Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ހެސްކިޔާފަ ނަރުހުންގެ އަގު ވަޒަންކުރާނެ ކަމަށް ރައީސް ވިދާޅުވެއްޖެ
  • ޚަބަރު

ހެސްކިޔާފަ ނަރުހުންގެ އަގު ވަޒަންކުރާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

އަލްއުސްތާޛް ޢަލީ އާދަމް May 12, 2025
IMG_4788

ފޮޓޯ ޑިޒައިން: ހަސަން މާހިރު (ބިތުފަންގި)

ނަރުހުންގެ ހިދުމަތުގައި ދިވެހިންގެ ނިސްބަތް އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެއްކަމަށާއި، މީގެ ކުރީގެ އެއްވެސް ޒަމާނެއްގައި ނަރުހުންގެ ހިދުމަތުގެ އަގުވަޒަންނުކުރާ މިންވަރަށް މި ސަރުކާރުން ނަރުހުންގެ އަގުވަޒަންކުރާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ބައިނަލައަގުވާމީ ނަރުހުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައި ރައީސްވަނީ ނަރުހުން އުފުލާ ޒިންމާއަކީ އިންސާނިއްޔަތަށް ހިދުމަތްކުރުމުގެ އެންމެ ބުރަ އަދި އެންމެ ޝަރަފުވެރި އެއް ޒިންމާކަން ފާހަގަކުރައްވައި ނަރުހުންނަށް ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ އަރިސްކުރައްވާފައެވެ. 

ނަރުހުންނަށް ތާރީފުކުރައްވަމުން ރައީސް ވިދާޅުވީ “ނަރުސް” އެ ނަމުގައި، އޯގާތެރިކަމާއި، އަޅައިލުމާއި، ހިތްވަރާއި، މުރާލިކަމާއި، ހިނިތުންވުން ފަދަ ރީތި އަަދި އެހައިމެ މުހިއްމު ގިނަ ސިފަތަކެއް އެކުލެވިގެންވާ ކަމަށެވެ. އަދި ސިއްހީ ހިދުމަތުގެ ހިތަކީ، ވިންދަކީ އަދި މައިބަދައަކީވެސް ނަރުހުންގެ ގޮތުގައި ސިފަކުރެވޭކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ބަލިތަކާއި އުނދަގޫތަކާ ކުރިމަތިލުމަށް ރުކުރުވާލެވިފައިވާ އެންމެ ބިޔަ އިންސާނީ ލަޝްކަރަކީ ނަރުހުން ކަމަށެވެ. 

” މުޅި ޞިއްޙީ ނިޒާމުގެ އެއްބައި އަނެއްބަޔާއި ގުޅުވައިދޭ ބާރު. ކާމިޔާބުކަމާއެކު ބޭސްފަރުވާދޭ ތަނެއްގެ ލޮލަކީވެސް، ކަންފަތަކީވެސް، ދަރުމަވެރި އަތަކީވެސް ނަރުހުން. ބުއްދިވެރި ބަހެއްގައި “އެކެއްގެ ފުރާނަ ސަލާމަތްކޮށްފިނަމަ ތިޔައީ ބަޠަލެއް ކަމުގައި، އަދި ސަތޭކަ މީހުންގެ ފުރާނަ ސަލާމަތްކޮށްފިނަމަ ތިޔައީ ނަރުހެއް ކަމުގައި” ބުނަނީ ނަރުހުންދޭ ވަފާތެރި އަގުހުރި ޚިދުމަތުގެ މަތިވެރިކަމަށްޓަކައި،” ރައީސް ވިދާޅުވިއެވެ. 

އިތުރަށް އެމަނިކުފާނު ފާހަގަކުރެއްވީ ރާއްޖޭގައި ހިދުމަތްކުރާ ނަރުހުންގެ 92 އިންސައްތައަކީ އަންހެނުން ކަމެވެ. އަދި އެކަމުން ދޭހަވަނީ މިފަދަ ބުރަ ގައުމީ އިންސާނީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ދިވެހި އަންހެނުން އަދާކުރާ އަގުހުރި ދައުރެވެ. 

ރައީސް ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން ބޭނުންވާ މިންވަރަށް ސިއްހީ ހިދުމަތްތައް ފުޅާކޮށް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް އިތުރު ނަރުހުން ބޭނުންވެއެވެ. އަދި ސަރުކާރުގެ އަމާޒަކީ ނަރުހުންގެ ތެރޭގައި ދިވެހިން ތިބި މިންވަރު އިތުރުކުރުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ. 

ނަރުހުންގެ މަސައްކަތަަކީ ވަށައިޖެހޭ، އެތައް ކަމެއް އޭގައި އެކުލެވޭ، ބޮޑު މަސްއޫލިއްޔަތެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ބަލިމީހާއާއި އާއިލާއާއި ޑޮކްޓަރާ މުއާމަލާތުކުރަމުން ހާލުބަލަމުން ބޭސްފަރުވާ ދެމުން، ބައެއް ހާލަތްތަކުގައި ބަލިމީހުންނަށް ކާންދީ ތާހިރުކުރުމަކީވެސް ނަރުހުން ކުރަންޖެހޭ ކަންކަން ކަމަށެވެ. 

“ދުނިޔެއަށް އަލަށް ލޯހުޅުވައިލާ ތުއްތު ކުއްޖާއާއި، ދުނިޔެ ދޫކޮށް ލޯމަރައިލާ މީހާގެ ގާތުގައިވެސް ޚިދުމަތުގައި ހުންނަން ޖެހޭ.  ވަކި އުމުރެއް، ވަކި ގިންތިއެއް ފަންތިއެއް، ވަކި މިޒާޖެއް ތަފާތުކުރުމެއް ނެތި، ކުލުނާއި، އެހީތެރިކަމާއި، ހިތްތިރިކަމާއެކު ނަރުހަކު ޚިދުމަތް ކުރަނީ، އަމިއްލަ ޢާއިލާއާއި ދިރިއުޅުމުގެ ހުރިހާ ކަމެއް ދޫކޮށްލުމަށްފަހު، ޑިއުޓީގެ ވަގުތުގައި ހުރިހާ އިސްކަމަކާއި ސަމާލުކަމެއް ބަލިމީހާއަށް ދީގެން،” ރައީސް ވިދާޅުވިއެވެ. 

ނަރުހުން އަދާކުރާ މަސައްކަތުގެ ބޮޑުކަމާއި އަދާކުރާ ޒިންމާގެ ހައްސާސްކަން ފާހަގަކުރެއްވުމަށްފަހު ރައީސް ވިދާޅުވީ އެ ސަބަބުތަކަށްޓަކައި ވަލުބަލިކަމެއް ފޫހިކަމެއް ނެތި ނަރުހުން އަދާކުރާ ގައުމީ ޒިންމާއާއި މަސްއޫލިއްޔަތުގެ އަގު، މީގެ ކުރިން އެއްވެސް ދުވަސްވަރެއްގަައި ވަޒަންނުކުރާ މިންވަރަށް މި ސަރުކާރުން ވަޒަންކުރާނެ ކަމަށެވެ. ނަރުހުންގެ އަޑުއަހައި އިޖާބަދޭނެ ކަމަށެވެ. އަދި ނަރުހުންނަށް ފައިދާވާނެ އެތައްކަމެއް ސަރުކާރުން ފަހިކޮށްދޭނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ. 

ބަލިމީހުން ފަރުވާ ހޯދާއިރު އެމީހުންގެ އާއިލާއަކީ، ދުނިޔެއަކީ އަދި މިތުރުންނަކީވެސް ނަރުހުންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ބަލީގެ ޝިފާގެ ދެބައިކުޅަ އެއްބަޔަކީ އިހުސާންތެރިކަމާއި، ރަހުމާއެކު ނަރުހުންގެ ފުށުން ލިބޭ ހޭހަންކުރުން ކަމަށެވެ. ރައީސް އިތުރަށް ވިދާޅިވީ ނަރުހުންގެ ހިދުމަތަކީ ދެވޭ މުސާރައަކަށްވުރެ އެ ހިދުމަތަށް ލިބޭ ސަވާބާއި ދަރުމަ އަދި އަނެކުންގެ ފުށުން ލިބޭ ހިތްހެޔޮކަމާއި ހެޔޮދުއާ އެތައް ގުނައަކށް އިތުރު މާތް މަސައްކަތެއް ކަމުގައެވެ. 

ރައީސް ވިދާޅުވެފައިވަނީ ނަރުހުންގެ އަގުހުރި ހިދުމަތްތަކަށް ބަސްތަކަކުން ލަފްޒުތަކަކުން ތައުބީރުތަކަކުން ޝުކުރު އަދައެއް ނުކުރެވޭނެއެވެ. އަދި ނަރުހުން އެކި ހާލަތްތަކުގައި ދައްކާ ސާބިތުކަމަކީ އޭގެ އަގު އަދާކުރެވޭނެ ކަމެއް ނޫންކަމަށް ވިދާޅުވެ ރައީސްވަނީ ކޮންމެ ހިދުމަތްތެރި ނަރުހަކަށް ދުނިޔެއާއި އާޚިރަތުގައި މާތްﷲގެ ރަހުމަތާއި ރުހިވޮޑިގަތުން ގިނަގުނަކުރެއްވުން އެދިވަޑައިގެން ދުއާކުރައްވާފައެވެ. 

އެމްޑީޕީ ރިޔާސީ ޕްރައިމަރީ: އދ އާއި ލާމުން ބުނަނީ ތިމަންނާމެން ބޭނުމީ ޝަމްހީދޭ

މުލީގައި 300 ހައުސިންގ ޔުނިޓް އަޅަނީ

ހުޅުމާލެ-3 އިން ދޫކުރި ގޯތީގެ ގުރުއަތުލުން މާދަމާ

Continue Reading

Previous: އެމެރިކާ، ޔޫކޭ، ކެނެޑާ އަދި އޮސްޓްރޭލިޔާއިން ރާއްޖެއަށް ދަތުރުކުރުމުގައި ސަމާލުވާން އޮތީ އަންގާފަ! ސިންގަޕޫރުން ނާންގާ!
Next: ސަމިޓް ވަރަށް ކާމިޔާބު! ދެން ކޮންމެ އަހަރަކު އޮންނާނެ

Related Stories

35E44987-6A40-462D-A332-85931DE677BA
  • ޚަބަރު

އެ އެންމެން ބަރާބަރަށް ފަތިސްނަމާދަށް އާދޭ. ރެޔަކު ނާދޭ. ނައިސްގެން ބެލިއިރު އެންމެން ތިބީ މަރާލާފަ!

admin February 10, 2026
E4B42E06-719E-4946-9537-80AB688D57A7
  • މީހުން
  • ޚަބަރު

ނަތަންޔާހޫގެ އަނބިކަނބަލުން ސާރާ ވައްކަންކުރާ މައްސަލައިގައި ބޭޒާރުވެއްޖެ

admin February 7, 2026
FA8388C0-E3CF-42B1-8A30-D68AB76B335A
  • ރިޕޯޓް
  • ޚަބަރު

އިންސާނުންގެ ސިކުނޑީގައި ވެސް ޕްލާސްޓިކް

admin February 6, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.