އެމެރިކާގެ އޮފިޝަލުންނާއި އޯޕަން ސޯސް ޓްރެކިން އިން ދައްކާ ގޮތުގައި އީރާން ކައިރީގައި އޮންނަ ގަލްފް ސަރަހައްދަށް އެމެރިކާގެ ބާރުގަދަ ކަނޑުގެ ލަޝްކަރު ވަދެއްޖެއެވެ. ބާރު ގަދަ ކުރުރާސްތާ އާއި ދުރު ރާސްތާ މިސައިލްތަކާއި، އެއާ ޑިފެންސް ސިސްޓަމް ތައް ވެސް ހިމެނޭ، އަދި އެތައް ބައިވަރު ބޮން އަޅާ ޖެޓްތަކާއި އެކު މެދުއިރުމައްޗަށް މިހާރު ވަދެގެން އުޅެނީ ޔޫއެސްއެސް އަބްރަހަމް ލިންކަން އެއާކްރާފްޓް ކެރިއާ ސްޓްރައިކް ގްރޫޕެވެ.

ނުރަސްމީ މަސްދަރުތައް ބުނާ ގޮތުގައި އެމެރިކާގެ ކަނޑާއި ވައިގެ އަސްކަރިއްޔާ މިހާރު ވަނީ އީރާނުގެ ކަނޑުގެ ސަރަހައްދުގައި އެމެރިކާގެ ސެންޓްރަލް ކޮމާންޑްގެ އޮޕަރޭޝަންތަކަށް އެހީތެރިވުމަށް ތައްޔާރު ވެފައެވެ. އަރަބި ގަލްފުގައި ހަރަކާތްތެރިވާ އެމެރިކާގެ އިތުރު ހަނގުރާމަ މަނަވަރުތައް ވެސް ވަނީ މި ފައުޖާއި ގުޅިފައެވެ.
އީރާނުން ބުނީ އެ ޤައުމަށް ހަމަލާއެއް ދީފި ނަމަ ހުރިހާ ގޮތަކުން ވެސް އެމެރިކާ އާއި ކުރިމަތިލާނެ ކަމަށެވެ.
އެމެެރިކާގެ މި ފައުޖުން އީރާނަށް ޙަމަލާ ދޭނީ ސެންޓްރަލް ކޮމާންޑުން އަންގައިފި ނަމައެވެ.
