އެކަހަލަ ކަމެއް ފާހަގެ ކުރެވެންޏާ ކުންނާރު ފަތްމީ ވަރަށް ފައިދާބޮޑު އެއްޗެއް. ކުންނާރު ފަތުގެ ރޯ ހަތް ފަތް ތަޅާފަ ޗަސްކޮށްފަ، މިކްސްޗަރުން ވިޔަސް ފެންބާލިދީ އަކަށް ގިރުވާފަކިޔަވާފަ އެފެނަށް ކިޔަވާނީ ސޫރަތުލް ފާތިޙާ، އިޚްލާޞް، ފަލަޤި، ނާސި ތިންސޫރަތް އާޔަތުލް ކުރުސި، އަލްކާފިރޫން ސޫރަތް ކިޔަވާނީ އެއަށް އެފެނަށް، ކައިރީ ބަހައްޓައިގެން ކިޔަވާފަ ފުމޭނީ ނޫނީ އަނގައިން ވައި ބޭރުވާ ހިސާބުގައި ބަހައްޓައިގެން ކިޔަވާނީ ތަކުރާރުކޮށް ކޮންމެތަނެއް ތިންފަހަރު ކިޔަވާފަ ދެން އެއިން ފެންވަރާނީ އެތިކޮޅެއް އެއިން ބޯލާފައި، ފެންވަރާ ހަތްދުވަސް ވަންދެން . ދެމަފިރިންގެ މައްސަލަތަކާއި، ސިހުރު މައްސަލަތަކަށް އެންމެ ފައިދާބޮޑު އެއްޗެއް ކުންނާރުފަތުގެ ފެނަކީ!
– ޝައިޚް އަޙްމަދު ސަމީރު –
