Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ދައުރު ހަމަވާން ދޮޅު އަހަރަށްވުމުން، ގޮނޑި ހުސްވެއްޖެނަމަ ބައި-އިލެކްޝަން ނުބާއްވަން ހުށައަޅައިފި
  • ޚަބަރު

ދައުރު ހަމަވާން ދޮޅު އަހަރަށްވުމުން، ގޮނޑި ހުސްވެއްޖެނަމަ ބައި-އިލެކްޝަން ނުބާއްވަން ހުށައަޅައިފި

admin May 12, 2025
big_BspbyUigGb3BvDNS59uXfU1DR

ދައުރު ހަމަވާން ދޮޅު ދައުރު ހަމަވާން ދޮޅު އަހަރަށްވުމުން، ކައުންސި ގޮނޑި ހުސްވެއްޖެނަމަ ބައި-އިލެކްޝަން ނުބާއްވަން ލާމަރުކަޒީ ޤާނޫނަށް އިސްލާހެއް ހުށައަޅައިފިއެވެ.ސަރުކާރުގެ ފަރާތުން ހޯރަފުށީ ދާއިރާގެ މެންބަރު ޢަލީ މޫސާ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ހުށައެޅުއްވި މި އިސްލާހުގެ ފުރަތަމަ ކިޔުން މިއަދު ވަނީ އިއްވާފައެވެ.ޢަލީ މޫސާ ހުށައެޅުއްވި އިސްލާޙުގައި ބުނެފައިވަނީ، ލޯކަލް ކައުންސިލްތަކުގެ ޢުމުރުގެ ތެރޭގައި ކައުންސިލްތަކުގެ މެންބަރުންގެ ގޮނޑި ހުސްވާ ހާލަތްތައް އިތުރުވަމުންދިއުމުގެ ސަބަބުން ތަކުރާރުކޮށް ގިނަ ޢަދަދަކަށް ބައި-އިލެކްޝަން ބާއްވަން ޖެހޭ ކަމަށެވެ.އަދި އެކަމުގެ ސަބަބުން އިންތިޚާބަށް ކުރަންޖެހޭ ޚަރަދުތައް އިތުރުވަމުންދާތީ ހިނގަމުންދާ ލޯކަލް ކައުންސިލްތަކުގެ ޢުމުރު ހަމަވާން ގާތްވެފައި ވަނިކޮށް، ބައި-އިލެކްޝަންތައް ގިނަގިނައިން ބާއްވަންނުޖެހޭ ގޮތަށް ހަމަޖެއްސުމަކީ މި އިސްލާޙުގެ މަޤްސަދު ކަމަށް އިސްލާޙުގައިވެއެވެ.އެހެންކަމުން ކައުންސިލްގެ ރައީސްގެ މަޤާމު ހުސްވިއިރު، އަދި ކައުންސިލްގެ މެންބަރެއްގެ މަޤާމު ހުސްވިއިރު، އެ ކައުންސިލްގެ ޢުމުރުގައި ބާކީ އޮތީ 548 ދުވަސް (ދޮޅު އަހަރު) ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްކަމުގައިވާ ނަމަ އެ ހުސްވި މަޤާމަށް މެންބަރަކު އިންތިޚާބު ނުކުރުމަށް ޤާނޫނަށް އިސްލާޙު ހުށައަޅާފައިވެއެވެ.ހަމައެއާއެކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށްވެސް ހަމަ މި އުޞޫލު ހިނގާގޮތަށް ވަނީ އިސްލާޙު ހުށައަޅާފައެވެ.އޭގެ އިތުރުން މި އިސްލާހަށް ޢަމަލުކުރަން ފަށާނީ ބިލު ފާސްވެ، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެން ކަމަށްވެސް އިސްލާހުގައި ކަނޑައަޅާފައިވެއެވެ.އިންތިޚާބުތަކާބެހޭ ޤާނޫނުގައި މިހާރު ކަނޑައަޅާފައިވަނީ ކައުންސިލާއި، އަންހެނުންގެ ކޮމިޓީތަކުގެ ބައި-އިލެކްޝަންތައް ބާއްވަނީ އަހަރަކު ދެ ފަހަރު ކަމަށެވެ.

އިސްރާއީލުން މުސްލިމުންނާއި ދެކޮޅަށް ކޯލިޝަނެއް

އިސްރާއީލް ޕާސްޕޯޓް މިއަދު މަނާކުރާނެ

މައުމޫން ކުށުން ބަރީޢަ ވެއްޖެ

Continue Reading

Previous: ބަނގްލަދޭޝްގެ ސަރުކާރުން ހަސީނާގެ ޕާޓީ “ކަފުންކޮށްފި”
Next: އެމެރިކާ، ޔޫކޭ، ކެނެޑާ އަދި އޮސްޓްރޭލިޔާއިން ރާއްޖެއަށް ދަތުރުކުރުމުގައި ސަމާލުވާން އޮތީ އަންގާފަ! ސިންގަޕޫރުން ނާންގާ!

Related Stories

439866_3_9d09d82fd5e55170cf752389b9586598fd99a499 (1)
  • ޚަބަރު

ރައްޔިތުންގެ ވިންދާއި އެއްގޮތަށް އިސްތިއުފާ ދެއްވި 10 ވަޒީރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ޝުކުރު

admin April 14, 2026
26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
FAF06A0B-AD1B-4D65-AD4E-089BE99C6443
  • ޚަބަރު

ބިތުފަންގި ސާވޭ: ދެއިންތިޚާބު އެއްކޮށްލުމާއި މެޖޯރިޓީ ދެކޮޅު (ސާވޭގެ ނަތީޖާގެ ފުރަތަމަ 6 ގަޑިއިރު)

admin February 25, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.