uncategorized

ލަންކާ އާއި ރާއްޖެއާއި ދެމެދު ވިސާއާއި ވޯކްޕާމިޓް އުވާލަންވީ – ނަޝީދު

admin January 8, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.