Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ކައިވެނިކުރަން އައި މީހަކަށް ގުޅިއޭ ކިޔައި އޮޅުވާލައިގެން ފަނޑިޔާރެއްގެ ޒިންދަގީ ދުއްވައިލި ވާހަކަ…
  • މީހުން
  • ޚަބަރު

ކައިވެނިކުރަން އައި މީހަކަށް ގުޅިއޭ ކިޔައި އޮޅުވާލައިގެން ފަނޑިޔާރެއްގެ ޒިންދަގީ ދުއްވައިލި ވާހަކަ…

admin August 13, 2025
D1DCD6DD-54C3-4673-985C-A273F77AE13A

އެމް.ޑީ.ޕީ ގެ ވެރިކަމުގެ ދުވަސްވަރު ހދ.ޖުޑީޝަލް ދާއިރާގެ ކުރީގެ އިސް މެޖިސްޓްރޭޓު އަލްއުސްތާޛު ޢަލީ އާދަމް ގެ މައްޗަށް އެމް.ޑީ.ޕީ ގެ އެކްޓިވިސްޓުންގެ މެޖޯރިޓީޗއޭރު އޮތް ޖޭ.އެސް.ސީ އިން ބެލި ސުލޫކީ މައްސަލަތަކަކީ ސިޔާސީ ބޭނުމުގައި ޖޭ.އެސް.ސީ.ގައި ސިޔާސީ އެކްޓިވިސްޓުން ތިބެގެން ޖިނާޢީ ދަޢުވާ އަކަށް ފިލައިގެން އުޅުނު މީހަކު ރިޔާސަތުގައި އިސްކޮށް ހުރެގެން ތަޙްޤީޤުކުރުމުގެ ހަމަތަކާއި، އުޞޫލުން ބޭރުން ކުރި ތަޙުޤީޤަކުން އެޅި ފިޔަވަޅުތަކެއްކަމަށް އުސްތާޛު ޢަލީ އާދަމް އޭނާގެ އެފް.ބީ ގައި ޢާއްމުކުރައްވައިފިއެވެ.

މިއީ އުސްތާދު ޢަލީ އާދަމް ގެ މައްޗަށް ޖޭ.އެސް.ސީ އިން އަޅާފައިވާ ފިޔަވަޅުތަކާއި މެދު މިހާ ތަފްޞީލްކޮށް މީޑިއާގައި އޭނާ އެއްޗެއް ހާމަ ކުރެއްވި ފުރަތަމަ ފަހަރުކަން ފާހަގަކުރެވެއެވެ. އޭނާގެ ލިޔުއްވުމުގައި ބަޔާންކުރައްވާފައިވަނީ ، ޖިނާޢީ ކުށެއްގެ ތުހުމަތު ކުރެވިފައި ނުވާ ކަމެއްގައި 27 އަހަރު ޒިންމާދާރު މަޤާމުތަކުގައި ދައުލަތަށް ޚިދުމަތްކޮށްފައި ވަނިކޮށް މަޤާމުގައި ބަހައްޓައިގެން ޢަބުރުކަތިލާ ހެދުމަށް ފަހު އެއްވެސް އިނާޔަތެއް ނުލިބޭ ގޮތަށް ( އަދި ޕެންޝަނަށް ކެނޑި އެއްޗަކުން ވެސް އެއްޗެއް ނުލިބޭ ގޮތަށް) ވަޒީފާއިން ވަކިކުރި އިރު ދިފާޢު ގައި ދެއްކި އެއްވެސް ވާހަކައަކަށް ތަޙުޤީޤުކުރި ފަރާތުންރިޢާޔަތްކުރައްވާފައި ނުވާކަމަށާއި

ސެކިއުލަރ ފިކުރުގެ ސިޔާސީ އެކްޓިވިސްޓުން ގޮތުގައި ހިމެނޭ ލާދީނީ ބަޔަކު ތަޙުޤީޤު ކޮމެޓީ ގައި އިސްކޮށް ތިބުމާއެކު އެއްވެސް ވަރެއްގެ އިންސާނިއްޔަތުކަމެއް އެއިން މީހެއްގެ ހިތުގައި ނެތްކަމަށާއި ، އޭނާއަކީ އަންބަކާއި 3 ދަރިންގެ ބަލަހައްޓާ މީހަކަށް ވީއިރު އަނބި ދަރިންނަށް ނަފްސާނީ ގޮތުން ލިބެމުން ދިޔަ ގެއްލުމާއި ހިތާމައިގެ ދިފާއުގައި އެއްޗެއް ބުނާނެ ފުރުޞަތެއް ވެސް އޭރު ލިބި ދީފައި ނުވާކަމަށް ކުރޯގެ ފަނޑިޔާރު ވިދާޅުވިއެވެ،

ހުރިހާ ކަމެއް ކުރިއިރު އިތުރަށް ސުލޫކީ ވެދާނެތީވެ ހިމޭނުން ހުރުން ނޫން ގޮތެއް އޭރަކު ނެތްކަމަށާއި ޖޭ އެސް ސީ.އާއި މަޖިލީހުގެ ކޮންޓްރޯލް އެމް.ޑީ.ޕީ.ގެ މެޖޯރިޓީ އޮވެފައި އޭރުގެ ޖޭ.އެސް.ސީ.ގެ ރައީސް ހިސާން ޙުސައިނު އަކީ މަޖިލީހުގެ މެންބަރަކަށް ވެފައި އޭނާގެ ފިރިކަލުން ނަކީ ވެސް މަޖިލީހުގެ މެންބަރަކަށް ވުމުން ރައްޔިތުންގެ މަޖިލީހުން ވެސް ފަނޑިޔާރުކަމުން ވަކިކުރުމުގައި އިސްކޮށްފައިވަނީ ،ޕާޓީ ސިޔާސަތާއި ޖޭ އެސް ސީ.ގެ ނިންމުމެވެ. އިޖުރާއަތް ފުރިހަމަ ކުރިކަމަށް ނިންމި އިރު ފުރިހަމަ ކުރި ގޮތެއް ނުބަލައެވެ. މަޖިލީހަށް ޙާޟިރުކުރި ނަމަވެސް ވާހަކަ ދެއްކުމަށް ބޭނުންވާކަމަށް އަތް އުފުލަމުން ދަނިކޮށް ފުރުޞަތު ނުދެއްވާ އަޑުއެހު ނިންމާލެއްވީކަމަށް ކުރީގެ އިސް މެޖިސްޓްރޭޓް ވިދާޅުވިއެވެ.

ޢަލީ އާދަމް ފާހަގަކުރެއްވީ “ރިތާސަތުގައި އިންނެވީ އެމް.ޑީ.ޕީ.ގެ އެކްޓިވިސްޓް އެމް.ޕީ.މަވޯޓާ ޝަރީފް” އެވެ. އިތުރު ފުރުޞަތަކަށް އެދުނު ނަމަވެސް ފުރުޞަތެއް ނުދެއްވާ ވަކިކުރެއްރީ ޙައްެޤުވާ އަހަރީ ޗުއްޓީ ގައި ހުންނަވަނިކޮށްކަމަށާއި ޙައްޤުވާ އަހަރީ ޗުއްޓީ އާއި މުސާރަ އަކީ ވެސް ލިބެންޖެހޭ ޙައްޤެއް ކަމަށް. ވިދާޅުވިއެވެ. 27 އަހަރު ވަންދެން ސަރުކާރަށް ޚިދުމަތް ކުރުމުން ލިބެންޖެހޭ ޕެންޝަނެއްވެސް އޭނާ އަކަށް ނުލިބޭ ގޮތަށް އެމްޑީޕީ ސަރުކާރުން ވަނީ ހަދާފައެވެ.

މިސަބަބުތައް މިގޮތަށް ހުރުމުން ޑރ.މުޢިއްޒު ގެ ވެރިކަމުގައި އިންޞާފު ލިބޭނެކަމަށް އުއްމީދުކޮށް އެމަނިކުފާނު ވެރިކަމަށް ގެނައުމަށް ކުރެވުނު ހުރިހާ ގޮތަކުން މަސައްކަތް ކުރެއްވިކަމަށާއި އެމަސައްކަތްކުރެއްވީ އެކަނި ނޫންކަމަށާއި ، މުޅި އާއިލާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ބިތުފަންގި އާއި ވާހަކަ ދައްކަވަމުން އުސްތާޛް ޢަލީ އާދަމް ވިދާޅުވިއެވެ.

”ޕެންޝަން ފައިސާ މުސާރައިން ބަރާބަރަށް ކެނޑި. އެކަމަކު ވަޒީފާއިން ނުޙައްޤުން ކަނޑައިލީ ޙިސާނުމެން އަޑީގައި ތިބެގެންކަން އަޅުގަނޑަށް އެނގޭ. ސީދާ މި މައްސަލައިގައި ޙިސާނުމެން އެ ބުނާ އަންހެން މީހާ އަޅުގަނޑުގެ ގާތުގައި އެބަ ބުނޭ ތިމަންނާ މައްސަލައެއް ޖެއްސީ ނޫންކަމަށާއި ފިރިމީހާ ބޮލަށް އެރިގެން ޙިސާނު މެދުވެރިކޮށް ކުރުވި ކަމެއްކަން މިއީ… އަނެއްކާ އަޅުގަނޑު ދުވަހަކުވެސް އެ އަންހެން މީހާގެ ގާތު ވަކި ގޮތަކަށް މައްސަލަ ނިންމައިދޭނަމޭ އަދި އެފަދަ އިޝާރާތެއްވެސް ނުދެން. އޭނާ އަޅުގަނޑަށް މައްސަލައާއި ބެހޭ ގޮތުން ގުޅީމާ އަޅުގަނޑު އަބަދުވެސް ދެމުން އައީ ކައިވެނި ރޫޅަނުލައި ޞުލްޙަވެރިކަމާއެކު ފިރިމީހާ އާއި އެކީ އުޅެވޭތޯ މަސައްކަތްކުރުމަށް.. މިހާރު ވެސް ތިބޭފުޅުން އައްސަވާ….” ޢަލީ އާދަމް ވިދާޅުވިއެވެ.

ނަމަވެސް ޖުޑިޝަރީގެ މަތީ ފަޑިން ޢަލީ އާދަމް ފަނޑިޔާރުކަމުން ވަކިކުރެއްވީ ފަނޑިޔާރަކު މައްސަލައަކާއިގެން އަންނަ މީހަކާއެކު ދައްކަން ނުޖެހޭ ބީދައިން ވާހަކަ ދެއްކި ކަމަށް ބުނެ އެއްވެސް ހެއްކަކާއި ނުލައި ދޮގު ބަޔާންތަކެއްގެ މައްޗަށް ކަމަށް ޢަލީ އާދަމް ތުހުނަތު ކުރައްވައެވެ.

މީރާއިން ނެތުނު ޓެކްސް ނުދައްކާ މީހުންނާއި ކުންފުނިތަކުގެ ލިސްޓު މިއޮތީ!

ފާޓިލިޓީ ސެންޓަރުގައި އައިވީއެފް މެދުވެރިކޮށް ފުރަތަމަ ފަހަރަށް ކުއްޖަކު އުފަންވެއްޖެ

ފުޓްސަލްގައި އެންމެ މޮޅީ ދިވެހިން، އެކަމަކު ލަނޑު ޖެހުމުގެ ރޭޓް ދަށް ވާން ފަށައިފި

Continue Reading

Previous: ނުޙައްޤުން މުއްސަނދިކަން ހޯދި މީހުންގެ ލިސްޓު ހޯދައިފި
Next: ޝޭޚު ފަރީދުގެ ޠައިބާ – ތަޖުރިބާ ވަރަށް ތަފާތު!

Related Stories

439866_3_9d09d82fd5e55170cf752389b9586598fd99a499 (1)
  • ޚަބަރު

ރައްޔިތުންގެ ވިންދާއި އެއްގޮތަށް އިސްތިއުފާ ދެއްވި 10 ވަޒީރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ޝުކުރު

admin April 14, 2026
26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
C87CAEA1-7913-446C-BA9D-01FE7A6B07C8
  • ރިޕޯޓް
  • މީހުން

ޚާމަނާއީ މަރުވީ ހެދުނު ޅައެއްޗަކުން

admin March 1, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.