Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ފާޓިލިޓީ ސެންޓަރުގައި އައިވީއެފް މެދުވެރިކޮށް ފުރަތަމަ ފަހަރަށް ކުއްޖަކު އުފަންވެއްޖެ
  • ޚަބަރު

ފާޓިލިޓީ ސެންޓަރުގައި އައިވީއެފް މެދުވެރިކޮށް ފުރަތަމަ ފަހަރަށް ކުއްޖަކު އުފަންވެއްޖެ

admin January 7, 2026
IMG_9118

ފޮޓޯ: ރައީސް އޮފީސް

ދަރުމަވަންތަ ހޮސްޕިޓަލުގައި ގާއިމްކޮށްފައިވާ ނެޝަނަލް ފާޓިލިޓީ ސެންޓަރުގައި އައިވީއެފް ހަދައިގެން ފުރަތަމަ ފަހަރަށް ދަރިއަކު އުފަންވެފައިވާ ކަމަށް މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް މިއަދު ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާ “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ހަލީމް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުގެ ނޭޝަނަލް ފާޓިލިޓީ ސެންޓަރުގައި “އައިވީއެފް” މެދުވެރިކޮށް ފުރަތަމަ ފަހަރަށް ކާމިޔާބު ކަމާއެކު ދަރިއަކު އުފަންވި ހަބަރު އެއްސެވީ އުފަލާ އެކުގައި ކަމަށެވެ.

އެެއީ  ރާއްޖޭގައި ދަރިމައިވުމުގެ ސިއްހަތާގުޅޭ ފަރުވާ ހޯދަމުން އަންނަ އާއިލާތަކަށް ލިބުނު އުއްމީދެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

“މާތް ﷲގެ މިންވަރުފުޅާއެކު ލިބުނު މި ތާރީހީ ކާމިޔާބީއަކީ ރާއްޖޭގައި ދަރިމައިވުމުގެ ސިއްހަތާގުޅޭ ފަރުވާ ހޯދަމުންދާ އާއިލާތަކަށް ލިބުނު އުއްމީދެއް. މި ފުރުސަތުގައި، މި މަސައްކަތުގައި ޝާމިލްވި މި ހޮސްޕިޓަލުގެ ނޭޝަނަލް ފާޓިލިޓީ ސެންޓަރުގެ ޓީމަށާއި އެޓީމަށް ތަފާތު ގޮތްގޮތުން އެހީތެރިވި އެހެނިހެން ޑިޕާޓްމަންޓުތަކަށް ޝުކުރާއި މަރުހަބާ ދަންނަވަން. އެބޭފުޅުންގެ މިންނެތް މަސައްކަތަށް އަޅުގަނޑުމެން ފަހުރުވެރިވަން، އެކްސްގައި ކުރެއްވި ޕޯސްޓްގައި ހަލީމް ވިދާޅުވި އެވެ.

އައިވީއެފްގެ ހިދުމަތް ހޯދުމަށް ރާއްޖެއިން ބޭރުގައި ގިނަ ދުވަސްތަކެއް ހޭދަކުރަންޖެހުމަކީ، މާލީ ގޮތުންނާއި ނަފްސާނީ ގޮތުން ދިވެހި އާއިލާތައް އުފުލަމުންދިޔަ ބޮޑު ތަކުލީފެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެކަމަށް ދާއިމީ ހައްލެއް ހޯދަން ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް، 15 ނޮވެންބަރ 2024 ގައި ރަސްމީކޮށް ހުޅުވި ނެޝަނަލް ފާޓިލިޓީ ސެންޓަރަކީ ދިވެހި އާއިލާތަކަށް ލިބުނު ބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ކަމަށް ވެސް ހަލީމް ވިދާޅުވި އެވެ.  

މިދިޔަ އަހަރު ރިޔާސީ ބަޔާން އިއްވަވަމުން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، ދަރިމައިނުވުމުގެ މައްސަލައިގައި، ދޭންޖެހޭ ފަރުވާ ރާއްޖެއިން ނުލިބުމަކީ ހިތާމަވެރި މައްސަލައެއްގެ ގޮތުގައި ސިފަކުރައްވައިފަ އެވެ. 

މިއީ ތާރީހީ ކާމިޔާބީއެއް ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

މިއީ ރާއްޖޭގައި ދަރިމައިވުމުގެ ފަރުވާތައް ކުރިއެރުވުމާއި ދަރިން ހޯދުމަށް އެދޭ އާއިލާތަކަށް އާ އުއްމީދެއް ހޯދައިދިނުމަށް ކުރަމުން އަންނަ މަސައްކަތުގައި ވެސް ލިބުނު ކުރިއެރުމެއް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

މި ކާމިޔާބީ ހާސިލް ކުރުމުގައި އަންހެނުންގެ ހާއްސަ ޑޮޮކްޓަރުންނާއި އެމްބްރޮލޮޖިސްޓުން އަދި ހޭނައްތާ ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން ސެންޓަރުގެ މުވައްޒަފުންގެ މަސައްކަތް އައިޖީއެމްއެޗުން ފާހަގަ ކުރެ އެވެ.

ބޭސް ރޭޓުގައި މަސްވެރިންނަށް ތެޔޮ ފޯރުކޮށްދޭ ޝެޑުތައް ބަހައްޓަން ފަށައިފި

ހީކުރި ވަރަށް ވުރެ ރާއްޖޭގެ ރަސްމީ ރިޒާވް އިތުރުވެއްޖެ

ލީކު: ޣައްޒާ އަކީ އެމެރިކާގެ ވަގުތީ ސްޓޭޓަކަށް ހަދަން މަސައްކަތް ކުރަނީ

Continue Reading

Previous: 294937 މީހުންނާއެކު، ވޯޓުލުން ހައްގުވާ މީހުންގެ ލިސްޓު އާންމުކޮށްފި
Next: ލަންކާ ރައްޔިތުންނަށް ވިސާ ދިނުން ހަރުކަށިކުރަން ޖެހިދާނެ ކަމުގެ އިންޒާރެއް!

Related Stories

439866_3_9d09d82fd5e55170cf752389b9586598fd99a499 (1)
  • ޚަބަރު

ރައްޔިތުންގެ ވިންދާއި އެއްގޮތަށް އިސްތިއުފާ ދެއްވި 10 ވަޒީރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ޝުކުރު

admin April 14, 2026
26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
FAF06A0B-AD1B-4D65-AD4E-089BE99C6443
  • ޚަބަރު

ބިތުފަންގި ސާވޭ: ދެއިންތިޚާބު އެއްކޮށްލުމާއި މެޖޯރިޓީ ދެކޮޅު (ސާވޭގެ ނަތީޖާގެ ފުރަތަމަ 6 ގަޑިއިރު)

admin February 25, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.